އެކި ބޭނުންތަކަށް އަވައްޓެރި ސްރީ ލަންކާއަށްދާ މީހުން މަދެއް ނޫނެވެ. ދުވަހެއް ދުވަހަކަށް އެ ގައުމުން އެކި ބޭނުންތަކަށް ހިދުމަތް ހޯދަންދާ ދިވެހިން އިތުރުވަމުންދާކަން ތަފާސް ހިސާބުތަކުންވެސް ދައްކައެވެ. ލަންކާއަށް ދާ ގިނަ ދިވެހިންގެ މެދުގައި މަޝްހޫރުވެފައި އޮންނަ ހޮޓެލްތަކުގެ ތެރޭގައި ހިމެނޭ އެއްތަނަކީ "ޕާލް ގުރޫޕް"ގެ ހޮޓެލް ކަމަށްވާ "ޕާލް" ގްރޭންޑެވެ.

ޕާލް ގުރޫޕްގެ ހޮޓެލްތަކަކީ ދިވެހިންނަށް ހާއްސަ ތަނެކޭވެސް ބުނެވިދާނެއެވެ. ކޮންމެ ދިވެއްސަކާއި މެދުވެސް އެ ހޮޓެލްތަކުން ކަންތައް ކުރަނީ ދުވަހަކު ހަނދާނުން ފިލާ ނުދާނެ ވަރަށް ގާތްކަމަކާއި އެކުވެރިކަމަކާއި އެކުއެވެ. ދިވެހިންނަށް ހާއްސަ އަގުތަކެއް ޕާލްގެ ހޮޓެލްތަކުން ލިބޭނެއެވެ. ދިވެހިންނަށް ހާއްސަ ކެއުންތަކެއް ޕާލް އިން ލިބޭނެއެވެ.

2013 ވަނަ އަހަރު ވުޖޫދަށް އައި ޕާލް ގްރޫޕް އޮފް ހޮޓެލް އިން އިން ފުރަތަމަ ހުޅުވީ ތިން ތަރީގެ ހޮޓަލެކެވެ. އެއީ ޕާލް ސިޓީއެވެ. އެ ހޮޓެލް ހުޅުވައިދެއްވީ ސްރީލަންކާގެ އެއިރުގެ ރައީސް މަހިންދާ ރާޖަޕަކްސްއެވެ. އޭގެ ފަހުން ހަތަރު ތަރީގެ ހޮޓަލެއްކަމަށްވާ ޕާލް ގްރޭންޑް ހުޅުވައި އެތަނުން މިހާރުވެސް ދަނީ ހިދުމަތް ދެމުންނެވެ. އަދި މިހާރު ޕާލްގެ ފަސް ތަރީގެ ހޮޓަލެއް ކަމަށްވާ ޕާލް ގްރޭންޑް ޓަވަރު ހުޅުވުމުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ދަނީ ކުރިއަށެވެ. އެއީ 44 ބުރީގެ ބޮޑު ޓަވަރެކެވެ. 500 އަށްވުރެ ގިނަ ކޮޓަރި އެ ޓަވަރުގައި ހުންނައިރު، އެއީ މިހާރުވެސް ޕާލްގެ ހޮޓެލް ހުރިތަނުގައި އިމާރަތް ކުރަމުން އަންނަ ހޮޓަލެކެވެ. އެތަން އަންނަ އަހަރު ނިންމާ ހުޅުވާނެކަމުގެ ޔަގީންކަން ޕާލް ހޮޓެލް ގުރޫޕުން ދެއެވެ.

ޕާލް ގްރާންޑް ހޮޓެލްގެ ރެސްޓޯރެންޓެއް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޕާލް ގްރާންޑް ހޮޓެލްގެ ރެސްޓޯރެންޓެއް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޕާލް ގްރޭންޑްގައި އެކި ކެޓަގަރީތަކުގެ 90 ކޮޓަރި ހުރެއެވެ. އަދި 24 ގަޑިއިރަށް ހުޅުވާލެވިފައިވާ އިންޓަނޭޝަނަލް ރެސްޓޯރެންޓަކާއި، 24 ގަޑިއިރުގެ ރޫމް ސާރވިސްގެ ހިދުމަތް ލިބޭއިރު، 24 ގަޑިއިރު ރިސެޕްޝަންގެ ހިދުމަތްވެސް ލިބޭނެއެވެ. އަދި މީގެ އިތުރުން، ޕާލް ގްރޭންޑްގެ ރޫފްޓޮޕްގައި އެންމެންނަށް ބޭނުންކުރެވޭނެ ގޮތަށް ސްވިމިންގ ޕޫލަކާއި، ސްޕާއަކާއި، ޖިމެއްވެސް ހުރެއެވެ.

