ޖަރުމަނުގެ ބާލިންގައި ކުރިއަށްދާ "އައިޓީބީ ފެއާ" ގައި ރާއްޖެއަށް "އޭޝިޔާގެ ދެވަނަ" އެވޯޑް ލިބިއްޖެއެވެ.

އައިޓީބީ ކުރިއަށްދާ މާލަމްގައި ރާއްޖޭގެ ސްޓޭންޑުގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެވޯޑުތަކާ ހަވާލުވެ ވަޑައިގަތީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އެވެ.

މީގެ ކުރިން ވެސް ރާއްޖެއަށް ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގެ ގިނަ އެވޯޑުތަކެއް ލިބިފައިވާއިރު މި އެވޯޑަކީ ޑީއެސްއައި އިން ދީފައިވާ އެވޯޑެކެވެ.

ބާލިންގެ މެސީ ބާލިން ކޮންވެންސަން ސެންޓަރުގައި ކުރިއަށްދާ އައިޓީބީ ފެއާގައި ރާއްޖޭގެ 100 ކުންފުންޏަކުން 280 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު މި އަހަރުގެ އައިޓީބީ ފެއާގެ ރާއްޖޭގެ ސްޓޯލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކުލަތައް ފެންނަ އަދި ރާއްޖެ ރަމްޒު ކުރުވާގޮތަށެވެ.

އަދި ފެއާގައި ރާއްޖޭގެ ސަގާފަތާއި ރީތިކަން ދައްކުވައިދޭ ގޮތަށް އުނދޯއްޔާއި ޖޯލި ރަށްރަށުގެ ގޮނޑުދޮށްތަކުގައި ހުންނަ ހުދު ދޮންވެލި ބޭނުންކޮށްގެން ރާއްޖޭގެ ސްޓޯލު ފަރުމާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު