ނިމިގެންދިޔަ 2017 ވަނަ އަހަރު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ރެކޯޑް އަދަދަކަށް ފައިދާވެފައިވާ ކަމަށް އެ ކުންފުނީގެ ތާރީހުގައި ބޭއްވި ފުރަތަމަ އަހަރީ އާންމު ޖަލްސާގައި ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން 2017 ވަނަ އަހަރު ސްޓެލްކޯއަށް ފައިދާގެ ގޮތުގައި ފަންސާސް ދެމިލިއަން އަށްލައްކަ ފަސްދޮޅަސްތިންހާސް ހަސަތޭކަ ފަސްދޮޅަސް (52,863,660) ރުފިޔާ ލިބިފައިވެއެވެ. މިއީ ފާއިތުވި ފަސް އަހަރު ދުވަހާއި އަޅާ ބަލާއިރު 187 އިންސައްތައިގެ ކުރިއެރުމެކެވެ.

ސްޓެކްލޯގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖެސް: އަހުމަދު އަލީ

އަދި 2017 ވަނަ އަހަރު ވަނީ ސްޓެލްކޯއަށް ލިބުނު އާމްދަނީވެސް ބޮޑުތަކުން އިތުރުވެފައެވެ. އެގޮތުން 2017 ވަނަ އަހަރު ސްޓެލްކޯއަށް އާމްދަނީގެ ގޮތުގައި 1،698 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެއީ 2016 ވަނަ އަހަރާއި އަޅާ ބަލާއިރު 17 އިންސައްތަ ނުވަތަ 250 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. މީގެ އިތުރުން ސްޓެލްކޯގެ ގިއަރިން ރޭޓް ވެސް ވަނީ 2016 ވަނަ އަހަރާއި އަޅާ ބަލާއިރު 2017 ވަނަ އަހަރު 6 އިންސައްތަ އިތުރުވެފައެވެ.

މިއަދު ސްޓެލްކޯގައި ބޭއްވުނު އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ ސީއީއޯ އަހުމަދު ޒުހޫރު ވިދާޅުވީ 2016 ވަނަ އަހަރާއި އަޅާ ބަލާއިރު 2017 ވަނަ އަހަރު އެކުންފުނިން ގިނަ ކުރިއެރުންތަކެއް ހޯދައިފައިވާ ކަމަށެވެ. އަދި އެކުރިއެރުންތަކުގެ ފަހަތުގައި ތިބީ އެކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށް ޒުހޫރު ވިދާޅުވިއެވެ. މީގެ އިރުރުން ސްޓެލްކޯގެ މެނޭޖުމެންޓް ޕޮލިސީތަކަށް ގެނައި ބައެއް ބަދަލުތަކަކީ ވެސް 2017 ވަނަ އަހަރު ކާމިޔާބު އަހަރަކަށް ވުމުގެ ސިއްރު ކަމުގައި ޒުހޫރު ސިފަކުރެއްވިއެވެ.

ސްޓެކްލޯގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖެސް: އަހުމަދު އަލީ

"އަޅުގަނޑުމެން ޕޮލިސީ ލެވެލްގައި ގިނަ މަސައްކަތްތަކެއް ކުރިން. އަދި މަސައްކަތުގެ އެފިޝެންސީ ރަނގަޅު ކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް ނުވަތަ ފިޔަވަޅުތަކެއް ވާނީ އެޅިފައި. އެގޮތުން ވެރިންގެ އޯޓީ ކަނޑާލުން ހިމެނޭ. ސްޓެލްކޯގެ ވެރިންނަކީ އޯވާ ޓައިމްގައި މަސައްކަތް ކުރާނަމަ ލެކް އޮފް އެފިޝެންސީ އަންނާނެ ކަމަށް އަޅުގަނޑުމެން ވިސްނަން ޖެހޭ." ޒުހޫރު ވިދާޅުވިއެވެ.

އަދި ކޮންމެ ރަށަކީވެސް އިންވެސްޓް ކުރަން ޖެހޭ ރަށެއް ކަމަށާއި ސްޓެލްކޯއިން ހިދުމަތް ފޯރުކޮށްދޭ 90 އިންސައްތަ ރަށްރަށުގައި ހުރީ އޯވާ އިންވެސްޓް ކުރެވިފައި ކަމަށް ޒުހޫރު ވިދާޅުވިއެވެ. އެގޮތުން ގިނަ ރަށްރަށުގައި ތިބީ ބޭނުންވާ ވަރަށް ވުރެއް ބޮޑެތި ޖަނަރޭޓަރު ކަމަށާއި އެކަމުގެ ސަބަބުން ބޭނުން ނުވާ އެތަކެއް ފިއުލްއެއް އަނދާ އަޅިއަށް ވާ ކަމުގައި ޒުހޫރު ފާހަގަ ކުރެއްވިއެވެ.