ޕާލްގެ ރެސްޓޯރެންޓްތަކުން އިންޓަނޭޝަނަލް ކެއުންތައް ލިބޭނެއެވެ. އަދި ދިވެހިންނަށް ހާއްސަ އެކި ކައުންތައް ލިބޭއިރު، އެތަނުގައި މަސައްކަތް ކުރާ ޝެފުން އެ ގެސްޓަކު ބޭނުންވާ ގޮތަކަށް ކާތަކެތި ތައްޔާރުކޮށްދޭނެއެވެ.

"ހުރިހާ ގެސްޓުންނަށް އެކި ވައްތަރުގެ ކެއުން ލިބޭނެ. ވަކިން ހާއްސަކޮށް ދިވެހިންނަށް. ދިވެހިންނަށް އަބަދުވެސް އަހަރުމެން ގާތްކަމެއް ބާއްވަން. ދިވެހިންނަށް ހާއްސަ ކެއުން މިތަނުގެ ރެސްޓޯރެންޓުން ލިބެން ހުންނާނެ. ދިވެހި ހުރިހާ ކެއުންތައް އެތަނުން ލިބޭނެ ގޮތް ހަމަޖެއްސީ މީގެ ކުރިން އެތަނަށް ޒިޔާރަތްކުރި އެކި ދިވެހިން،" ޕާލް ގުރޫޕްގެ އެސިސްޓެންޓް މެނޭޖަރ މެލްވިން ވިދާޅުވިއެވެ.

ޕާލް ގުރޫޕްގެ އެސިސްޓެންޓް މެނޭޖަރ މެލްވިން "ވަގުތަށް" އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޕާލް ގުރޫޕްގެ އެސިސްޓެންޓް މެނޭޖަރ މެލްވިން "ވަގުތަށް" އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މެލްވިންއަކީ ދިވެހިންނާއި ގުޅޭ ދިވެހިންގެ ގާތް ބޭފުޅެކެވެ. އޭނާގެ ހިތުން ދިވެހިންނަަށް ވަރަށް ބޮޑު ޖާގައެއް ދެވިފައިވާކަަމަށް މެލްވިން ވިދާޅުވިއެވެ. މެލްވިން އަކީ ކަސްޓަމަރުންނާއި ގާތް، މުވައްޒަފުންނަށް ހެޔޮ ހިންގުންތެރި މެނޭޖަރެކެވެ. މެލްވިން ވިދާޅުވީ، ޕާލް ގްރޭންޑްގެ ކޮޓަރިތަކުން އެންމެ ފުރިހަމަ ހިދުމަތްތައް ގެސްޓުންނަށް ލިބޭނެ ކަމަށެވެ. ޕާލް ގްރޭންޑްގެ ކޮޓަރިތަކުގައި ވައިފައި ހިދުމަތާއި، ބޮޑު ޓީވީގެ އިތުރުން މިނީ ބާއެއްވެސް ހުރެއެވެ. މިނީ ބާގައި ހުންނާނީ ހަމައެކަނި ސޮފްޓް ޑްރިންކެވެ. އަދި މީގެ އިތުރުން ކޮފީ އާއި ސައި އަމިއްލައަށް ތައްޔާރު ކުރެވޭނެ އިންތިޒާމް ވެސް ކޮޓަރީގައި ވަނީ ފުރިހަމަ ވެފައެވެ. އަދި ކޮޓަރިތަކުން ފެންނަ ހުރިހާ އެއްޗަކީވެސް ފަސް ތަރީގެ ހޮޓަލެއްގައި ހުންނަ ފެންވަރުގެ ތަކެތިކަމަށްވެސް މެލްވިން ވިދާޅުވިއެވެ.

ޕާލް ހޮޓެލް ގުރޫޕުން ދޭ އިތުރު ހިދުމަތްތަކަށް ބަލާއިރު، އެ ގުރޫޕުގެ ހޮޓަލެއްގައި ހަތް ދުވަސް މަޑުކޮށްފިނަމަ މުޅިން ހިލޭ އެއާޕޯޓަށް ގެންގޮސްދޭނެއެވެ. އަދި ހުރިހާ އެންމެންނަށް ލޭޓް ޗެކްއައުޓް ވެސް ދެއެވެ. ވަކިން ހާއްސަކޮށް ދިވެހިންނަށެވެ. އަދި އަވަހަށް ޗެކިންގ ވެވޭ ހިދުމަތްވެސް ދޭކަމަށް މެލްވިން ވިދާޅުވިއެވެ.

