ކެއުމަށްފަހު ދުފުން، ފޫހިވިއަސް ދުފުން، ފެންބޮއެފަވެސް ދިވެއްސެއްވެއްޖެއްޔާ ދުފަން ޖެހޭނެ ވާހަކަ ވަރަށް ހޫނުކޮށް ދެކެވެމުން ދިޔައެވެ. މިއަދު ފާހަގަކޮށްލަން މިއުޅެނީ ދުފުމަށްވުރެ އެއް ހަރުފަތް ކުރީގައި އުޅޭ ކަމެއްގެ ވާހަކައެވެ. ދިވެހިންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ، އެކަމަކާ ނުލައި އެންމެ އަސާސީ ޚިދުމަތްތަކުންވެސް މަޙުރޫމް ވާނެ ކަމެއްގެ ވާހަކައެވެ. މިދައްކަނީ ހިތި ނަމަވެސް ތެދު ހަޤީގަތެއްގެ ވާހަކައެވެ. އެއީ ކޮންމެ އަސާސީ ޚިދުމަތަކަށް ދައްކަންޖެހިފައިވާ ބިލްތަކުގެ ވާހަކައެވެ.

ފެނުގެ ޚިދުމަތަށް ދައްކަންޖެހޭ ބިލުން ފެށިގެން، ކަރަންޓާއި، ކޭބަލް ޓީވީ އާއި، މުއާސަލާތީ ޙިދުމަތްތަކަށް ދައްކަންޖެހޭ ބިލްތައް ނުދައްކާ ހަމަގައިމުވެސް މިއަދު ފަރުޖެހޭކަށް ނޯންނާނެއެވެ. ހޭބޯ ނާރާ މަސައްކަތުގައި އަވަދިނެތި އުޅުނަސް، ދަރިންބަލަމުން ގެއިން ހިރި ނުލެވުނަސް، ކަންނެތްކަމުން ދެފައި ދަމާފަ އޮންނަން ބޭނުންވިއަސް، ބިލްދައްކަން ދާންޖެހެއެވެ.

ހާސްނުވާށެވެ. މިއަދު ތިފަދަ އެންމެހާ ފަރާތްތަކެއްގެ ތަކުލީފުތަކަށް ލުއިކަމެއް މިވަނީ ގެނެސްދީފައެވެ. މިހާރު ފަހިޕޭ މެދުވެރިކޮށް، ކޮންމެތާކު ހުރެގެން، ކޮންމެ ވަގުތެއްގައިވެސް އެތައް ޚިދުމަތްތަކަކަށް އޮންލައިން ކޮށް ފައިސާ ދެއްކެވެނޭއެވެ. އޮންލައިންކޮށް ރިލޯޑް އަދި ރާސްޓަސްގެ އިތުރުން ދިރާގު އަދި އުރީދޫގެ ހުރިހާ ބިލަކަށް ފައިސާ ދެއްކުމާއި ކަރަންޓް ބިލް، ފެން ބިލް، މީޑިއާނެޓް ބިލް އަދި މޯލްޑިވްސް ގޭސް އަށް ވެސް ފަހިޕޭ މެދުވެރިކޮށް އޯޑަރ ކޮށްލެވެއެވެ.

ދެންއޮތީ ބިލްދައްކަން ހަނދާން ނެތުމުގެ މައްސަލައެވެ. އެކަމަށް ވެސް ފަހިޕޭއިން މިވަނީ ހައްލެއް ހޯދައިދީފައެވެ. ފަހިޕޭ އެޕް މެދުވެރިކޮށް މިހާރު ބިލްތައް ޝެޑިއުލް ކޮށްލެވޭނެއެވެ. ހާސްވާންޖެހޭ އެއްވެސްކަމެއް ނެތެވެ. މިހާރު ދެން ފޯނު ބިލް ކަނޑާލައިގެން އަންހެނުން ދުންއަރާފައި ހުންނާކަށް ނުޖެހޭނެ ނޫންހެއްޔެވެ. އަވަހަށް ތިރީގައިވާ ލިންކުން ފަހިޕޭ އެޕް ޑައޮންލޯޑް ކޮށްލާށެވެ. އަދި އެހީ އެއް ބޭނުންފުޅު ނަމަ ފަހިޕޭ ލޭންޑްލައިން ނަމްބަރު 4007004 ނުވަތަ މޮބައިލް 7997991 އަށް ގުޅާލައްވާށެވެ.

ފަހިޕޭ އެންޑްރޮއިޑް އެޕް https://goo.gl/nYbvvY

ފަހިޕޭ އައިފޯން އެޕް https://goo.gl/GyZK2f

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަށުމީހާ

    މަވެސް ބޭނުން ކުރަނީ މި އެޕް. ވަރަށް ފަސޭހަ މީތި.

  2. އަލީ އަހުމަދު

    އަސްލުވެސް ހަމަ ހަބޭސް