ބައިނަލް އަގްވާމީ ގޮތުން ފާހަގަކުރާ ޓީޗަރުންގެ ދުވަހަކީ އޮކްޓޯބަރުގެ މަހުގެ ފަސް ވަނަ ދުވަހެވެ. ދުވަހާއި ގުޅުވައިގެން، މާލެ އާއި އަތޮޅު ތެރޭގައި މިދިޔަ ބުދަ ދުވަހުން ފެށިގެންނެވެ. ކޮންމެ އަހަރެއްގައިވެސް މި ދުވަސް އެކި ގޮތްގޮތަށް ފާހަގަކުރެއެވެ. އަދި ހަރަކާތްތައް ދެ ތިން ދުވަހަށް ދެމިގެން ދެއެވެ.

އެގޮތުން މިއަދުވެސް އެތައް ޓީޗަރުންނަށް ހާއްސަ ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދިޔައެވެ. މިއަދު ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ފާހަގަކޮށްލަން ޖެހެނީ، ޓީޗަރުންނަށް ދިން ސަޕްރައިޒެވެ. މި ސަޕްރައިޒް ޓީޗަރުންނަށް ދީފައި ވަނީ، ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ޗޮކްލެޓް ވިއްކަމުން އަންނަ ކުންފުނިކަމުގައިވާ ކައުންޓް ލައިނުންނެވެ.

މީގެ ކުރިން ކައުންޓްލައިން އިން ސްޕޮންސާ ދީގެން ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ ހަމައެކަނި އެއް ސްކޫލެއް ނުވަތަ ދެ ސްކޫލެއްގައެވެ. ނަމަވެސް މިއަދު އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކައުންޓްލައިން އިން ވަނީ މާލެ، ވިލިމާލެ، ހުޅުމާލެ ހިމެނޭގޮތަށް 33 ސްކޫލަކާއި، އައްޑޫގެ 10 ސްކޫލެއްގެ ޓީޗަރުންނަށް، ޓީޗަރުންގެ ދުވަހަށް ހާއްސަ ކޭކެ ފެޅުމެއް ބާއްވާފައެވެ.

އެ ސްކޫލްތަކުގެ ޓީޗަރުންނަށް ސަޕްރައިޒެއް ދިނުމުގެ ގޮތުން ކައުންޓްލައިންގެ ފިހާރަަތަކަށް ހިންގަމުން އަންނަ ތަންތަނުގައި މި ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ، އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ގުރޫޕްތަކަކަށް ބަހާލައިގެން މިއަދު ސްކޫލްތަކަށް ގޮސްގެންނެވެ.

ކައުންޓްލައިން އިން ބުނީ، އެ ހަރަކާތް ކުރިއަށްގެންދިއުމުން ޓީޗަރުންވެސް ތިބީ ފުދޭވަރަކަށް ސަޕްރައިޒްވެފައި ކަމަށެވެ.

"އަޅުގަނޑުމެން މިކޮޅަށް ގެނައި އެއްވެސް ސްޕޮންސާއަކަށް ރިޕްލައި ނުދީތިބެފައި ސަޕްރައިޒެއް ގޮތަށް އަޅުގަނޑުމެން ބޮޑަށް އޭތި ކުރިއަށްގެންދިޔައީ، އެއްވެސް ވަރަކަށް އެނގިއެއް ނުލައްވާނެ ޓީޗަރުންނަކަށް ކައުންޓްލައިންއަކުން އެއްވެސް ކަމެއް ކުރަން އުޅޭކަމަށް، ހަމަ ސަޕްރައިޒެއް ގޮތަށް ކުރިއަށްދިޔައީވެސް". ކައުންޓްލައިންގެ ފަރާތުން މައުލޫމާތު ދިނެވެ.

ކައުންޓްލައިން އިން ބުނީ، އެފަދަ ހަރަކާތެއްް ކުރިއަށް ގެންދަން ނިންމެވީ ޓީޗަރުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. ކައުންޓްލައިންއަކީ އަބަދުވެސް ޓީޗަރުންގެ ދުވަހަށް ހާއްސަކޮށް ކޮންމެވެސް އެއް ސްކޫލަކަށް ނުވަތަ ދެ ސްކޫލަކަށް ސްޕޮންސާ ދެއެވެ.

"ނަމަވެސް އެންމެ ސްކޫލެއްގެ ބަދަލުގައި މާލެ އާއި ވިލިމާލެ އަދި އައްޑޫގެ ހުރިހާ ބޮޑެތި ސްކޫލްތަކެއް ކަވާ ކުރެވޭނެ ގޮތަށް މިފަހަރުގެ ހަރަކާތް ކުރިއަށް ގެންދިޔައީ" ކައުންޓްލައިނުން ބުންޏެވެ.

ކައުންޓްލައިންގެ މި ހަރަކާތުގެ ސަބަބުން ޓީޗަރުންނަށް ވަރަށް ބޮޑަށް އުފާވެރިކަން ލިބިގެން ދިޔަކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޯބި

    އީޒް ދެޓް ޔޫ އިއްސޭ!!!!

  2. ނަހޫ

    ޓީޗާސްޑޭ ފަދަ ދުވަސްތައް ފާހަގަ ނުުރާ މާލޭގެ ސްކޫލަކުންވެސް ތިޔަ ކޭކު އަތުލިކަމަށްވަނީ. އެކަމަކު ޓީޗަރުންނަށް ދިނުމަށް ކުދިން ހަދިޔާ ގެންދިޔައީމަ އަނބުރާ ފޮނުވާލުމަށް ބުނަނީ. އެހެން ހެދީމަ ހެޔޮހިތުން ޓީޗަރަށް ހަދިޔާއެއް ގެންދާ ކުއްޖާ ވާނެ ދެރަ ވިސްނާނުލާ. ކޭކު އޯކޭ

  3. ޓީޗަރު

    ހާދަދެރައޭ! އަހަރުމެންގެ އަގުވަޒަންކޮށްލާނެ މީހަކުވެސް ނުވި.