މޫނުގައި ބިހި ނެގުމަކީ ވަރަށް ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. މޫނު ރީތިކޮށް ބަހައްޓަން ކޮންމެ މީހަކުވެސް ބޭނުންވާއިރު، ކަމުގެ މާހިރުން އަދި ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އެކަމަށް އެންމެ ރަނގަޅީ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް ބޭނުންކޮށްގެން މޫނު ސާފުކޮށް ބެހެއްޓުމެވެ.

ދާދިފަހުން ރާއްޖެއަށް ތަޢާރަފްކުރި ޖެނެޓް ބްރޭންޑުގެ މި "ފޭސް ވޮޝް"އަކީ މޫނުގައި ނަގާ ބިހިން ރައްކާތެރިވުމަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މޮޅު އުފެއްދުމެކެވެ.

ހަމައެކަނި ފަތްޕިލާވެލި ބޭނުންކޮށްގެން އުފައްދާފައިވާ މި ފޭސް ވޮޝްގެ އެންމެ ޚާއްސަ އެއް ކަމަކީ، އާދަކޮށް މި ފޭސް ވޮޝް ބޭނުންކޮށްގެން މޫނު ދޮންނާން ފަށާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މޫނުގެ ހަންގަނޑު އޮމާންވެ، ހަންގަނޑުގެ ތާޒާކަން އިތުރުވާން ފެށުމެވެ. އެއާއި އެކު މޫނުގައި ބިހި ނެގުމަށް މަގުފަހިކުރާ ބައިތަކުން ހަންގަނޑު ސަލާމަތްކޮށްދީ މޫނުމަތި ރީތިވެގެން ދެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ މި ބްރޭންޑުގެ ފޭސް ވޮޝް، ފޭސްބުކް ޕޭޖް "ލިބޭ" އިން ލިބެން ހުރިއިރު، އެފަރާތުން މި ފޭސް ވޮޝްގެ 150 އެމްއެލްގެ ފުޅިއެއް ވިއްކާ އަގަކީ 100 ރުފިޔާއެވެ. އަދި މި ޕްރޮޑަކްޓް ބައްލަވައި ގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ.

ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކަކީ، ގުދުރަތީ މާއްދާތައް ހިމަނައިގެން 1961 ވަނަ އަހަރުން ފެށިގެން "ބިއުޓީ" އަދި "ޕާސަނަލް ކެއަރ"ގެ އުފެއްދުންތައް އުފައްދަމުން އަންނަ ތަޖުރިބާކާރު އަދި ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުންފުންޏެއްގެ އުފެއްދުންތަކެކެވެ.

މި ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ "ސްކިން ކެއަރ" އަދި "ހެއަރ ކެއަރ"ގެ އުފެއްދުންތައްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހަމަ އެކަނި ހަންގަނޑާއި އިސްތަށިގަނޑަށް ޚާއްސަކޮށްގެން އެ ކުންފުނިން މިހާތަނަށް ވަނީ، 50 އަށްވުރެ ގިނަ ޕްރޮޑަކްޓް އުފައްދާފައެވެ.

ޖެނެޓް ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އާއި މުޅި ދުނިޔޭގައިވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުންދާއިރު، މިހާތަނަށް އެ ބްރޭންޑުން ވަނީ ދުނިޔޭގެ ފެންވަރުގެ ދެ އެވޯޑެއްވެސް ހާސިލްކޮށްފައެވެ.