ދުނިޔޭގެ އެންމެ މޮޅު ބްރޭންޑް ޓްރާންސްފޯމޭޝަން އެވޯޑުކަމުގައިވާ "2018 ރީބްރޭންޑް 100 ގްލޯބަލް އެވޯޑްސް" ދިރާގުއަށް ލިބިއްޖެއެވެ.

ދިރާގުން ބުނީ، "ރީބްރޭންޑް" އަކީ ދުނިޔޭގެ ބްރޭންޑް ޓްރާންސްފޯމޭޝަންތަކާއި ބެހޭގޮތުން ދިރާސާކުރާ އެންމެ ފުންނާބު އުސް ފަރާތެވެ. އެގޮތުން "ރީބްރޭންޑް 100 ގްލޯބަލް އެވޯޑްސް" އަކީ "ރީބްރޭންޑް" އިން ދުނިޔޭގެ ބްރޭޑް ޓްރާންސްފޯމޭޝަންތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި އެވޯޑެވެ. މިއީ މިފަދަ ޝަރަފުވެރި ބައިނަލް އަގުވާމީ އެވޯޑެއް ދިވެހި ކުންފުންޔަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

މި އެވޯޑުގެ ޖަޖިން ޕެނަލްއަށް ބަލާއިރު، އެ ޕެނަލްގައި ހިމެނޭނީ ކަމަށް ގާބިލު ބައިނަލްއަގުވާމީ އިންޑަސްޓްރީ އެކްސްޕަރޓުންނެވެ. އަދި މި ޕެނަލް އިން ވަނީ 42 ގައުމެއްގެ 37 އިންޑަސްޓްރީގެ ބްރޭންޑް ތަށް ދިރާސާ ކޮށްފައިއެވެ.

ދިރާގުން ބުނީ، 2018 ރީބްރޭންޑް 100 ގްލޯބަލް އެވޯޑްސް އިން ބުނާގޮތުގައި، އެވޯޑް ދިނުމުގައި ބަލާފައިވާ މައިގަނޑު ކަންތައްތަކަކީ އެންމެ ފުރިހަމައަށް ބްރޭޑް ޓަރާންސްފޯމޭޝަންގެ ސްޓެރެޓެޖީތައް އެ ކުންފުންޔެއްގެ ސްޓްރެޓިޖިކް މަގުސަދާއި ކުންފުނީގެ އަމާޒާއި އެންމެ ގުޅޭ ގޮތަށް ކުރިއަށް ގެންގޮސްފައިވާ ވޭތޯ ކަމަށެވެ.

ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން، ވިދާޅުވީ، ގިނަ ބައިނަލް އަގުވާމީ ބްރޭންޑް ތަކަކާއި އެކު މިފަދަ އެވޯޑެއްގައި ދިވެހި ކުންފުންޔެއް ހިމެނި، ދިރާގުގެ ނަން ފަވާލެވިގެން ދިޔުމަކީ އެ ކުންފުންޏަށް ލިބުނު ނުހަނު ބޮޑުއުފަލަކާއި ޝަރަފެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ބްރޭންޑް އަށް ގެނެވުނު ބަދަލާއިއެކު ފާއިތު މިވީއެއް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ކަސްޓަމަރުން ބްރޭންޑަށް މި ގެނައި ބަދަލުބަލައިގަތް ކަމީ އަޅުގަނޑުމެން ވަރަށް އުފާ ކުރާ ކަމެއް. މި ގެނައި ބަދަލަކީ ހަމައެކަނި ކުންފުނީގެ ލޯގޯ އާއި ކުލައަށް ގެނައި ބަދަލެއް ނޫން، މިއައި ބަދަލާއިއެކު ކުންފުނިން ދޭ ހިދުމަތްތައް ކަމަށްވާ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ފަދަ ހިދުމަތްތަކަށް ވަނީ އިންގިލާބީ ބަދަލުތައް ގެނެސްފައިވޭ. މީގެ އިތުރުން އައިޕީ ޓީވީ އަދި މޯބައިލް މަނީ ގެ ހިދުމަތް ފަދަ އައު ޑިޖިޓަލް ހިދުމަތްތައް ވަނީ ތަޢާރަފްކޮށްފައިވޭ".މިރުޝާން ވިދާޅުވިއެވެ.

މިރުޝާން ވިދާޅުވީ، މި ބަދަލަކީ ކުންފުނީގެ ސްޓްރެޓިޖިކް މަގުސަދާއި އަމާޒަށް ފެތޭގޮތަށް ގެނައި ބަދަލެއް ކަމަށެވެ. މި އައު ބްރޭންޑިންގ އިން ހާމަ ވެގެން ގޮސްފައިވަނީ ދިރާގަކީ އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެއްކަމަށްވެސް މިރުޝާން ވިދާޅުވިއެވެ.

ދިރާގުންވަނީ މި ދިޔަ އަހަރު މޭ 24 ވަނަ ދުވަހު ކުންފުނީގެ މައިގަނޑު ކުލައަކަށް އޮރެންޖް ހިޔާރުކޮށް މުޅިން އާ ލޯގޯއެއް ތައާރަފްކޮށްފައެވެ. ޒަމާނީ ވިސްނުމާއި، އުޖާލާ މުސްތަޤްބަލަކާއި އެކުވެރިކަން ރަމްޒުކޮށްދޭ ގޮތަށް ދިރާގުގެ މިބްރޭންޑް ކަށަވަރުކޮށްދީފައި ވަނީ ދިރާގަކީ ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވާ ނުވަތަ ލައިފްސްޓައިލް ޑްރިވަން ޑިޖިޓަލް ސާވިސަސް ކުންފުންޔެއް ކަމެވެ.

"ޓޭކް އޮން ޓުމޯރޯ" ނުވަތަ "މުސްތަޤްބަލަށް ފުރިހަމައަށް ތައްޔާރު" މި ޝިޔާރު ހިޔާރުކޮށް،މި ބްރޭންޑިންގަކީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު ދިރިއުޅުމަށް އަންނަ ކުރިއެރުންތަކަށް ދިރާގު ތައްޔާރަށް އޮތްކަން ދޭހަކޮށްދޭ ބަދަލެކެވެ. އާ ބްރޭންޑިންގ އާއެކު ދިރާގުގެ މަޤްސަދަކަށް ވެގެން ދިޔައީ ކަސްޓަމަރުން ބާރުވެރިކޮށް މި ޑިޖިޓަލް މުސްތަޤްބަލުގެ ބޭނުން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމެވެ.