ޝެއާ އަ ކޯކް ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް

ދިވެހިންނަކީ ޒަމާނުއްސުރެ ފުޓްބޯޅައަށް ހާއްސަ ލޯތްބެއް ޖެހިފައިވާ ބައެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ކުޅިވަރެއްގެ ގޮތުގައި ފުޓްބޯޅަ ކަނޑައެޅިފައި އޮންނަނީވެސް ސަބަބެއް ނެތިއެއް ނޫނެވެ. ދިވެހިން އެއްބައިކުރުވާ ކުޅިވަރެއްގެ ގޮތުގައި ފުޓްބޯޅަ ފާހަގަވެފައި އޮންނައިރު ފުޓްބޯޅަ މެޗެއް ކުރިއަށްދާ ވަގުތު އެ މެޗަށް އިތުރު ފުރުހަމަކަމެއް ގެނެސްދޭ ބުއިމަކީ ކޯކެވެ. ކޯކުގެ ތާޒާ ރަހައާއި ކޯކުން ހަށިގަނޑަށް އެލިއްބައިދޭ ހިތްހަމަ ޖެހުމަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ތިބާގެ ހިއްސުތަށް ހޭލައްވާލާދޭ ކަމެއް ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކޮކާކޯލާއަކީ މުޅި ދުނިޔޭގައިވެސް ފުޓްބޯޅަ ކުރިއެރުވުމަށް ނުވަތަ ފުޓްބޯޅައާއި ގުޅުން ހުރި ކަންކަމުގައި ހާއްސަ ގާތް ކަމެއް ބަހައްޓަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން މުޅި ދުނިޔޭގައިވެސް އެ ކުންފުނިން ފާހަގަކުރަމުން އަންނަ "ޝެއަރ އަ ކޯކް" ކެމްޕޭން މިއަދު ރާއްޖޭގައިވެސް މިވަނީ ފެށިފައެެވެ.

ޝެއާ އަ ކޯކް ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް

އާރޓް ގެލަރީގައި މިއަދު މެންދުރު ބޭއްވި ފޯރިގަދަ ހަފްލާއެއްގައި އެ ކެމްޕޭން ލޯންޗު ކޮށްދެއްވީ ސާފް ޗެމްޕިއަންޝިޕްގެ ތަށި ދެވަނަ ފަހަރަށް ރާއްޖެއަށް ކާމިޔާބުކޮށްދިން ޓީމްގެ ކުޅަދާނަ ކެމްޓަން އަކްރަމް އަބްދުލް ޢަނީ އެވެ. "ޝެއާ އަ ކޯކް" ކެމްޕޭން ރާއްޖޭގައި ފެށުމުގެ ރަސްމިއްޔާތުގައި ކޮކާކޯލާއިން ވަނީ ރާއްޖޭގެ ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ހާއްސަ ލޭބަލްއެއް އެކުލެވޭ ކޯކްފުޅި ދިނުމަށް ނިންމައިފައެވެ. އަދި ރަސްމިއްޔާތުގައި ވަނީ ގައުމީ ކެމްޓަން އަކްރަމް އަށް "ޗެމްޕިއަން"ގެ ޓެގް ޖަހާފައިވާ ކޯކްފުޅިއެއް ހަދިޔާކޮށްފައެެވެ.

"ޝެއަރ އަ ކޯކް" ކެމްޕޭންގެ ދަށުން 16 ވައްތަރެއްގެ ލޭބަލް ހިމެނޭ ކޯކްފުޅި ތައާރަފްކުރަން ނިންމާފައިވާއިރު އޭގެ ތެރޭގައި މައިންބަފައިންނާއި، ލޯބިވެރިންނާއި ، އެންމެގާތް އެކުވެރިޔާ ހިމެނޭ ގޮތުން އެކި މީހުންނަށް ހާއްސަ ލޭބަލް ހިމެނޭ ކޯކް ފުޅި ހިމެނެއެވެ.

ޝެއާ އަ ކޯކް ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް

"ޝެއަރ އަ ކޯކް" ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ކޮކާކޯލާގެ ސައުތް ވެސްޓް  އޭޝިއާގެ ރީޖަން މާކެޓިން މެނޭޖަރ އަމާނަތު ޑުއްޓާ ވިދާޅުވީ "ޝެއަރ އަ ކޯކް" ކެމްޕޭންއަށް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ލޯބި ލިބިފައިވާ ކަމަށެވެ. އަދި އެ ކެމްޕޭންގެ އަމާޒަކީ އާއިލީ ގުޅުން ބަދަހި ކުރުމާއި އެކަކު އަނެކަކަށް އިހްތިރާމްކޮށް އަޅާލާކަން ދައްކުވައިދިނުން ކަމަށެވެ. އަދި ކޮންމެ މީހަކީވެސް މުޖުތަމައުގައި މުހިންމު މީހެއްކަން އަންގައި ދިނުމަކީ އެ ކެމްޕޭންގެ އަމާޒެއް ކަމަށް އަމާނަތު ވިދާޅުވިއެވެ.

"ޝެއަރ އަ ކޯކް ކެމްޕޭންއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުހީބެއް ލިބިފައިވޭ. މި ކެމްޕޭންގެ އަމާޒަކީ އާއިލާއާއި ރަށްޓެހިންނާއި އަދި މުޖުތަމައުގެ ފަރުދުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށްދިނުން" އަމާނަތު ވިދާޅުވިއެވެ.

ޝެއާ އަ ކޯކް ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް

ކޮކާކޯލާގެ ކެމްޕޭން އާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މާލޭ އެރޭޓެޑް ވޯޓާރ ކޮމްޕެނީ ( އެމްއޭޑްބްލިޔުސީ) ގެ މެނޭޖިންގް ޑައިރެކްޓަރ ސަންޖޭ މަނިކު ވިދާޅުވީ ކޮކާކޯލާއަކީ އަބަދުވެސް ތަފާތުކަންކަން ކުރާ ކުންފުންޏެއް ކަމަށާއި " ޝެއަރ އަ ކޯކް" ކެމްޕޭންގެ ދަށުން ތައާރަފްކުރާ ކޯކްފުޅިތަކުގައި ހިމެނޭ ލޭބަލްގައި އާއިލާތަކަށާއި ލޯބިވެރިޔާއަށާއި އަދި އެނޫންވެސް ފަރާތްތަކަށް ހާއްސަ ލިޔުންކޮޅެއް އެކުލެވިގެންވާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި އޮންނަ ގުޅުން  ވަރުގަދަވެގެންދާނެ ކަމުގައިވެސް ސަންޖޭ ވިދާޅުވިއެވެ.

ރާއްޖޭގައި "ޝެއަރ އަ ކޯކް" ކެމްޕޭން މިއަދު ފަށާފައިވާއިރު މި ކެމްޕޭން ފުރަތަމަ ފަށާފައިވަނީ 2011 ވަނަ އަހަރު އޮސްޓްރޭލިއާގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިންތިހާއަށް ހަށިގަނޑަށް ގެއްލުން ލިބޭ އެއްޗެއްގެ ވާހަކަ ތިދައްކަނީ ޝުގަރ ލެވެލް ވަރަށްމަތި ވާނެ.

  2. ޑިމޮކްރަޓިސްޓް

    ތީ ބޯން މީހުނަށް ޕްރެކްޓިސް ކޮށްދޭނެކަމެއްނެތް. ތީ ހުސް ހަކުރު އަދި ވައިފުޅިއެއް. ތީ ބޮޑު ނުރައްކަލެއް.