ދިވެހިރާއްޖޭގައި އުފައްދާ ތަކެތި އުފެއްދުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބިދެވި، އެއުފެއްދުމެއް އުފެއްދުމަށް އަމަލީގޮތުން ކުރަންޖެހޭ މަސައްކަތްތައް މަދުކުރެވޭނެފަދަ ޓެކްނޮލޮޖީ އެއް އުފެއްދުމަށް ފުރުސަތު ލިބޭގޮތައް ކޮރެއާގެ އިންވެންޝަން ޕޮރޮމޯޝަން އެސޯސިއޭޝަން އާއި ކޮރެއާގެ އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހާއި ގުޅިގެން ކުރިއަށްގެންދާ "2020 އައި.ޕީ ޝެއާރިން ޕްރޮޖެކްޓް" ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިފައި ވާތީ އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިކޮނަމިކް މިނިސްޓްރީ އިން ވިދާޅުވީ މި ޕްރޮޖެކްޓްގެ މަޤްސަދަކީ ޤައުމުތަކަށް އެވަގުތަކު ބޭނުންޖެހިފައިވާ ޓެކްނޮލޮޖީއެއް ތަރައްޤީ ކޮށްދިނުމެވެ. މިގޮތުން ތަރައްޤީކުރެވޭ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އުފައްދާ އުފެއްދުންތަކުގެ ބްރޭންޑް ސްޓްރެޓެޖީ ހެދުމަށާއި، މާކެޓް ކުރުމުގެ މަސައްކަތް މިޕްރޮޖެކްޓްގެ ތެރެއިން ކޮށްދެއެވެ.
މިގޮތުން އާ ޓެކްނޮލޮޖީއެއް ޑިވެލޮޕް ކުރުމުގައި ބަލާނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހުށަހަޅާ ޓެކްނޮލޮޖީގެ ސަބަބުން ބޮޑު އިންވެސްޓްމެންޓެއް ނުކޮށް ފަރުޖެއްސޭގޮތްވުމާއި، ހަކަތަ ބޭނުންކުރާވަރު މަދުކުރެވޭނެ ފަދަ ޓެކްނޮލޮޖީއެއް ބިނާކުރުމާއި ދިވެހިރާއްޖޭގައި ލިބެންހުރި ތަކެތި ބޭނުން ކޮށްގެން އުފެއްދޭނެ ބާވަތެއް ނުވަތަ އެއްޗެއް ކަމުގައިވުމާއި ހުށަހެޅޭ ޓެކްނޮލޮޖީގެ ޒަރީއާއިން، މަދު ބަޔަކު ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކޮށްދޭ، އަދި އުފެއްދޭ ތަކެއްޗަށް މިހާރަށްވުރެ އިތުރު ފުރިހަމަކަމެއް ހޯދޭނެ ގޮތްވުމާއި މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ތަކެއްޗަކީ އެކަށީގެންވާ އަގެއްގައި ވިއްކޭނެފަދަ އުފެއްދުމެއް ކަމުގައިވުމާއި ޓެކްނޮލޮޖީ ތަރައްޤީ ކުރުމުގައި ޤައުމުގައި އެއުފެއްދުން އުފެއްދުމުގެ ޤާބިލްކަންހުރި މިންވަރަށް ބެލުން ހިމެނެއެވެ.
ވީމާ، މިޕްރޮޖެކްޓްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް (އެން.ޖީ.އޯ، ކޯޕަރޭޓިވް ސޮސައިޓީ، ޖަމިއްޔާ، ވިޔަފާރިތައް އަދި އަމިއްލަ ފަރުދުން) މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލާ ކަމަށް އިކޮނަމިކް މިނިސްޓްރީ އިން ވިދާޅުވިއެވެ.
އެހެންކަމުން މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަން ޝައުޤުވެރިވާ ފަރާތްތަކުން މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ފޯމު ފުރުއްވުމަށްފަހު، 2018 ނޮވެމްބަރ 08 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އިކޮނަމިކް މިނިސްޓްރީއަށް ނުވަތަ މިމިނިސްޓްރީގެ ބިޒްނަސް ސެންޓަރުތަކަށް ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުމަށް މިނިސްޓްރީ އިން އެދެއެވެ.
މޮޅުކަރުދާހެއް އުފައްދަން ބޭނުން ! 5ރުފިޔާގެ ނޫޓެއް އެކަރުދާހަކަށް ކޮޕީ ކޮށްލުމުން 500ރުފިޔާގެ އަސްލު ނޫޓަކަށް ބަދަލުވާގޮތަށް ! އަދި ގަލަމެއްވެސް އުފައްދަން ބޭނުން ! އެގަލަމުން ލިއެގެން ޓެސްޓް ޕޭޕަރުގެ ހުރިހާ ޖަވާބެއް ރަގަޅުވާ ޒާތުގެ !
މިރަށުގަ މިހާރު އުފައްދާފި ފާހަގަ ޖެހީމަ ފުއްމާގެން އްނެއްގޮޅިޔައް ދާ ޕޭޕަރު.
ތީރަގަޅު އުފެށްދުމަކައްމާނެ ލޮލް