ދިވެހިންގެ މެދުގައި އެންމެ މަގުބޫލް ސްޕާރި ކަމަށްވާ ރަސިލީ ސްޕާރީގެ އަގު އަނެއްކާވެސް އުފުލިއްޖެއެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި އިއްޔެއިން ފެށިގެން ރަސިލީ ސްޕާރީ ހޯލްސޭލްކޮށް ލިބޭ އަގު ވަނީ ވަރަށް ބޮޑަށް މަތި ވެފައެވެ. މިހާރު ބާޒާރުން ރަސިލީ ސްޕާރީ ކޭހެއް ލިބެންހުރީ 2300 ރުފިޔާއަށެވެ.

މިއީ މިއަހަރު ރަސިލީ ސްޕާރީގެ އަގު ބޮޑުވި ދެވަނަ ފަަހަރެވެ. މިއަހަރު އަގު ބޮޑުވުމުގެ ކުރިން ރަސިލީ ސްޕާރި ކޭހެއް ހުރީ 1050 ރުފިޔާ އަށެވެ. އަގު ބޮޑުވުމުން ރަސިލީ ސްޕާރީ ކޭހެއް ލިބެނީ 1500 އަށެވެ. އަނެއްކާ ވެސް އަގު އިތުރަށް އުފުލުމުން މިހާރު ރަސިލީ ސްޕާރީ ޕެކެޓެއް ވަކިން ގަންނަން ލިބޭ ވަރު ދެރުފިޔާ އަށް ވުރެ ވެސް މަތި ވުމުގެ ފުރުސަތު އެބައޮތެވެ.

ޕާކިސްތާންގެ އުފެއްދުމެއް ކަމަށްވާ ރަސިލީ ސްޕާރީގެ އަގު އުފުލެމުން ދަނީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ. ރަސިލީ ސްޕާރީގެ އަގު އުފުލެމުން ދާއިރު ޕާކިސްތާންގެ ސިއްހަތާއި ބެހޭ އޮފިޝަލުންގެ އެދުމުގެ މަތިން ސްޕާރީ އުފެއްދުމުގެ ޤަވައިދުތައް މިއަހަރު ވަނީ ހަރުކަށި ކުރަން ފަށާފައެވެ. އެއީ ސްޕާރީގެ ސަބަބުން ސިއްހަތައް ލިބޭ ގެއްލުންތައް އިތުރުވަމުންދާތީއެވެ. އެހެންކަމުން ބެލެވެނީ ސްޕާރީގެ އަގު އުފުލެމުން ދަނީ ޑިމާންޑާއި އެއްވަރަށް މިހާރު ސްޕާރީ ސަޕްލައި ނުކުރެވޭތީއެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ހުމުދު

  ތި ކޮންމެހެން ކާންޖެހޭ އެއްޗެއްނޫން ކާމީހުން މަދުވީމަ އަގު ހެޔޮވާނެ .....

  • ސައިނީ

   ރަސްލީ އަގުބޮޑުވެލާއިރަށް އެހެން ސުޕާރީތައް އަގުބޮޑުކުރާތީ މައްސަލައަކީ

 2. ރިއަލިޓީ

  މަމެން ތިޔަ ނުކާނަމޭ ދެން.. ނުވެސް ގަންނާނަން. ކިއްލިއެއް ފޯއްޕެކެޓެއް މާހިތަށް ފަސޭހަ ކާލަން މޭޑިނގ މޯލްޑިވްސް.. ރެށް ބުލްއަށް ޖެހުނު ދަތުރު ޖެހޭނެ ލަހެއް ނުވެ

 3. ރަސިލީއަށްސަލާބް

  ދުނިޔޭގެ ބާޒާރުގަ ފޯއް އަގު ބޮޑުވީތޯ؟ ނޫނީ ސާފު ނުކުރާ ބޮނބިގަނޑާއެކު ހުންނަ ފެންފޯއް އަގުބޮޑުވީމަތޯ ރަސިލީއަށް އެކަނި މި ބަދަލު މިއައީ؟ ފޯއް ކިލޯއަކުން ދުނިޔޭގެ ބާޒާރުގަ ބޮޑުވި ވަރު ބަލާފަ ހަބަރުގަ ޖައްސަވާލެއްވުން އެދެން.. ސާފުކުރި ފޯއް ކިލޯއެއްގެ އަގާ ސާފު ނުކުރާ ފޯއް ކިލޯއެއްގެ އަގަށް އައި ބަދަލުވެސް..

