"ކަލަރ ޔޯ ވާލްޑް"ގެ ނަމުގައި ނިޕޯން ޕެއިންޓްގެ ވަރަށް ޚާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 31 ގެ ނިއަލަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގައެވެ. މިޕްރޮމޯޝަންގައި ނިޕޯންޕެއިންޓްގެ ކުލަތައް ވަރަށް ހާއްސަ އަގުތަކެއްގައި ލިބެން ހުންނާނެ ކަމަށާއި މިގޮތުން 15 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ވެސް ލިބޭނެ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ.

މިޕްރޮމޯޝަންގައި ނިޕޯން ޕެއިންޓުން 1000 ރުފިޔާ އަށްވުރެ މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ހިލޭ ބައެއް އެސެސަރީސް ލިބިވަޑައިގަންނަވާނެ ކަމަށްވެސް އެސްޓީއޯ އިން ވިދާޅުވިއެވެ. މިގޮތުން ހިލޭ ލިބޭ ތަކެތީގެ ތެރޭގައި ނިޕޯން ރޯލަރ ހެޑްލް، ރޯލަރ ރީފިލް، ޕެއިންޓް ސްކެރެޕަރ، ޕެއިންޓް ޓްރޭ، ޕެއިންޓް ބްރަޝް އަދި މާސްކިންގ ޓޭޕް ހިމެނެ އެވެ. އަދި ނިޕޯން ޕެއިންޓްއިން އިން ކުރައްވާ ކޮންމެ 5000 ރުފިޔާ އަށްވުރެ މަތީގެ ވިޔަފާރިއަކަށް ވަރަށް ޙާއްސަ ހަދިޔާއެއް ވެސް ދިނުމަށް އެސްޓީއޯ އިން ވަނީ ނިންމާފައެވެ.

މީގެއިތުރުން ކުރައްވާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަން އެއް ލިބިވަޑައިގެން، މިޕްރޮމޯޝަން ނިމުމުން ގުރުއަތުން ތިން ނަސީބުވެރިން ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިގޮތުން އެއްވަނައަށް ހޮވޭ ނަސީބުވެރިއަކަށް 35000 ރުފިޔާގެ އަގުހުރި އިލެކްޓްރޯނިކްސް މުދާ ލިބެއެވެ. ދެވަނައަށް ހޮވޭ ފަރާތަކަށް 25000 ރުފިޔާގެ ގެ އަގުހުރި ހޯމްއެޕްލައަންސަސް ލިބޭއިރު ތިންވަނަ ނަސީބުވެރިއަކަށް ގިލި ލަންކަންފުށި ރިސޯޓް ދަތުރެއް ދެ ދުވަހަށް ދެފަރާތަކަށް ދިނުމަށް ވަނީ ނިންމާފައެވެ.

އެސްޓީއޯއަކީ ރާއްޖޭގައި ނިޕޯން ޕެއިންޓްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ.