ދިވެހި ރާއްޖޭގައި އެލުމީނިއަމް އާއި ބިއްލޫރީގެ މަސައްކަތުގައި އެންމެ ފުންނާބު އުސް އެއް ކުންފުނި ކަމުގައިވާ ފްރަގްރަންޓިއަރ އެލުމީނިއަމުން ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކަށް ހާއްސަކޮށްގެން ވަރަށް ރަނގަޅު އަގުތަކެއްގައި އެލުމީނިއަމްގެ މަސައްކަތް ކޮށްދޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ފްރަގްރަންޓިއަރ އެލުމީނިއަމުން ދަނީ މިވަގުތު މާލޭގައި ފުޅާ ދާއިރާއެއްގައި އެލުމީނިއަމްގެ މަސައްކަތް ކުރަމުންނެވެ.

އެލުމީނިއަމްގެ އިތުރުން ބިއްލޫރީގެ ހުރިހާ މަސައްކަތެއްވެސް ފްރަގްރަންޓިއަރ އެލުމީނިއަމް އިން ދަނީ ކުރަމުންނެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ އަތޮޅު ތަކުގެ ރަށްތަކުގައި ތިއްބަވާ ބޭފުޅުންނަށް ރަށުގައި ތިއްބަވައިގެން ދޮރާއި ދޮރުފަތް ޖެހޭނޭ ގޮތްތަކެއް ހަމަ ޖެއްސުން. އެނގިވަޑައިގަންނަވާނޭ ފަދައިން އަތޮޅުތަކުގައި ވެސް އުމްރާނީ ތަރައްޤީދަނީ ކުރިއަރަމުން. އަގުތައް ހޯދެއްވުމަށް އަޅުގަނޑުމެންނަށް އީމެއިލެއް ކޮށްލިޔަސް ނުނީ ކުރެހުން ވައިބަރ ކޮށްލެވިޔަސް ކޯޓޭޝަން ފޮނުވައި ދެއްވޭނެ" ފްރަގްރަންޓިއަރގެ މެނޭޖިންގް ޕާޓްނާ "ވަގުތަށް" ވިދާޅުވިއެވެ.

ފްރަގްރަންޓިއަރގެ ހޮޓްލައިން ނަންބަރަކީ 7776306 އަދި އީމެއިލް އެޑްރެސްއަކީ [email protected] އެވެ.

ފްރަގްރަންޓިއަރ އެލުމީނިއަމްއިން އެލުމީނިއަމް މަސައްކަތުގެ އިތުރަށް ފުޅާދާއިރާއެއްގައި ދަނީ ޓެމްޕާޑް ބިއްލޫރީގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ޓެމްޕާޑް ދޮރާއި ދޮރުސެޓް ބޭރުން ގެނެސްދިނުމުގެ އިތުރުން ކްލޭޑިންގް ފަދަ ތަކެތިވެސް ބޭރުން ގެނެސް ދެއެވެ. ފްރަގްރަންޓިއަގ ވާރކްޝޮޕް ހުންނަނީ ގ.ހިޔާދޮށުގެ، ލިލީމަގުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައީދު

    ރާއްޖެތެރެއައްގެންދިޔައީމަ ހަރުކޮއްދިނުންކިހިނެއްބާ

  2. ރިޒާ

    ޢަތޮޅު ތެރޭ މީހުން ކާންބޯން ކުރާ މަސައްކަތް ނުޖެހޭ މާލެ މިހުން ލައްވަަ ކުރާކަށް.ވ ސަލާން