  • ހަސަން

   ބަލަގަ ހަބަރުގަ އެއޮތީނުންތަ ރަސްލީ އުފައްދަ ޕާކިސްތާނުގެ ހެލްތް ސުޕާރި އުފައްދާ ރޫލްސް ސްޓްރިކްޓް ކުރީއޭ .. ޢެހެންވެ ޑިމާންޑާ އެއްވަރަށް ނު އުފެއްފެނީ އޭ .. ހެޑްލައިން ކިއާފަ ހަމަ އިންދެފަ އެބަ ކޮމެންޓެއް ކޮއްލާ .. ގަގަމާރީވެ ތަންކޮޅެއް ނޫން

 4. ސުޕާރީ

  ދެން ނުކައި ތިބެންވީނުން

 5. ނަސީރާ

  ނުކޭމަ ނިމުނީނު. ކޮން ކަމެއްތަ ދެންމި.

 6. ހުސޭނުބެ

  ރާއްޖެ އެތެރެކުރުން ހުއްޓުވަންޖެހޭ އެއްޗެއް މިއީ އިންޑިޔާއިން!! އަހަރެމެންގެ ތެރޭ ޅަކުދިންނާ ފުރާވަރުގެ ކުދިން ބަނޑު ކޭމެއްހެން ކައި އެބަހަދާ މިސްޕާރީތައް!! މިއީ ސިއްޙަތަށް ފައިދާހުރި އެއްޗެއްނޫން!! ހެލްތް ޕްެރޮޓެކްޝަން އެޖެންސީން މިކަން ހުއްޓުވަން ކަމާބެހޭ ފަރާތްތަކުގައި އެދެން އެބަޖެހޭ!!

  • ބްރޯ

   ބުރޯ ތީ އިންޑިޔާ އެއްޗެއް ނޫން. ޕާކިސްތާން އުފެއްދުމެއް . ހަ ހަ ހަ ހަ

  • އިއްމަ

   ކޮހާ ތީ އިންޑިއާ އިން އުފައްދާ އެއްޗެއް ނޫނޭ ތި މޮޔަވަނޫ. މޭޑް އިން ޕާކް ޖަހައިފަ އިންތަން ވެސް ބަލާލާ

 7. ރަސްލީ ހުސްކުރި ހަފީ

  ކަލޯގަޔާ.. ނެތެއްނު މިކަމެށް ވާކަށް މިވަރުން..

 8. ާަްއަހަރެން

  ކަޑަ ދާ؟ ??

 9. ރަޝީދު މޫސާ

  މީމިހާރުންމިހާރަށް ރާއްޖެއަށް އެތެރެކުރުން މަނާކުރަންޖެހޭ އެއްޗެއް، މީގެ ސަބަބުން އަގައިގެ ސިއްހަތު ދައްވެ ކެންސަރަށް މަގުފަހިކޮށްދޭ

 10. ޭރަސިލީ ސްޕާރީ

  ހުރި ހިތާމަ އެެެެެއްގެ ބޮޑު ކަމާ އެވެ.

 11. ޔާސިންޓޭ

  މިސްޕާރީ ހުއްޓުވަން މިސަރުކާރުގެ ހެލްތު މިނިސްޓަރ ނުކުޅެދިފައި މިނިސްޓަރަށް

  ހީވަނީ މިހުއްޓުވައިފިއްޔާ ޔާމީންއަށް ވޯޓުދޭންތިބި ޒުވާނުން ރުޅިއަންނާނެހެން އެހެންވެ

  ދުންފަތުގެ ގަވައިދުވެސް 2019 އަށް ލަސްކޮށްލީ

 12. އާސިމާ

  ސްޕާރީގެ ބަދަލުގައި އެހެން އެއްޗެއް އިޚުތިޔާރުކުރީމާ އެނިމުނީ. ސްޕާރީއަކީ ކޮންމެހެން ކާންޖެހޭ އެއްޗެއްނޫން. އެ ނުކައިވެސް ހަމަޖެހޭނެ. އެހެން ނޫނަސް ސިއްޚަތަށް ގެއްލުން ލިބޭއެއްޗަކަށްވާތީ ޕާކިސްތާނުންވެސް ހަރުކަށިފިޔަވަޅު އެއަޅަނީ.

 13. ރަސިލީ

  ދެރަ

 14. ހަސަން

  ހަމަ ހެއޮކޮއް ތި ހަދަނީ 3ރ އައް ޕެކެޓެއް ވިއްކިޔަސް ހަމަ ރަނގަޅު .. ޢަނެއްކަ ވެސް ސިގިރޭޓް ވެސް ބޮޑު ކުރަންވީ .. ހާދަ ރުޅިއެއް އަރައޭ ..ތި ސުޕާރި އެއް ދެކެ

 15. ހުސެން

  ދިވެހި ހެލްތައް .. މިކަހަލަ ކޫސަނި އެއްޗެހި ރާއްޖެ އެތެރެ ކިރުން މަނާ ނުކުރެވިގެން މި އުޅެނީ ކީއްވެބާ ..