ހުޅުމާލެ ހޮސްޕިޓަލްގައި އެމްއާރްއައި ހިދުމަތް ދޭން އަންނަ ހަފްތާ ތެރޭގައި ފަށާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން މައުލޫމާތުދިންގޮތުގައި، އެމްއާރްއައި ހިދުމަތް އަންނަ ހަފްތާއިން ފެށިގެން ރައްޔިތުންނަށް ލިބިގެން ދާނެއެވެ. އަދި މިހާރު އެކަމަށް ނަރުހުންނާއި ޑޮކްޓަރުން ވަނީ ތަމްރީނުވެސް ކޮށްފައެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލްގައި އެމްއާއަރްއައި ހިދުމަތް ދިނުމަށް ހުރިހާކަމެއް ތައްޔާރުވެ، މެޝިންވެސް އިންސްޓޯލް ކުރެވި އަންނަ ހަފްތާ ތެރޭގައި އެ ހިދުމަތް ދެވެން ފަށާނެ ކަމަށެވެ.

“މިއީ އަޅުގަނޑު ދެކޭގޮތުގައި ހުޅުމާލޭގައި މި އާބާދުވަމުންދާ ދިވެހިންނަށްވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މާލެއަށް ނުގޮސް ސަރުކާރުގެ ހޮސްޕިޓަލެއްގައި އެމްއާރްއައި ހިދުމަތް ލިބުން”. މިނިސްޓަރ ވިދާޅުވިއެވެ.

މިއީ އެމްއާރްއައި ހިދުމަތް ދޭން ފަށާ ސަރުކާރުގެ ދެވަނަ ހޮސްޕިޓަލެވެ. އެ ހިދުމަތް ހޯދުމަށް ގިނަ ބަޔަކު އައިޖީއެމްއެޗަށް ދެއެވެ. އެހެންކަމުން މި ހޮސްޕިޓްގައި އެ ހިދުމަތް ދޭން ފެށުމުން އެ ކިޔުއަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިނިސްޓަރ ނާޒިމް ވިދާޅުވީ، މި މަސައްކަތަކީ ހުޅުމާލެ ހޮސްޕިިޓަލް އެކްސްޓެންޝަންގެ އެއްބައި ކަމަށާއި، ހުޅުމާލެ ހޮސްޕިޓަލްގެ އެކްސްޓެެންޝަންގެ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތް ނިމުމުން މިހާރު އެ ހޮސްޕިޓަލުން ނުލިބޭ އެތައް ހިދުމަތްތަކެއް އެތަނުން ލިބޭނެކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަޒީމް ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު 16:00 ގައި ޓެސްޓް އެމްއާރްއައި ހަދާނެ ކަމަށާއި، އެއަށްފަހު މެޝިންއެއްކޮށް ލައިވް ކުރެވޭނެ ކަމަށެވެ. އަދި މި ފެށޭ މަސް ތެރޭގައި މެމޯ ގްރާމް އަދި ދެން ޖެހިގެން އަންނަ މަހުގެ ސީޓީގެ ހިދުމަތްވެސް ހުޅުމާލެ ހޮސްޕިޓަލުން ލިބޭނެކަމަށް ނަޒީމް ވިދާޅުވިއެވެ.

"އެހެންވީމަ ޓާޝިއަރީ ކެއާ ހޮސްޕިޓަލެއްގެ ބިންގާ އެޅި އޭގެ އަމަލީ ސިފަ މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަަލަށް އައިސްފައި". އަޒީމް ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަޒީމް ފާހަަގަކުރެއްވި ގޮތުގައި، ހުޅުމާލެ ހޮސްޕިޓަލްގައި ބަހައްޓާފައިވާ އެ އެމްއާރްއައި މެޝިނައަކީ އަވަށްޓެރި ގައުމުތަކާއި، ވާދަކޮށްލެވޭ ވަރުގެ އެޑްވާންސް މެޝިނެއް ކަމަށެވެ.

