ފޭސްބުކް ޕޯސްޓެއްގައި އެންމެ ގިނަ ރަހުމަތްތެރިން ޓެކްކޮށްގެން ހެލްތް ކެއަރ ރިސްޓް ޕްރެޝަރ މޮނިޓަރ ޑިޖިޓަލް ބްލަޑް ގުލްކޯޒް ވޮޗް ނުވަތަ ލޭގެ ޕްރެޝަރާއި ލޭގައި ހަކުރު އެކުލެވޭ މިންވަރު ދެނެގަނެވޭނެ ސްމާޓް ގަޑިއެއް ހޯދުމުގެ ފުރުސަތު ބިއުޓީ ސީކްރެޓްސް އެމްވީއިން ހުޅުވާލައިފިއެވެ.

މި ސްމާޓް ގަޑީގެ ޒަރީއާއިން ފޯނަށް އަންނަ ކޯލްތަށް ޖަވާބު ދެވި އަދި އެސްއެސްއެސް އެލާޓް ވެސް އަންނާނެއެވެ.

ތިރީގައިވާ ލިންކަށް ވަދެ، ލިންކްގައިވާ ޕޯސްޓަށް ލައިކެއް ދިނުމަށް ފަހު އެ ޕޯސްޓް ޝެއާކޮށް އެއަށް ކޮމެންްޓްގެ ގޮތުގައި އެންމެ ގިނަ ރަހުމަތްތެރިން ޓެގްކުރާ ފަރާތަކަށް ގަޑި ލިބިގެންދާނެއެވެ. ބިއުޓީ ސީކްރެޓްސް އެމްވީގެ މި ޕްރޮމޯޝަން ކުރިއަށްދާނީ 3 އޮކްޓޯބަރު 2018 އިން 15 އޮކްޓޯބަރ 2018 ގެ ނިޔަލަށެވެ.

like, share adhi comments ga emme gina friends tag kuranvaa faraathakah hadhiyaaehge gothuga foto in fenivadaagannavaa...

Posted by Beauty Secrets MV on Tuesday, 2 October 2018

ބިއުޓީ ސީކްރެޓްސް އެމްވީއަކީ ފެންވަރު ރަނގަޅު ޕްރޮޑަކްސްގެ އެންމެ އެކަށޭނެ އަގުގައި ވިއްކަމުން އަންނަ އޮންލައިން ޕޭޖެކެވެ.

ޒީނަތްތެރިވުމަށް ބޭނުންވާ ސާމާނުން ފެށިގެން ގޮސް ލޫޅާފަތި ރީތި ހަށިގަނޑަށް ބޭނުންވާ ސާމާނު ވެސް ބިއުޓީ ސީކްރެޓްސް އެމްވީއިން ލިބެން ހުރެއެވެ. ބިއުޓީ ސީކްރެޓްސް އެމްވީގެ އެންމެ ހާއްސަ ކަމަކީ އެތަނުން ވިއްކާ ހުރިހާ ޕްރޮޑަކްޓަކީ ވެސް އެއްވެސް ސައިޑް އެފެކްޓެއް ނުހުންނަ އަދި ފެންވަރު ރަނގަޅު ޕްރޮޑަކްޓްސްއަށް ވުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އިސްމާއިލް ފަހްމީ

  އަވަހަށް ފަށަން ވީ...

 2. އައްޔަބެ

  އަހަރެންގެ ފޭސްބުކްގަ އެހާގުނަ ރަހުމަތްތެރިންނެއް ނުހުރޭ. ތި ލިބުނަސް ލިބޭނީ އަންހެނަކަށް. އެމީހުންގެ ގިނަވާނީ،. ހެހެހެހެ

 3. ހަހުރަ

  ތިއަށްވުރެ މާރަނގަޅުވީސް އެންމެ ފަހުގެ ސެމްސަންގ ގެލެކްސީ ވޮޗް 46މމ ދިނިއްޔާ!!!

 4. ޙަލީމު

  ޙަޔާތުން ވަގުތު ގިނަވެގެން އުޅޭމީހިންނަށް ރަނގަޅު ފުރުސަތެއް.