އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯންތަކަށް ޕްރި އޯޑަރު ކުރަން ދިރާގުން ހުޅުވާލައިފިއެވެ.

ދިރާގުން މި ފުރުސަތު ހުޅުވާލީ ރޭގައެވެ. ދިރާގުން ބުނީ، ވަގުތުން ފައިސާ ދައްކައިގެން ފޯން ނަގަން ބޭނުންވާ ފަރާތްތަކަށާއި، އިންސްޓޯލްމެންޓަށް ފައިސާ ދައްކައިގެން ފޯން ނަގަން ބޭނުންވާ ފަރާތްތަކަށް މިހާރުން ފެށިގެން ޕްރި އޯޑަރު ކުރަމުން ދިއުމަށެވެ.

މި ފަހަރު އެޕަލް އިން ނެރުނު އައިފޯން އެކްސް އެސް އަދި އެކްސް އެސް މެކްސްއަށް އޯޑަރު ކުރުމަށް ދިރާގުން ހުޅުވާލާފައިވާއިރު، އިންސްޓޯލްމެންޓަށް ފޯނު ނެގޭނީ ދިރާގުން ޕޯސްޓް ޕެއިޑް ޕެކޭޖްތައް ގެންގުޅޭ ކަސްޓަމަރުންނަށެެވެ. އަދި ދިރާގުން ފޯން ނަގާ ފަރާތްތަކަށް ފަސް ޖީބީގެ ޑާޓަ ހަ މަސް ވަންދެންެވެސް ލިބޭނެއެވެ.

އެޕަލް އިން މިފަހަރު ނެރެފައި ވަނީ ކުރީގެ އައިފޯންތަކަށްވުރެ މާ ވަރުގަދަ ފޯންތަކެކެވެ. އެގޮތުން މިފަހަރު ނެރުނު ފޯންތައް ކުރީގެ އައިފޯނުތަކަށްވުރެ ދެގުނަ ސްޕީޑު އަވަސްވާނެއެވެ. އަދި ފޯނުތަކުގައި ހިމަނާފައިވާ ފޭޝަލް ރިކޮގްނިޝަން ފީޗާ އާއި އެކު މިފޯނު ވެގެން ދާނީ މިފަދަ އެންމެ ފުރިހަމަ ފީޗާ ހިމަނާފައިވާ ސްމާޓް ފޯނަށެވެ. "ޓްރޫ ޑެޕްތު" ކެމެރާ އާއި އެކު އައިފޯންގެ ސަލާމަތީ ފިޔަވަޅު ވަނީ ވަރުގަދަ ކުރެވިފައެވެ.

އާ ފޯނުގައި ޕޯޓްރެއިޓް ފޮޓޯ އާދަޔާ ޚިލާފަށް ރީތިވާނެ ކަމަށް އެޕަލް އިން ބުނެއެވެ. ފޮޓޯ ނެގުމަށް ފަހު ވެސް ޑެޕްތު އޮފް ފީލްޑަށް ބަދަލު ގެނެވޭނެ އެވެ. މިއީ އައިފޯނުގައި ނޫނީ މި ފެންވަރަށް ކުރެވޭނެ ކަމެއް ނޫން ކަމެއް ނޫނެވެ. ނަމަވެސް މިއީ އެހެން ބައެއް ފޯނުތަކުގައި ކުރިން ތައާރަފްކޮށްފައިވާ ފީޗާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    ފަހުގެ އައިފޯނުތަކުގައި މައްސަލަތައް އުޅޭކަމަށް އެޕަލުން ވަނީ އެއްބަސް ވެފަ.

    • އެޕަލް ބިގް ފޭން

      މިހާރު ރަނގަޅު ކޮށްފި