މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ އެންމެ ފަހުގެ އަޕްޑޭޓް ތައް ބަލާލުމަށް "އިންތިޚާބު ޕެކް" ނަމުގައި ދިރާގުން ޑޭޓާ ޕެކެއް ތަޢާރަފްކޮށްފިއެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި މި ޑޭޓާ ޕެކް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުން އަދި ދިރާގު އައު ޕްރީޕެއިޑް ގެންގުޅޭ ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއި އެކު ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ހޯދޭނެއެވެ. 10ޖީބީ ހިމެނޭ މި "އިންތިޚާބު ޕެކް" ގެ އަގަކީ 225 ރުފިޔާ ކަމަށް ދިރާގުން ހާމަކުރެއެވެ.

"އިންތިޚާބު ޕެކް" ހޯއްދެވުމަށް ދިރާގު ކަސްޓަމަރުން އެސްއެމްއެސް ފޮނުއްވާނީ “ADD E10GB” ޖައްސަވާފައި 343 އަށެވެ.

މި ޑޭޓާ ޕެކް އެކްޓިވޭޓް ކުރެވޭނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ. އަދި އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 5 ދުވަސް ވަންދެން ބޭނުން ކުރެވޭނެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް ބޭނުންވާ ހިދުމަތްތައް ލުއިފަސޭހަކޮށްދީ އަދި އެންމެ ހެޔޮ އަގުގައި ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮމްބެ

    ތިޔަށް ކިޔާން އެންމެ ރަނގަޅު ނަމަކީ ފޭރުން. އެއްމަސް ދުވަސް ވަންދެން ޚަބަރު ކިޔަސް 1 ޖީބީ ވެސް ނުދާނެ. ދެން އެންމެ 5 ދުވަހަށް 10 ޖީބީ ގަތުމުގެ ބޭނުމެއް ކޮބާ؟