ކްރިޕްޓޯ ކަރަންސީ ނުވަތަ އެފަދަ ވާޗުއަލް ކަރަންސީތައް ރާއްޖޭގައި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކްރިޕްޓޯ ކަރަންސީ ނުވަތަ މިފަދަ ވަރޗުއަލް ކަރަންސީތަައް ގަނެވިއްކުމުގެ ވިޔަފާރިކުރާކަން ބަޔާންކޮށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް އިޝްތިހާރު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގައި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް މަނީ ރެމިޓަންސް ވިޔަފާރި އާއި މަނީ އެކްސްޗޭންޖްގެ ވިޔަފާރި ރެގިއުލޭޓްކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981 ގެ ދަށުން އެމްއެމްއޭ އިން ކަމަށްވާއިރު އެ އިދާރާ އިން ބުނީ އެއްވެސް ފަރާތަކަށް މި ވިޔަފާރިތައް ކުރުމުގައި ކްރިޕްޓޯ ކަރަންސީ ނުވަތަ މިފަދަ ވަރޗުއަލް ކަރަންސީ ބޭނުންކުރުމުގެ ހުއްދަދީފައި ނުވާނެ ކަމަށެވެ.
އަދި ރާއްޖޭގައި ލީގަލް ޓެންޑަރ ކަމުގައިވާ ރުފިޔާ ނޫޓާއި ލާރީގެ ފައިސާ ފޮތި، އެމްއެމްއޭ ފިޔަވައި އެހެން ފަރާތަކުން ނެރުމަކީ ނުވަތަ ރުފިޔާ ނޫޓާއި ލާރީގެ ފައިސާފޮތި ކަމުގައި ހިމެނިދާނެ ނޫޓު ނުވަތަ ފައިސާފޮތި ނުވަތަ ފައިސާގެ އަގު ހިމެނިދާފަދަ ލިޔުމެއް ނުވަތަ ނިޝާނެއް ވިޔަސް ނެރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެމްއޭ އިން ވަނީ ލީގަލް ޓެންޑަރ ކަމުގައިވާ ރުފިޔާ ނޫޓާއި ލާރީގެ ފައިސާ ފޮތި ކަމަށް ދޭހަވާފަދަ އެއްވެސް ބާވަތެއްގެ އެއްޗެއް ނުނެރުމަށާއި އެފަދަ އެއްޗެއް މެދުވެރިކޮށް ވިޔަފާރި ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ތި ލިޔުމުގެ ދިވެހި ތަރުޖަމާއެއް ޖަހާލަބަލަ. ހުރިހާއެންމެންނަކީ އިގިރޭސި އެގޭބައެއްނޫން.
ވައުޗަރ ވެސް ބޭނުންކުރުން މަނާތޯ؟
މަނަލަސް .. ކިހިނެއްތޯ ހުއްޓުވާނީ.. ލޮލައް ނުފެންނަ އެއްޗެއް ކިހިނެއް ހޯދާނީ.. ކިހިނެއް ދެން ހަދާނީ؟ ޙެހެހެ