ޕާލް ގްރާންޑް ހޮޓެލްގެ ސްވިމިންޕޫލް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޕާލް ގްރާންޑް ހޮޓެލްގެ ސްވިމިންޕޫލް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"އަހަރުމެންގެވެސް އަސްލު ޗެކްއައުޓް ގަޑިއަކީ 12:00 ޖަހާއިރު. އެކަމަކު އަހަރުމެން 3 ޖަހަންދެންވެސް ގެސްޓުން ބައިތިއްބަން ކޮޓަރި ތެރޭ އެއްވެސް އަގަކާ ނުލާ. ވަކިން ހާއްސަކޮށް އަހަރުމެން ދިވެހިން ބައިތިއްބަން އިރުއޮއްސި 6:00 ޖަހަންދެންވެސް ހިލޭ،" މެލްވިން ވިދާޅުވިއެވެ.

"މިއީ ދިވެހިންގެ އާއިލީ ހޮޓަލެއް. މިތަނުން ދިވެހިންނަށް ހިދުމަތް ދޭނީ އަހަރުމެންގެ އާއިލާ ބަޔަކަށް ހިދުމަތްދޭހާ ގާތްކޮށް. މިކަމުގެ އެއް ހެއްކަކީ މިތަނަށް އަންނަ ކޮންމެ ދިވެއްސަކު އެ ހޮޓަލުން ނުކުމެގެން ދާނީ އުފާވެރި ހިނިތުންވުމަކާއެކު. އަދި ދުވަހެއް ދުވަހަކަށް އެތަނަށް ދިވެހިން އަންނަލެއް ވަނީ ގިނަ. މިއީ އަހަރުމެން ދޭ ހިދުމަތްތައް ރަނގަޅުވީމާ ވާ ގޮތް ނޫންތޯ؟،" މެލްވިން ވިދާޅުވިއެވެ.

ޕާލް ގްރާންޑް ހޮޓެލް– ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޕާލް ގްރާންޑް ހޮޓެލް– ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މަހެއްގެ މައްޗަށް ޕާލް ހޮޓެލް ގުރޫޕްގެ ހޮޓެލްތަކަށް ހަތަރު ހާހެއްހާ ގެސްޓުން ޒިޔާރަތް ކުރެއެވެ. އަދި ކޮންމެ މަހެއްގެ އޮކިޔުޕަންސީ 80 އާއި 85 އާއި ދެމެދު ހިފެހެއްޓޭކަމަށް މެލްވިން ވިދާޅުވިއެވެ.

"އޮފް ސީޒަންގައި ދަށްވިޔަސް އެވްރޭޖްކޮށް މަހެއްގެ މައްޗަށް 80 އާއި 85 ޕަސެންޓާއި ދެމެދުގެ އަދަދަކަށް ރޫމްތައް ހުންނާނީ ފުލްކޮށް،" މެލްވިން ވިދާޅުވިއެވެ.

ޕާލްގެ ހޮޓެލްތަކުން ލިބޭ ހިދުމަތްތަކުން ގެސްޓުން ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ތިބޭކަން އެނގެނީ ޓްރިޕް އެޑްވައިޒާއަށް ލިބެމުންދާ ކޮމެންޓްތަކަށް ބަލާލުމުންނެވެ.

ޕާލް ގްރާންޑް ހޮޓެލް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޕާލް ގްރާންޑް ހޮޓެލް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"އަޅުގަނޑަށް މިހަރުވެސް ބުނަން ކެރިދާނެ ޓްރިޕް އެޑްވައިޒާއަށް ލިބޭ 99 އިންސައްތަ ކޮމެންޓްތަކަކީ ޕޮޒިޓީވް ކޮމެންޓްތަކެއްކަން. ކޮންމެ ދުވަހަކުވެސް ފީޑްބެކްތައް ކިޔަން. އަދި ރަނގަޅުކުރަން ޖެހޭ ކަންތައް ބަލަން. އަޅުގަނޑު ނުދަންނަވާނަން މި ހޮޓަލުން ދޭ ހުރިހާ ހިދުމަތްތަކާއި މެދު ހުރިހާ ގެސްޓުން ހިތްހަމަ ޖެހެޔެކޭ،" މެލްވިން ވިދާޅުވިއެވެ.

