ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ މަސްވެރިން ބާނާ މަސް ގަނެ އެ ސަރަޙައްދުތަކުގެ ކުރިއެރުވުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނެ ހަދާފައިވާ އެއްބަސްވުމާއި ޚިލާފުވުމާއި ގުޅިގެން، އައިލެންޑް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި މެދު ފިޝަރީޒް މިނިސްޓްރީން މިއަދު ފިޔަވަޅުއަޅައި އެއް މިލިއަން ރުފިޔާއިން އެ ކުންފުނި ޖޫރިމަނާކޮށްފިއެވެ.

މިކަން ހާމަކުރައްވާ އެ މިނިސްޓްރީން މިއަދު ވިދާޅުވީ، މަސްވެރިންގެ އަތުން ރޯމަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރުމަށް ސަރުކާރުން ހުޅުވާލި މަޝްރޫއެއް ކަމަށްވާ ސްކިޕްޖެކް އިންވެސްޓްމަންޓް ޕްރޮގްރާމުގެ އެއްބަސްވުމާއި ޚިލާފުވެ، އައިލެންޑް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ މިލަދުންމަޑުލު އުތުރުބުރީ ކީކިމިނީން މަސްގަނެ ޕްރޮސެސް ނުކުރާތީ އެ ކުންފުނި އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަން އެ ކުންފުންޏަށް އަންހާފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މި ފައިސާ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ މިނިސްޓްރީއަށް ދެއްކުމަށް އައިލެންޑް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން އައިލެންޑް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމާއި އެގޮތަށް މަސައްކަތްކޮށްފައި ނުވާތީ، އެއްބަސްވުމާއި އެއްގޮތަށް ރަނގަޅުކުރުމަށްޓަކައި މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި މި 30 ދުވަހުގެ ތެރޭގައި އައިލެންޑް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން އެކަން ރަނގަޅުކޮށްފައި ނުވާނަމަ، އެއްބަސްވުމުގައިވާ ގޮތުގެ މަތީން އެއްބަސްވުން ބާތިލުވާނެކަންވެސް އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.

ސްކިޕްޖެކް އިންވަސްޓްމަންޓް ޕްރޮގްރާމުގެ ދަށުން އައިލެންޑް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއަށް މަސްވެރިކަން ކުރިއެރުވުމަށް އެއްބަސްވުމެއް ޤާއިމްކޮށްފައި ވަނީ 2002 ވަނަ އަހަރުގެ އޭޕްރީން 8 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކާފަދ

    ކާސިމުގެ މަނީލޯންޑަރިން ޕޯރޓް ގެ ޒަމާންދިޔައީ

  2. ޖެލީ

    ދަނޑިވެރި ކަމާއި މަސްވެރިކަށް މިސަރުކާރުން ފަޅުރަށެއް ކުއްޔަށް ހިފި ބަޔަކު ބަގުރޫޓް ނުވެ އަދި ނެތެވެ.އެގްރިކަލްޗަރު މިނިސްޓަރީ އާއެކު ކުރާ އެގްރީމެންޓް ބިނާ ކޮށްފައި ވާނީ އެކި ނަންނަމުގައި ލެސީ އަތުން ނަގާ ފައިސާގެ ވާހަކަ އާއި މިވެނި އެވެނި ކަމެއް ނުކުރެވިއްޖެ ނަމަ އެގްރީމެންޓް އުވާލާފައި ރަށް އަތުލާނެ ވާހަކައެވެ.

  3. ބަންގާޅު އަނބިސޮރު

    ގާސިމުގެ ނަން ފޮހެލަން ނޫޅެބަލަ. ތިކަމެއްނުވާނެ. މަށެއްނު މިބުނީ ނުވާނެޔޭ

  4. ާހިޔަލަ

    މީގެކުރީގަ ތިކައް ބަރާބަރައް ކުރާތީތަ ފިއަވަޅު ނޭޅީ
    ތިއީ ސިއާސީ ކުޅިމަޖާ

  5. ވަހީދު

    އެއްބަސްވުމަށް 16 އަހަރު ވީއިރުވެސް މަސައްކަތް ނުފަށާތީ ޖޫރިމަނާކުރީމާ ވެސް ވަކިބަޔަކު ބުނާނީ ތީ ގާނޫނާ ޚިލާފަށްކުރިކަމެކޭ. ސިޔާސީކަމެކޭ. މީމިއަދު ބައެއްޖާހިލުންގެ ހާލަތު.

  6. އަލީ

    މިކަހަލަ ކިތަންމެރަށެއް އެކިމީސްމީހުން ނަގާފަ މަސައްކަތްނުކޮށް އެބަހުރި. އޭގެސަބަބުން ސަރުކާރަށް ލިބެންވާ ފައިސާ ނުލިބި ހުރި ތަންތަން ބައިވަރު.

  7. ރައީސް

    ޔާންޓެ އުޅޭ ފާޑެއް. ރައީތުން ފެލާފަ މިކިޔަނީ ވޯޓު ދޭށޭ