ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެ ކުރާ ކުންފުނި ކަމަށްވާ އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން ދެންމެ ނެރުނު އިއުލާނެއްގައި ބުނީ، ޑީސަލް އަދި ޕެޓްރޯލުން ލީޓަރަކުން 20 ލާރި މިއަދުން ފެށިގެން ބޮޑުވާނެ ކަމަށެވެ.

ޕެޓްރޯލް ލީޓަރެއް މިއަދުން ފެށިގެން ދެން ވިއްކާނީ، 10.97 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ، 11.43 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނި ގޮތުގައި އެ ބަދަލު ގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައި ވާތީއެވެ.

ފަހަކަށް އައިސް ދުނިޔޭގެ ބާޒާރުގައި ވަނީ ތެލުގެ އަގު އުފުލިފައެވެ. އީރާއި އަރަބި ގައުމުތައް އަދި އެމެރިކާ އާއި ދެމެދު ގުޅުން ގޯސްވަމުން ދާތީ ކުރިއަށް އޮތްތަނުގައި ވެސް ތެލުގެ އަގު އުފުލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތިއްތި

    ވެލްކަމް ޓު ހަޒީރާ ރާއްޖެ

  2. މަށޭ

    ހަމަ ބޮޑުކުރަންވީ.. މިހާރުވެސް ޕެޓީކޭޝް އިން މުވައްޒަފުންނަށް މުސާރަ ދެމުން އަންނަތާ މިވީ ހަތްމަސް ދުވަސް. ދެން ކިތަންމެ ބޮޑުކުރިޔަސް ހަވާ އަރުވިބައި ސަލާމަތެއްނުވާނެ.

    • ޙަސީނަާ

      ހަވާ އަރުވަނީ ތެލުންތަ ބްރޯ؟

      • ރަޝީދާ

        ތެޔޮގަތީ ހިލޭތަ ބްރޯ؟

  3. Anonymous

    މީ ޖަޒީރާ ރާއްޖެއަކީ. އަދި ކިމބޫ ހުވާވެސް ނުކުރެވިގެން އެއުޅެނީ.

  4. ޕޮފުބާ

    ޖީބަށްލުއި ވެރިކަން ކޮއްދެނީ އެމްޑީޕީ މީހުން ސަރުކާރުގެ މުސާރަވެސް އެމްޑީޕީން ކުޑަކުރާނެ

  5. އިއްބެ

    ތީ އަނެއް ސަރުކާރުން ތިޔަ އަގަށް ބަދަލުގެނެސް، ތިމަންނާމެންގެ ވެރިކަމުގެ މިތައްވަނަ ދުވަހު ފިޔުލް އަގު ހެޔޮކޮށްފީމޭ ބުނަން އެކަން ކުރުމަށް ޖަހައިލި ބޭސްގަނޑެއް.

  6. 3ނިރު

    މިވެރިކަމުގަ ކިތަންމެ ތިޔޮއަގުބޮޑުކުރިޔަސް ނުވެންބަރުމަހު ހުރިހާއެއްޗެއްވެސް އަގު ކުޑަކުރާނެ މައިތިރިވެގެން ތިބެބަލަ ހިޔޮވެރިކަން އަންނާނީ އިބޫ ހުވާ ކުރުމަށްފަހު