އަދި ހުޅުމާލެއާއި މާލެ، ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލުމަށް އިންޓަކަނެކްޝަން ލައިނެއް އެޅުމުގެ އިތުރަށް މާލޭގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަތަށް ދެނެގަތުމުގެ މަސައްކަތްތަށްވެސް ކުރަމުން އަންނަކަމުގައި ޒުހޫރު ވިދާޅުވިއެވެ.

ސްޓެކްލޯގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖެސް: އަހުމަދު އަލީ

"މާލޭގައި ކުރިއަށް ދާ މަޝްރޫއުތަކަށް ބަލާއިރު މާލޭގެ ނެޓްވޯކަށް ދިމާވެފައިވާ މައްސަލަތަށް ދެނެގަތުމުގެ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން މިދަނީ. އަދި ޑީޓެއިލް މަސައްކަތްތަކެއް ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރމެންޓް އާއި އެކު މަސައްކަތް ކުރަމުން މިދަނީ. ހަމަ އެއާއި އެކު މިހާރު މާލެއަށް ދިމާވެފައިވާ ޕަވަރ ޝޯޓޭޖް ވަގުތީ ގޮތުން ހައްލު ކުރުމަށް މަސައްކަތް ކުރަމުން މިދަނީ. އަދި ހުޅުމާލޭގައިވެސް 50 މެގަވޯޓްގެ ޕަވަރ ހައުސް އެއް އެ އެޅެނީ. އަދި ހުޅުމާލެއާއި މާލެއާއި ކަރަންޓުގެ އެއް ވިޔުގަ އަކުން ގުޅާލުމަށް އިންޓަކަނެކްޝަން ލައިނެއްް އެޅުމުގެ މަސައްކަތް ވެސް ވަނީ ފެށިފަ" ޒުހޫރު ވިދާޅުވިއެވެ.

މީގެ އިތުރުން ގްރޭޓާ މާލޭ ޕްރޮޖެކްޓްގެ ދަށުން އިންޑަސްޓްރިއަލް ވިލޭޖުގައި ޖަނަރޭޓަރެއް އެޅިގެންދާނެ ކަމަށް ޒުހޫރު ވިދާޅުވިއެވެ.

އަހަރީ އާންމު ޖަލްސާގައި ޒުހޫރު އިތުރަށް ވިދާޅުވީ ސްޓެލްކޯއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބެލެންޝީޓަށް ކުރިމަތިވެފައިވާ މައްސަލަ ކަމަށެވެ. އަދި ކޭޝްފްލޯ އާއި ބެލެންޝީޓު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމުގައި ޒުހޫރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އާންމު މީހާ

    އެހެންތާ އެކަން ވާނީ، އާންމު ރައްޔިތުމީހާ ފެލާލީމަ..!

  2. ޢަހްމަދު

    ހިސާބު އަދަދާއި ދިވެހިންޖަހާފައި އަދަދު ދިމައެއްނުވޭ!

  3. ޜުޒާނާ ޗޮއްޕަޓު

    ދެން ތި ނިމުނީ ތިކަން. ދެން ވާނީ ގެއްލުން. މި ގައުނަށް ލިބޭ ލާރިއެއް ދެން ނުފެންނާނެ ވަންނަ ތަނެއްވެސް ނޭނގޭނެ. ޙައްޓަކު ހެއެއް ނެތިގެން ކެތް ނުލަވައިގެން އެތިބަ ތެޅި ބާލަނީ އެހެންވެ.

  4. ާމުހައްމަދު

    ޢަހަރެމެން ގޭގަ 2 ގުނަ ބިލް ބޮޑު އެހެން ވީމަ ފައިދާ ވާނެތާ ކުރިން 900 މިހާރު 1900 ބޭނުންކުރާ އެޗެއްސާ ތިބޭ މީހުގެ އަދަދު އެއްވަރު

    • Anonymous

      އަޅެ ހަމަ ބޭނުންކުރާތީކީ ނޫންތަ ބޮޑުވީ؟

  5. ޏ

    ރައްޔިތުން ފެލި ވަރަކަށް ފައިދާވާނެ

  6. ޞިޔާނާ

    ގެއްލުންވަމުންދިޔަ ދިވެހި ކުންފުނިތަކަށް ބޮޑަތި ފައިދާތައް ލިބި ޤަވްމު ހަމަޖެހިލުމާއެކު އަލުންވެސް ޤަވްމަށް ދައްޖާލުން އަރައިފި! ދެން ވަމުންދަގޮތްވެސް ފެންނާނެ!