"އެހެންވީމަ މިއީ މިވަގުތު މާލޭގައި ހުރި އެންމެ އެޑްވާންސް މެޝިން މިހިރީ ހުޅުމާލެ ހޮސްޕިޓަލްގައި". އަޒީމް ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލް - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިނިސްޓަރ ނާޒިމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގައިވެސް އިތުރު އެމްއާރްއައި މެޝިނެއް އިންސްޓޯލް ކުރެވިގެންދާނެ ކަަމަށާއި، އައްޑޫ ހޮސްޕިޓަލާއި، ކުޅުދުއްފުށީ ހޮސްޕިޓަލްގައިވެސް އެމްއާރްއައި ހިދުމަތް ދޭން ފަށާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަބްދުއްލާ

    އެމްޑީޕީ ސަރުކާރުން އެއާޕޯޓް ވިއްލާލާ ދިރާގާ ފެން ކުންފުނި ވިއްކާލި އިރު މިރާއްޖޭގެ އެއްވެސް ހޮސްޕިޓަލެއްގާ އެމްއާރު އައި މެސިނެއްހާ ވަރުވެސް ގަނެ ނުދެވުނު. މިވަރުގެ ބަޔަކާ ގައުމު ހަވާލު ކުރަންޖެހޭތަ ؟މިހުރީހައިސާއެއް ވެސް ހުސްކޮށްލީ ރިކަރެންޓް ހަރަދަށް .ދަވްލަތުގެ އAމްދަނީން ނުފުދިގެން ހަރުމުދާ ވިއްކާ ރިކަރެންޓް ހަރަދަށް ހުސްކޮށްލި ބަޔަކާ ގައުމު ހަވާލުކުރަން ހެޔޮވާނެތަ ؟

  2. ކިޔާ

    ޢަހަރެންގެ ހިތަށް އަރާ އަހަރެއްގަ ހިމެނޭ ކޮންމެ މަހެއްގަ ރިޔާސީ އިންތިހާބު އޮންނާނެ ނަމައޭ....އެހެންޏާ ފަހެ ކޮށްދޭ ކަންކަން ގިނަވެފަ އަވަސްކަންވެސް މިހުރީ ރޮކެޓް ސްޕީޑުގަ.އަސްލު އަހަރެންނަކީ ސިޔާސީ އެއްވެސް ފިކުރަކަށް ނިސްބަތްވާ މީހެއްނޫން.އެކަމުވެސް ލޮލު ކުރިމަތިން ފެންނަ މަންޒަރުތަކުން އެއްޗެއް ނުބުނެ ނުހުރެވިގެން ހަމަ ބުނެލީ..

  3. ސަލީމާ

    ކަލެޔަކަށް ނޭގުނު ދޯ 2014 އިންފެށިގެން ހުއްޓުމެއްނެތި މިފަދަ ބޮޑަތި މަންޒަރުތައް ފެންނަމުންދާކަމެއްވެސް؟ ނިދާފަތަ ތިހުރީ މިއޮއްހާދުވަހު "ކިޔާ"؟

    • ކިޔާ

      އެހެން ބުނީ އިންތިހާބު ކައިރިވީމަ ކޮށްދޭ ކަންތައްތައް ވަކިން ގިނަވީމަ.ކުރާ ވައުދުތައްވެސް އެހާ ގިނަ.މީހަމަ ކޮންމެ މީހެއްގެ ވެރިކަމެއްގަވެސް ހާލުހުރިގޮތް.އަޅެ ބުނެބަލަ މީ ދޮގެއްތަ؟؟ހޭލާ ހުރީމަދޯ އަހަރެންނަށް މިކަން ފާހަނގަ މިކުރެވުނީ!!!އެކަމެއް ސަލީއަކަށް ފާހަނގައެއް ނުކުރެވޭތަ؟؟؟

  4. މޫސާއަންވަރު

    ސާބަހޭ

  5. ނޫންތަ؟

    ސާބަހޭ ރައީސް ޔާމީން. ރައްޔިތުން ދެކެ ލޯބިވާ ވެރިން ތިބޭނީ ތިހެން.

  6. ޙަފްޞާ / މާލެ

    "ޢަބްދުﷲ " އެ ދިން ކޮމެންޓް އެންމެން ކިޔާލަން ފެނޭ!

  7. MRI MACHINE

    NAMA KAH HULHUVEE HIDHUMATHE NUDHEY

  8. ޢަލީ

    ޢަދިވެސް މާލެއައްތަ ކޮބާ އަތޮޅު ތެރެ