ރާއްޖޭގެ އެންމެ މޮޅު ފެޝަން ޑިޒައިނަރުންގެ ތެރޭގައި ހިމެނޭ ރަޒީނާ ތައުފީގުގެ (ރަޒީ ކަލެކްޝަން)ގެ ފަރާތުން އަންނަ ބޮޑު ޗުއްޓީ އާއި ދިމާކޮށް އައްޑޫ ސިޓީގައި ފަހަން ދަސްކޮށްދޭ ކޯހެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރަޒީ ބުނީ، މިފަހަރު ރަޒީގެ ފަރާތުން ބާއްވާ ފަހަން ދަސްކޮށްދޭ ކޯސް އޮންނާނީ މަރަދޫގައި އާއި މީދޫގައި ކަމަށެވެ. އަދި އެ ކޯހުގައި ފަހަން ދަސްކޮށްދިނުމުގެ ބޭސިކް އިން ފެށިގެން އެޑްވާންސް އާ ހަމައަށް މިން ނަގައިގެން ފަހަން ދަސްކޮށްދޭނެ ކަމަށް ރަޒީ ބުންޏެވެ.

މީދޫގައި އޮންނަ ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި މަރަދޫގައި އޮންނަ ކޯހުގެ ބައިވެރިވުމުގެ ފުރުސަތު ނޮވެމްބަރު 10 ގެ ނިޔަލަށް އޮންނާނެއެވެ. އެ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7988704 އަށް ފޯން ނަމްބަރަށް މެސެޖެއް ކޮށްލުމަށް ރަޒީ އެދެެއެވެ. ކޯހުގެ އަގަކީ 2500 ރުފިޔާއެވެ.

ރަޒީ ކަލެކްޝަން އިން މައުލޫމާތު ދިންގޮތުގައި، އެ ކޯހަކީ 30 ގަޑިއިރުގެ ކޯހެކެވެ. އެ ކޯހުގައި 17 ދުވަސް ވަންދެން ކިޔަވާދޭނެއެވެ. އަދި އެ ކޯސް މީދޫގައި ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 15 ގައެވެ. އަދި މަރަދޫގައި ފެށުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު އެކެއްގައެވެ.

ރަޒީގެ އެހީގައި ފަހަން ދަސް ކުރަނީ

މިއީ ބޮޑު ޗުއްޓީއާ ދިމާކޮށް ރާއްޖޭގައި ވިދާ މޮޅު ޑިޒައިނަރެއްގެ އެހީގައި ފަހަން ދަސްކޮށްލުމަށް ރަނުގެ ފުރުސަތެކެވެ. މިދިޔަ ޑިސެންބަރުގައި ރަޒީ ވަނީ ފުވައްމުލަކު ސިޓީގައިވެސް ފަހަން ދަސްކޮށްދޭ ކޯހެއް ހިންގާފައެވެ. އަދި މީގެ އިތުުރުން މާލެ، އދ. އޮމަދޫ، ހދ. ކުޅުދުއްފުށި، އަދި ނެއްލައިދޫގައިވެސް ވަނީ ފަހާ ކޯސްތަކެއް ހިންގާފައެވެ.

ރްޒީ ކަލެޝަންގެ ހެދުމެއް

ރަޒީއަކީ މިހާރު ރާއްޖޭގައި ގުނާލެވޭ އެންމެ މޮޅު ފެޝަން ޑިޒައިނަރުންގެ ތެރެއިން އެކެވެ. އޭނާއަކީ މަޝްހޫރު ފިލްމީ ތަރިންގެ ހެދުންތަކާއި، މޯލްޑިވިއަން އައިޑޮލްގެ ބައިވެރިންގެ ހެދުންތައް ފަހައިދިން އެކަކުވެސް މެއެވެ. އަދި ފެޝަން ޝޯވތަކުގައިވެސް ރަޒީގެ ޑިޒައިންތަކަކަކީ ފާހަގަކޮށްލެވޭ ޑިޒައިންތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު