ރާއްޖޭގެ ފުރަތަމަ އަތަރު ބްރޭންޑް "އޫދު އަލް ސަބާޔާ" އިން ފިރިހެނުންނާއި އަންހެނުންނަށް ހާއްސަ އަތަރު ލޯޝަނެއް ތައާރަފްކޮށްފިއެވެ،

އެގޮތުން ފިރިހެނުންނަށް ހާއްސަކޮށްގެން ތައާރަފްކުރި އަތަރު ލޯޝަން އަށް ކިޔަނީ ސިލްކްވޫޑް ލޯޝަންއެވެ. އަދި ކަނބަލުންނަށް ހާއްސަކޮށްފައިވަނީ ލޭޑީ ސަބާޔާ ލޯޝަންއެވެ.

މި ދެ ވައްތަރުގެ ލޯޝަނަކީ ވެސް ގިނައިރުތަކެއް ވަންދެން ހަށިގަނޑުގައި ވަސް ހުންނާނެ އަދި އެއްވެސް ސައިޑް އިފެކްޓެއް ނެތް ފެންވަރު ރަނގަޅު ލޯޝަނެކެވެ.

އަދި މިއީ ރާއްޖެއަށް އަތަރު ލޯޝަންއެއް ތައާރަފް ކުރެވުނު ފުރަތަމަ ފަހަރުކަމަށް "އޫދު އަލް ސަބާޔާ" އިން ބުންޏެވެ.

އޫދު އަލް ސަބާޔާއިން ތައާރަފް ކުރި އަތަރު ލޯޝަން

"މިއީ ރާއްޖޭގައި އަތަރު ލޯޝަންއެއް ތައާރަފް ކުރެވުނު ފުރަތަމަ ފަހަރު. އެނގިވަޑައިގަންނަވާނެ "އޫދު އަލް ސަބާޔާ" އަކީ އަބަދުވެސް ތަފާތު ވަސްތަށް ދިވެހިންނަށް ތައާރަފް ކުރަމުން އައި ބައެއް. އެގޮތުން ދިވެހިންނަށް ހާއްސަ އަތަރެއްވެސް ވާނީ މީގެ ކުރިން ތައާރަފް ކުރެވިފައި. އަދި މިއަދު ތައާރަފް މިކުރެވުނީ އަތަރު ލޯޝަން. އިންޝާﷲ މުސްތަގުބަލުގައި އަޅުގަނޑުމެން ދެން އެންމެ އަވަހަށް ތައާރަފްކުރާނީ ދިވެހިންނަށް ހާއްސަ އެއަރ ފްރެޝެނަރ އެއް" "އޫދު އަލް ސަބާޔާ"ގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ޝަބީން ވިދާޅުވިއެވެ.

"އޫދު އަލް ސަބާޔާ"އިން ފިރިހެނުންނަށް ހާއްސަ ކޮށްގެން ތައާރަފްކުރި އަތަރު ލޯޝަންގެ އަގަކީ 350 ރުފިޔާއެވެ. އަދި ކަނބަލުންގެ އަތަރު ލޯޝަންގެ އަގަކީ 250 ރުފިޔާއެވެ. އަދި މި ވައްތަރުގެ އަތަރު މާލޭގައި ހުންނަ އޫދު އަލް ސަބާޔާގެ މައި ފިހާރައިންނާއި އައްޑޫ ހިތަދޫގައި ހުންނަ "އޫދު އަލް ސަބާޔާ"ގެ އައުޓްލެޓް އިން ލިބެން ހުންނާނެއެވެ.

މި ވައްތަރުގެ އަތަރު ލޯޝަން މިއަދު މާލޭގައި ހުންނަ "އޫދު އަލް ސަބާޔާ"ގެ މައި ފިހާރައިން ވިއްކަން ފަށާފައިވާއިރު އައްޑޫގައި އަތަރު ލޯޝަން ވިއްކަން ފަށާނީ މާދަމާއިން ފެށިގެންނެވެ. "އޫދު އަލް ސަބާޔާ"އަކީ އެކި ވައްތަރުގެ އަތަރާއި އަތަރު ޕާފިއުމް ލިބެން ހުންނަ ފިހާރައެކެވެ. އަދި އެއީ ރާއްޖޭގެ ފުރަތަމަ އަތަރު ބްރޭންޑްވެސް މެއެވެ.

އެހެނިހެން މަޢުލޫމާތު ހޯއްދެވުމަށް: 9996585 ||  ލޮކޭޝަން: އޫދު އަލް ސަބަޔާ

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މާލޭގެ ކޮން ހިސާބަކު ކޮންތާކު ހުންނަ ފިހާރައެއްތޯ

  2. ޢަލީ މުޙައްމަދު

    ތިތަން ހުންނަނީ ކޮންތާކު؟

  3. ސަޅިއެއްޗެއްހެންހީވޭއަނެއްކާރޯޔަލްގޮތެއްވެސްއެބަހުރި

  4. ޢޫދުއްޞަބާޔާ ގެ އެއްޗިހި މާ އަގުބޮޑު، ކަމަށް ވ ތައްޔާރުވެގެން ކުރާކަމަކަސް ވިޔަސް އަމިއްލަ ސްތައިލެއް ގެންގުޅުނަސް، ހަގީގަތުގައި ވަހުގެ ކޮލިޓީ ދައްވެފައި އަގު ބޮޑުކަން ފާހަގަ ވެއްޖެ. ތިޔަގެންގުޅޭ އެއްޗެހި ހަމަ އެހެން ފުޅިޔަކަށް އެހެން ނަމެއް ކިޔާފަ ހަމަ އެޅިދާނެ. އަސްލަކީ ކޮލިޓީ ހަމަ ދަށޭ.