ސްރީލަންކަން އެއާލައިންސްގެ ޓިކެޓް އޮފީހެއް ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

ކުޅުދުއްފުށީ 'ބަރާބަރު' ފިހާރައިގައި މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުނު ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައި ދެއްވީ އޭސް އޭވިއޭޝަންގެ މާކެޓިންގ އެގްޒެކެޓިވް ފާތުމަތު މަޒްނާ އެވެ.

މި ޓިކެޓް އޮފީހުން ސްރީލަންކަން އެއާލައިންސް ދަތުރުކުރާ ހުރިހާ މަންޒިލަކަށް ޓިކެޓް ލިބުމުގެ ހިދުމަތް ލިބިގެންދާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

އަދި މިއޮފީހުން ސްރީލަންކަން އެއާލައިންސް ހެޑް އޮފީހުން އޮފާ ކުރާ ހުރިހާ ޕްރޮމޯޝަންތަކެއްވެސް ހަމަ އެއް އަގެއްގައި ލިބިގެންދާނެ އެވެ.

އަދި މިއާއެކު މާލެއަށް ދަތުރު ނުކޮށް ހަނިމާދޫ އިން ޓްރިވެންޑްރަމްއަށް ކުރާ ދަތުރުން ދެން ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް ޓްރިވެންޑްރަމް އިން ކޮލަންބޯ ނުވަތަ ސްރީލަންކަން އެއާލައިންސް ދަތުރުކުރާ ކޮންމެ މަންޒިލަކަށް ދަތުރު ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެކަމަށް އެފަރާތުން ބުނެ އެވެ.

މި ހިދުމަތާއި ގުޅޭ އިތުރު މައުލޫމާތު ބަރާބަރުގެ ރިޒަވޭސަން ހޮޓްލައިން 6527700 އާ ގުޅާލުމުން ނުވަތަ 7847700 އަށް ވައިބާރ މެދުވެރިކޮށް ލިބޭނެ ކަމަށް ބަރާބަރުން ހާމަ ކުރެ އެވެ.