ގިނަ ފެއާރ ތަކާއި އެކު ކެތޭ ފެސެފިކްއިން ރާއްޖެއަށް ދަތުރުތަށް ކުރާތާ ފަސް އަހަރު ފުރުން ފާހަގަކޮށްފިއެވެ.

މިއަދު އެކަން ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ ކެތޭ ފެސިފިކް އެއަރލިންގެ އޮފީހުގައި ބޭއްވި ކުޑަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކެތޭ ޕެސެފިކްގެ ރީޖަނަލް ޖެނެރަލް މެނޭޖަރ ފޯރ ސައުތް އޭޝިއާ، މިޑްލް އީސްޓް އެންޑް އެފްރިކާ، މިސްޓަރ މާކް ސުޓްޗް ވިދާޅުވީ މީގެ ފަސް އަހަރު ކުރިން އެއަރލިންގެ ދަތުރުތަށް ރާއްޖެއަށް ކުރަން ފެށި ފަހުން މިއަދާ ހަމައަށް ގިނަ ކުރިއެރުންތަކެއް އެ އެއަރލައިނަށް ލިބިފައިވާ ކަމަށެވެ.

ކެތޭ ފެސިފިކް އެއަރލިންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

ޗައިނާގެ ހޮންގް ކޮންގްއަށް ނިސްބަތްވާ ކެތޭ ޕެސެފިކް އެއަރލިންގެ ދަތުރުތަށް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ޗައިނާއަށާއި ދެނުނު އޭޝިއާގެ ބައެއް ގައުމުތަކުގެ އިތުރުން އޮސްޓްރޭލިޔާ އަށް ކަމަށެވެ. އަދި އެ އެއަރލައިންގެ ދަތުރުތަށް ޗައިނާގެ ބެއިޖިން ހިމެނޭހެން 23 ސިޓީއަކަށް ކުރަމުން އަންނަ ކަމުގައި މާކް ވިދާޅުވިއެވެ.

ރާއްޖެއަށް ކެތޭ ޕެސިފިކްގެ ދަތުރުތަށް ކުރާތާ ފަސް އަހަރު ވެފައިވާއިރު، ފަސް އަހަރު ފުރުމާއި އެކު އެ އެއަރލައިންއިން ދަތުރުކުރާ ބައެއް މަންޒިލްތަކަށް ހާއްސަ ފެއާތަށް ހުޅުވާލާނެ ކަމުގައި އެ ކުންފުނީގެ ޕޯޓް ލީޑަރ ފޯރ މޯލްޑިވްސް މިސްޓަރ ހަރިސް ކިރަން ވިދާޅުވިއެވެ.

ކެތޭ ފެސިފިކް އެއަރލިންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

"ޝައްކެއް ނެތް. ފަސް އަހަރު ފުރުމާއި އެކު އަޅުގަނޑުމެންގެ ބައެއް މަންޒިލްތަކަށް ހާއްސަ އަގުތަކެއްގައި ދަތުރުކުރެވޭނެ. އެގޮތުން ޗައިނާގެ ހޮންކޮންގަށާއި ދެނުނު އޭޝިއާގެ ބައެއްް ގައުމުތަކަށް ހާއްސަ ފެއާތަށް ހުންނާނެ" ހަރިސް ވިދާޅުވިއެވެ.

ކެތޭ ފެސިފިކް އެއަރ ލައިން އަކީ ދުނިޔޭގެ އެންމެ ބޮޑު ކާގޯ އެއަރލައިންއެވެ. އަދި އެ އެއަރލައިންއިން ތިން ވައްތަރެއްގެ ހިދުމަތްތަށް ފޯރުކޮށްދޭ އިރު އޭގެ ތެރޭގައި ޕްރިމިއަމް އާއި ޕްރިމިއަމް އިކޮނޮމީ އާއި ބިޒްނަސް ކްލާސްގެ ހިދުމަތް ހިމެނެއެވެ.