ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ގޭތެރެއަށް ބޭނުންވާ އެކި ސާމާނުތައް ވިއްކުމުގައި 25 އަހަރަށްވުރެ ގިނަ އަހަރުވީ ރެއިންބޯ އެންޓަޕްރައިޒެސް އަށް މިއަދު 28 އަހަރު ފުރިއްޖެއެެވެ.

މިއަދު އެ ކުންފުންޏަށް 28 އަހަރު ފުރުމާއި ގުޅިގެން ހާއްސަ ސޭލްއެއް މި ވަނީ ފަށާފައެވެ. ރެއިންބޯ ބިލްޑް ވެއާ، ރެއިންބޯ ޝޮޕް، ރެއިންބޯ ތިނަދޫ، ރެއިންބޯ އޮފީސް ސިސްޓަމްގައި ކުރިއަށްގެންދާ މި ސޭލްގައި ބޮޑެތި ޑިސްކައުންޓްތައް ލިބިގެންދާއިރު، މިއީ އެތައް ބަޔަކަށް އުފާވެރި ހަބަރަކަށް ވެގެންދާނެއެވެ.

އެނިވާސަރީ ސޭލްގެ ނަމުގައި ފަށާފައިވާ މި ސޭލް މިއަދުން ފެށިގެން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ސޭލްގެ ތެރެއިން އެ ފިހާރަތަކުން ވިއްކާ ގާތްގަނޑަކަށް ހުރިހާ ސާމާނަކުން 50 ޕަސެންޓްގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.

1990 ވަނަ އަހަރު ވުޖޫދަށް އައި އެ ކުންފުނީގެ އެތައް ފިހާރައެއް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ދަނީ ހިންގަމުންނެވެ.