ކެތޭ ޕެސިފިކްގައި މާލެ އިން ފިލިޕީންސްއަށް ދާ ފަރާތްތަަކަށް ހާއްސަ ފެއާ އަގެެއް ހަމަޖައްސައިފިއެވެ.

އެ އެއާލައިން އިން ބުނީ، މިއަދުން ފެށިގެން ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި ފިލިޕީންސްގެ މަނިއްލާ ޗީބޫ އަދި ކްލާކްއަށް ދަތުރުުރަން ބޭނުންވާ އިކޮނޮމިކް ކްލާހުގެ ފަސެންޖަރުންނަށާއި، ބިޒްނަސް ކްލާހުގެ ފަސެންޖަރުންނަށް ހާއްސަ އަގެއް ހަމަޖައްސާފައިވާކަމަށެވެ.

އެގޮތުން، މި ފެއާގައި އިކޮނޮމިކް ކްލާހުގައި ދަތުރު ކުރަން ބޭނުންވާ ފަސެންޖަރުންނަށް 519 ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭނެއެވެ. އަދި ބިޒްނަސް ކްލާހުގައި ދަތުރު ކުރަން ބޭނުންވާ ފަސެންޖަރުންނަށް 1075 ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭނެއެވެ.

އަދި ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި މި ޓިކެޓް ނަގަން ޖެހޭނެ ކަމަށާއި، އަދި އަންނަ އަހަރުގެ މާރިޗް މަހުގެ 31 ގެ ކުރިން މި އަގުގައި ދަތުރުކޮށްލުމުގެ ފުރުސަތު ލިބޭނެކަމަށްވެސް އެ އެއާލައިން އިން ބުންޏެވެ.

ކެތޭ ޕެސިފިކް އިން އޭޝިޔާ، އެމެރިކާ، ޔޫރަޕް، އަދި އެފްރިކާގެ 200 މަންޒިލަކަށް ދަތުރުކުރާއިރު، އެ އެއާލައިންއިން ރާއްޖެއަށް އޮޕަރޭޓް ކުރަމުން އަންނަތާ މިހާރު ފަސް އަހަރު ވެދާނެއެއެވެ.