ރާއްޖޭގެ އެންމެ މަގުބޫލް ޓެލެކޮމިޔުނިކޭޝަން ކުންފުނި ކަމަށްވާ ދިރާގުން އެޕަލް ކުންފުނީގެ އެންމެ ފަހުގެ ފޯން އައިފޯން އެކްސް އެސް އަދި އެކްސް އެސް މެކްސް މާދަމާ ރަސްމީކޮށް ރާއްޖޭގައި ލޯންޗްކުރަން ނިންމައިފިއެވެ.

މިއަދު ދިރާގް ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ ޑިވައިސް މެނޭޖަރ އަހުމަދު އިޝާން ވިދާޅުވީ މާދަމާ އަކީ އައިފޯން ބްރޭންޑް އެންމެ ފަހުގެ ފޯން އައިފޯން އެކްސް އެސް އަދި އެކްސް އެސް މެކްސް ރަސްމީކޮަށް ރާއްޖޭގައި ލޯންޗް ކުރެވިގެން ދާނެ ދުވަސް ކަމަށާއި މާދަމާގެ މެދުރު 14:30 އިން ފެށިގެން ދިރާގުގެ ހެޑް އޮފީހުގައި ހުންނަ އެކްސް ޕީރިއެންސް ސެންޓަރުން އައިފޯން އެކްސް އެސް އަދި އެކްސް އެސް މެކްސް އަށް ޕްރީއޯޑަރ ކުރެއްވި ހުރިހާ ކަސްޓަމަރުންނަށް ފޯން ދޫކުރެވިގެން ދާނެ ކަމަށެވެ.

"ދިރާގްގެ މަގުސަދަކީ އެންމެ ފަހުގެ ފޯންތަށް އޭގެ އޮފިޝިއަލް ލޯންޗިން ތާރީހުގައި ކަސްޓަމަރުންނާއި ހަމައަށް ވެސް ފޯރުކޮށް ދިނުން އެގޮތުން މާދަމާގެ މެދުރު 14:30 އިން ފެށިގެން ދިރާގުގެ ހެޑް އޮފީހުގައި ހުންނަ އެކްސްޕީރިއެންސް ސެންޓަރުން އައިފޯން އެކްސް އެސް އަދި އެކްސް އެސް މެކްސް އަށް ޕްރީއޯޑަރ ކުރެއްވި ހުރިހާ ކަސްޓަމަރުންނަށް ފޯން ދޫކުރެވިގެން ދާނެ" އިޝާން ވިދާޅުވިއެވެ.

އިޝާން ވިދާޅުވީ މި ފޯންތަކަށް ޕްރީ އޯޑަރ ނުކުރެވުނު ބޭފުޅުނަށް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ޕްރީ އޯޑާކުރުމުގެ ފުރުސަތު އަލުން ހުޅުވާލަން މައްސަކަތް ކުރަމުން ދާކަމަށެވެ.

އިޝާން ވިދާޅުވީ ދިރާގްގެ ކޮންމެ ލޯންޗިން އިވެންޓަކީ ވެސް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބޭ އިވެންޓަކަށް ވާއިރު މާދަމާގެ އިވެންޓަށްވެސް ބޮޑުތަރުހީބެއް ލިބޭނެކަމަށް އުންމީދު ކުރާ ކަމަށެވެ.

އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯންތަކަށް ޕްރީއޯޑަރު ކުރަން މިމަހު 12 ވަނަ ދުވަހު ދިރާގުން ހުޅުވާލި އިރު މިހާރު ހުރިހާ ފޯނެއް ވިކި ހުސްވެފައިވާ ކަމަށް ދިރާގުން ވަނީ މިއަދު ބުނެފައެވެ. ދިރާގުން ޕްރިއޯޑަރ ކުރުން ހުޅުވާލީ، ވަގުތުން ފައިސާ ދައްކައިގެން ފޯން ނަގަން ބޭނުންވާ ފަރާތްތަކަށާއި، އިންސްޓޯލްމެންޓަށް ފައިސާ ދައްކައިގެން ފޯން ނަންގަވަން ބޭނުންވާ ފަރާތްތަކަށެވެ.

އެޕަލް އިން ނެރުނު އައިފޯން އެކްސް އެސް އަދި އެކްސް އެސް މެކްސްއަށް އޯޑަރު ކުރުމަށް ދިރާގުން ހުޅުވާލިއިރު، އިންސްޓޯލްމެންޓަށް ފޯނު ނެގޭނީ ދިރާގުން ޕޯސްޓް ޕެއިޑް ޕެކޭޖްތައް ގެންގުޅޭ ކަސްޓަމަރުންނަށެެވެ. އަދި ދިރާގުން ފޯން ނަގާ ފަރާތްތަކަށް ފަސް ޖީބީގެ ޑާޓަ ހަ މަސް ވަންދެންެވެސް ލިބޭނެއެވެ.

އެޕަލް އިން މިފަހަރު ނެރެފައި ވަނީ ކުރީގެ އައިފޯންތަކަށްވުރެ މާ ވަރުގަދަ ފޯންތަކެކެވެ. އެގޮތުން މިފަހަރު ނެރުނު ފޯންތައް ކުރީގެ އައިފޯނުތަކަށްވުރެ ދެގުނަ ސްޕީޑު އަވަސްވާނެއެވެ. އަދި ފޯނުތަކުގައި ހިމަނާފައިވާ ފޭޝަލް ރިކޮގްނިޝަން ފީޗާ އާއި އެކު މިފޯނު ވެގެން ދާނީ މިފަދަ އެންމެ ފުރިހަމަ ފީޗާ ހިމަނާފައިވާ ސްމާޓް ފޯނަށެވެ. "ޓްރޫ ޑެޕްތު" ކެމެރާ އާއި އެކު އައިފޯންގެ ސަލާމަތީ ފިޔަވަޅު ވަނީ ވަރުގަދަ ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސދ

  ޕްރީ އޯރޑަރ 30 މިނެޓުން ހުސްވެއްޖެ. 5 ވަރަކަށް ފޯން ތި ގެންނަނީ. ކީއްކުރާ ބައެއް

 2. އަލީ_

  އައިފޯނު އެކްސް ކިޔާ އެއްޗެއް ނުހުރޭ. އެއީ އައިފޯނު 10. އެއީކީ އިގެރޭސި އަކުރެއް ނޫން. އެއީ ރޯމަން ނަމްބަރެއް. ދިހައެއް.

  • ަސދަސދ

   އަލީއެވެ. އަހަރުމެންވެސް މިއުޅެނީ މިދުނިޔޭގައި ތަހްޒީބްވެފައިވާ މީހުންނާއި ހުޅަނގާއި ދެކުނު މީހުން ކިޔާ ނުކިޔާ ގޮތްވެސް ފެންނަ އިނޓަރނެޓައި ޔޫޓިއުބު ފެންނަ ހިސާބުގައި. އިތުރަށް ކިޔައިދޭން ނަހަދައި މަޑުން ހުރޭ.
   ތަންކޮޅެއް ކުރިން ތިގޮތަށް ބޯޓް ދަތުރުކޮށްފައި އަންނަމީހުން ދައްކާވާހަކަ ބޮޑުވާހަކަޔަކަށް ވަނީ. މިހާރު ނޭގޭ އެކަކުވެސް ނެތް