ޕާލް ގްރޫޕްގެ ހޯޓާތަކަށް ބަދަކުތަކެއް ގެނައުމުގެ މަސައްކަތްތައް އަބަދުވެސް ކުރިއަށްދެއެވެ. އެގޮތުން މީގެ މަހެއްހާ ދުވަސް ކުރިން ރޫފް ޓޮޕްގައި ބާއެއް ވަނީ ހުޅުވައި ހިދުމަތް ދޭން ފަށާފައެވެ. މިއީ ދިވެހިންގެ ހޮޓަލެއްކަމަށް މެލްވިން ވިދާޅުވިއިރު، ދިވެހިންނަށް މި ހޮޓަލުން ބޮޑު ޑިސްކައުންޓެއް ލިބޭނެކަމުގެ ޔަގީންކަން މެލްވިން ދިނެވެ. އެ ޑިސްކައުންޓް ލިބޭނީ ސީދާ ހޮޓަލަށް އައިސް ކޮޓަރި ނަގާ ދިވެހިންނަށެވެ.

"ދިވެހިންނަށް ކޮޓަރި މިދެނީ ވަރަށް ރަނގަޅު ރޭޓެއްގައި. އަހަރުމެން އަބަދުވެސް ބޭނުންވަނީ ދިވެހިންނަށް ހިދުމަތްދޭން. އަބަދުވެސް މިތަނަށް ދިވެހިން އަންނަން. އާއްމުކޮށް ސިންގަލް ރޫމެއްގެ އަގު 95 ޑޮލަރާއި 100 ޑޮލަރަށް އަރާ. އަދި ޑަބަލް 105 ޑޮލަރަށް ވެސް އަރާ. އެކަމަކު ދިވެހިންނަށް އަހަރުމެން މި ދެނީ ސިންގަލް ރޫމެއް 80 ޑޮލަރަށް ޑަބަލް ރޫމެއް 85 ޑޮލަރަށް. އެއީ ހެދުނު ސަޔާއެކު" މެލްވިން ވިދާޅުވިއެވެ.

ޕާލްގެ ހޮޓެލްތައް މި ހުންނަނީ ވަރަށް ރަނގަޅު ހިސާބެއްގައެވެ. ހޮސްޕިޓާތަކާއި ވަރަށް ކައިރިއެވެ. ފިހާރަތަކާއި ޝޮޕިންގ މޯލްތަކާ ވެސް ވަރަށް ކައިރިއެވެ. ޕާލްގެ ހޯޓާތަކަކީ މިއަދު ލަންކާއަށްދާ ދިވެހިން ގޮސް އެ މީހުންގެ ޗުއްޓީ، ނުވަތަ ހަނީމޫން ނުވަތަ ވިޔަފާރި ދަތުރުތައް ގޮސް ތިބެލުމަށް ކޮލަމްބޯގައި ހުރި އެންމެ ހިދުމަތް ރަނގަޅު އެއް ހޮޓަލެވެ. އެ ހުރިހާ ކަމަކަށް ހާއްސަ ކޮޓަރިތައް މި ހޮޓަލުން ލިބެން އެބަހުއްޓެވެ. ދިވެހިންނަށް ގުޅޭ އަބަދުވެސް ދިވެހިންނަށް ހިދުމަތްދޭން ބޭނުންވެފައިވާ ދިވެހިންގެ އެކުވެރި ގްރޫޕަކުން ހިދުމަތްދެމުން އަންނަ މި ހޮޓަލުން އަބަދުވެސް ކޮންމެ ދިވެއްސަކަށް ވެސް ހޫނު މަރުހަބާއެއް ކިޔާނެ ކަމަށް އެ ގުރޫޕުން ބުންޏެވެ.


"ވަގުތު" މުވައްޒަފުން ސްރީލަންކާ އަށް ކުރި ޗުއްޓީ ދަތުރުގެ ސްޕޮންސަރަކީ އޭސް އޭވިއޭޝަން އެވެ. އޭސް އޭވިއޭޝަން އަކީ ސްރީލަންކަން އެއާލައިންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓެވެ. ދުނިޔޭގެ 53 ސަރަހައްދަކަށް ދަތުރު ކުރުމަށް އޭސް އޭވިއޭޝަން އިން ޓިކެޓް ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަލީމް

    އަޅުގަނޑު އަބަދު ވެސް ބަލަން ދިވެހީން ނުތިބޭ ހޮޓަލެއްގަ ހުރެވޭތޯ. ގިނަ މީހުންގެ ފޮނި ކަމާއި ފަތަރާސީ ކަމުން ވަރަށް ލަދު ގަނޭ.