ބ. އަތޮޅުގެ ދެ ފަޅު ރަށެއް 10 އަހަރަށް ވަރުވާ އަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މިނިސްޓްރީން ދޫކޮށްފި އެވެ.

ބ. އަތޮޅުން ވާރުވާއަށް ދީފައިވަނީ ގެމެންދޫ އާއި ދަކަންދޫއެވެ. މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެ ދެރަށް ވަރުވާ އަށް ދީފައިވަނީ ޅ. ހިންނަވަރު، ކަޝްމީރުގެ، އިބްރާހީމް ރާމީ އަށެވެ.

ވާރުވާއަށް ދީފައިވާ ގެމެންދު އަކީ 1.18 ހެކްޓަރުގެ ކުޑަރަށެކެވެ. ބ. ކެންދޫ ކައިރީގައި އޮންނަ އެރަށަކީ އާންމު ގޮތެއްގައި ކެންދޫ އާއި ކައިރި ރަށްތަކުގެ މީހުން ދަތުރުގޮސް މަޖާކޮށްލުމަށް ބޭނުންކޮށް އުޅުނު ރަށެކެވެ. ވާރުވާއަށް ދިން ދަކަންދޫ އަކީ 6.50 ހެކްޓަރުގެ ބޮޑު ފަރެއް އޮންނަ ރަށެކެވެ.

ގެމެންދޫ އާއި ދަކަންދޫ ވަރުވާ އަށް ދިނުމަށް ފިޝަރީޒް މިނިސްޓްރީން އިއުލާނުކުރީ ވަކިންނެވެ. އެގޮތުން ވަރުވާ އަށް ގެމެންދޫ ދޫކުރަން އިއުލާނުކޮށްފައިވަނީ އޭޕްރީލް 10، 2018 ގައެވެ. އަދި އިތުރު 24 ރަށަކާއެކު ދަކަންދޫ ވަރުވާ އަށް ދޫކުރަން އިއުލާނުކުރީ މާޗު 20، 2018ގަ އެވެ.

ގެމެންދޫ އާއި ދަކަންދޫ ވާރުވާއަށް ދޫކޮށްފައިވާއިރު މި އަހަރުގެ ކުރީކޮޅު ސަރުކާރުން ވަނީ ގިނަ ރަށްތަކެއް ވަރުވާ އަށް ދޫކުރަން އިއުލާނުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނަޒީރު

  ބަލަ މިނިސްޓަރީ އޮފް އެގްރީކަލްޗަރ އަކީ ފަޅުރައްރަށް ވަރުވާ އަށް ދޫކުރުމާއި ކުއްޔަށް ދިނުމާ ބެހޭ މިނިސްޓަރީ އެވެ.ޤަވާއިދާ އުސޫލް ތަކާ އެއްގޮތަށް އެ މިނިސްޓްރީ އަށް އެކަން ކުރެވޭނެއެވެ.ޚާއްސަކޮށް އޮން ގޮއިން ޕްރޮޖެކްޓް ތަށް ނިންމޭނެ އެވެ.23 ސެޕްޓެމްބަރުން 17 ނޮވެމްބަރ އަށް ދައުލަތް ހުއްޓަފައި ބާއްވާކަށް ނުޖެހެއެވެ.

 2. ތެދުބަސް

  ޝައިނީ ވަނީ މިކަމުގައި ވެސް ފެއިލް ވެފައެވެ.ތެޔޮ ހޯދުދުމުގައި ވެސް ފެއިލް ވެފައެވެ.
  ސިިޔާސީ ގޮތުން ވެސް ފެއިލް ވެފައެވެ.ޝައިނީ އަށް ކުރެވުނު ކަމެއް ނެތެވެ.

 3. ހެޔޮހިތުން

  މިއީ ތިވަރަށް ދައްކަން ޖެހޭ ވާހަކަ އަކަށްވީ ކީއްވެ ބާއެވެ. މިއީ ރެންޑަމް ކޮށް ހިގާ ކަމެއް ނޫން ބާއެވެ.

 4. ލަވްލީ އެއް ނޫން

  އެހާ ކުރިން އިއުލާނު ކޮށްފައި އޮތް ދެ ފަޅުރަށް ގިނަ ދުވަސް ތަކެއް ވަންދެން ނުދީ އޮންނާނީ ކޮންމެސް ސަބަބަކާއި ގުޅިގެން، އަދި މިއަދު އަވަސް އަރުވާލައިގެން ދޭނީ އަދި އެއަށްވުރެ ކަޑަ ކޮންމެސް އެހެން ސަބަބަކާއި ހުރެ ކަމަށް ގަބޫލު ކުރެވޭ.