ހަންގަނޑުގެ ދުޅަހެޔޮކަމާއި އެއްވަރަށް ހަންގަޑުގެ ކުލަ އަލިވެ ހަށިގަނޑު ދޮންވުމަކީ ބައެއް އަންހެނުން ނުހަނު އެދޭ ކަމެކެވެ. ބައެއް މީހުންގެ ނަޒަރުގައި އެކަމަކީ ރީތިކަމާއި ޒީނަތްތެރިކަމާއި ވެސް ގުޅިފައިވާ ކަމެކެވެ. އެހެންކަމުން ދޮންވާން ބޭނުންވާ އަންހެނުން، އެކަން ހާސިލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ.

އެކި ފާޑުފާޑުގެ އުފެއްދުންތައް ގިނަ މިފަދަ ޒަމާނެއްގައި، ދޮންވުމަށް އުފައްދާފައިވާ ތަފާތުއެކި އުފެއްދުންތައް ބޭނުންކޮށްގެން ހަށިގަނޑުގެ ކުލަ އަލިކުރުމަށް ގިނަ ފަހަރަށް ކުރެވޭ މަސައްކަތްތައް ބޭކާރުވެގެންދާއިރު، އެކަން ވެފައި އޮންނަނީ ގެއްލުންދެނިވި ނާކާމިޔާބު މަސައްކަތަކަށެވެ. އެހެންކަމުން، އެންމެ ބުއްދިވެރި ގޮތަކީ، އެފަދަ އުފެއްދުންތަކުގެ ބަދަލުގައި ގުދުރަތީ ބާވަތްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައި ހުންނަ އުފެއްދުންތައް ބޭނުންކުރުމެވެ.

ރާއްޖޭގައި މިހާރު ގިނަ ބައެއްގެ މެދުގައި މަޤުބޫލު "ޖެނެޓް" ބްރޭންޑުގެ "ފެއަރނެސް ބޮޑީ ލޯޝަން" އަކީ ހަށިގަނޑުގެ ދޮންކަން އިތުރުކޮށް އަވަހަށް ދޮންވާން އެދޭ އަންހެނުންނަށް ޚާއްސަކޮށްގެން އުފައްދާފައިވާ މޮޅު އުފެއްދުމެކެވެ. ހަމައެކަނި ފަތްޕިލާވެލި ބޭނުންކޮށްގެން އުފައްދާފައިވާ މި ލޯޝަނަކީ، ޢާންމުކޮށް ހުރިހައި ވައްތަރެއްގެ ހަންގަނޑަކާއިވެސް ގުޅޭގޮތަށް އުފައްދާފައިވާ ކެމިކަލް އާއި ގެއްލުންދެނިވި އެއްވެސް މާއްދާއެއް ނުހިމަނޭގޮތަށް އުފައްދާފައިވާ 100 އިންސައްތަ ގުދުރަތީ އުފެއްދުމެކެވެ.

އަންހެނުންގެ ހަންގަނޑަށް އެންމެ އެކަށީގެންވާ ގޮތަށް އުފައްދާފައިވާ، މި "ފެއަރނެސް ބޮޑީ ލޯޝަން" އަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަންގަނޑުގެ ތާޒާކަން އިތުރުކޮށްދީ ދުޅަހެޔޮކޮށްދިނުމާއި އެކު ކުލަ އަލުކޮށްދޭ ފައިދާހުރި އުފެއްދުމެކެވެ. އެގޮތުން ހަށިގަނޑުގެ ހަންގަނޑު އޮމާންކޮށްދީ ހަންގަނޑު މަޑުކޮށްދީ ކުރަކިކަން އަވަހަށް ފިލުވާލުމަށް މި ލޯޝަން ވަރަށް ބޮޑު އެހީއަކަށް ވެގެންދެއެވެ. މީގެ އިތުރުން މި ލޯޝަނުގައި އެކުލެވޭ ވިޓަމިން އޭ، ބީ، ސީ އަދި ވިޓަމިން އީގެ ސަބަބުން ހަންގަނޑަށް ގިނަގުނަ ފައިދާތައް ލިއްބައިދެއެވެ.

ފިނިފެންމަލުގެ ތާޒާ ފިޔަތައް ހިމަނައިގެން، މީރު ވަހެއް އެކުލެވޭ ގޮތަށް އުފައްދާފައިވާ "ޖެނެޓް - ފެއަރނެސް ބޮޑީ ލޯޝަން"ގެ އެންމެ ޚާއްސަ އެއް ކަމަކީ، އޭގައި އެކުލެވޭ ގުދުރަތީ ބައިތަކުގެ ސަބަބުން ހަންގަނޑުގައި ހުންނަ ކަޅު ތަންތަންކޮޅު ދާދި އަވަހަށް ފިލައިދިއުމެވެ. އަދި އެއަށްފަހު ހަންގަނޑުގެ ކުލަ އަލިވުމަށް ހުރަސްއެޅޭ އެފަދަ ބައިތައް ނައްތާލައި ހަންގަނޑާއި ހަށިގަނޑުގެ އުޖާލާކަން ގެނުވައިދިނުމުގައި މި ލޯޝަން މުޙިންމު ދައުރެއް އަދާކުރެއެވެ.

މި ލޯޝަން ކޮންމެ ދުވަހެއްގައި ދެ ފަހަރު ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އެގޮތުން އާދަކޮށް މި ލޯޝަން ބޭނުންކުރަން ފެށުމުން، ހީވެސް ނުކުރާހައި އަވަހަށް އޭގެ ރަގަޅު ނަތީޖާ ފެނި ހަންގަނޑުގެ ކުލަ އަލިވެ ދޮންވުމަށް މަގުފަހިވާ ކަމަށް، ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ޖެނެޓް ބްރޭންޑުގެ "ފެއަރނެސް ބޮޑީ ލޯޝަން"، ފޭސްބުކް ޕޭޖް "ލިބޭ" އިން ލިބެން ހުރިއިރު، އެފަރާތުން މި ލޯޝަން ފުޅި (100 އެމްއެލް) ވިއްކާ އަގަކީ 100 ރުފިޔާއެވެ. މި ޕްރޮޑަކްޓް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ.

ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކަކީ، ގުދުރަތީ މާއްދާތައް ހިމަނައިގެން 1961 ވަނަ އަހަރުން ފެށިގެން "ބިއުޓީ" އަދި "ޕާސަނަލް ކެއަރ"ގެ އުފެއްދުންތައް އުފައްދަމުން އަންނަ ތަޖުރިބާކާރު އަދި ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުންފުންޏެއްގެ އުފެއްދުންތަކެކެވެ. މި ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ "ސްކިން ކެއަރ" އަދި "ހެއަރ ކެއަރ"ގެ އުފެއްދުންތައްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ހަމަ އެކަނި ހަންގަނޑާއި އިސްތަށިގަނޑަށް ޚާއްސަކޮށްގެން އެ ކުންފުނިން މިހާތަނަށް ވަނީ، 50 އަށްވުރެ ގިނަ ޕްރޮޑަކްޓް އުފައްދާފައެވެ. ޖެނެޓް ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އާއި މުޅި ދުނިޔޭގައިވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުންދާއިރު، މިހާތަނަށް އެ ބްރޭންޑުން ވަނީ ދުނިޔޭގެ ފެންވަރުގެ ދެ އެވޯޑެއްވެސް ހާސިލްކޮށްފައެވެ.ލިބޭ އިން ވިއްކާ އިތުރު ބައެއް ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ދަތްފަނިކެއުން ހުއްޓުވާ ޚާއްސަ ދަތްއުނގުޅާ ބޭސް
(އަގު: 145 ރުފިޔާ) [އިތުރު މައުލޫމާތު]


2. ސެންޓިއޯ އަލޮވެރާ & ހަޔަލަނޭޓް ފޭޝަލް މާސްކް އަދި ސްކްރަބް
(އަގު - ފޭޝަލް މާސްކް: 300 ރުފިޔާ) / (އަގު - ފޭޝަލް ސްކްރަބް: 300 ރުފިޔާ) [އިތުރު މައުލޫމާތު]


3. އަލޮވެރާ ޖެލް
(އަގު: 150 ރުފިޔާ) [އިތުރު މައުލޫމާތު]


4. ކްލިނިކް: ފްރެޝް ޕްރެސްޑް - 7 ޑޭއި ސިސްޓަމް (1000 ރުފިޔާ) [އިތުރު މައުލޫމާތު]


5. ވަޓްސަން ބޮޑީ ވޮޝް - ސްޓްރޯބެރީ (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]

6. ވަޓްސަން ބޮޑީ ވޮޝް - ޓަމަރިންޑް (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]

7. ޕަތުންތިޕް - ހެއާކެއާ ޕެކް (1250 ރުފިޔާ) [އިތުރު މައުލޫމާތު]