އުރީދޫގެ އިންޓަނެޓް ޚިދުމަތައް ބުރޫއަރާ އިންޓަނެޓް ބޭނުން ކުރުމުގައި އުރީދުގެ ކަސްޓަމަރުންނަށް ގިނަ ދަތިތަކެއް ދިމާވަމުން އެބަދެއެވެ.

އުރީދޫ އިން ވެސް ވަނީ އިންޓަނެޓް ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވެފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

އުރީދޫ އިން ބުނީ އިންޓަނެޓް ބޭނުން ކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް މައްސަލަ ހައްލުވާނީ ކޮންއިރަކުން ކަން ދަންނަވަން ނޭނގޭ ކަމަށެވެ.

ދިމާވަމުންދާ ދަތިތަކަށް އުރީދޫ އިން މަޢާފަށް އެދެއެވެ.

އުރީދޫގެ އިންޓަނެޓް ޚިދުމަތް ބޭނުން ކުރުމުގައި ދަތިތައް ދިމާވަމުން ދާތީ އުރީދޫގެ ކަސްޓަމަރުން ދަނީ ވަަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރާމި

    އިންޓަރ ނެޓުގެ ހިދުމިތް ނުލިބިދާ ގަޑިތަކާ ދުވަސް ތަކުގަ ބިލައް ދައްކަންޖެހޭ ފައިސާއިން އެމްްމެ ލާރިއެއްވެސް ކެނޑޭނެބާ؟؟؟؟؟

  2. ބަސީރު

    އުރީދޫގެ އިންޓަނެޓގެ ޚިދުމަތް މިހާރުހަމަސުމެއް . ވަރަށްކަޑަ. އެކަމާ ވަހަކަދެއްކިއަސް އަޅާވެސްނުލާ. އުލެނީ ހައްތަހާވެސް ފާޑުފާޑުގެ ޕެކޭޖް ހަދާގެން ކަސްޓަމަރުންގެބޯކާލަން. ބައެއް ގޭގެއާއި، ފިހާރަ ތަކުގެ ތެރެއަށް ރޭންޖްވެސް ނުލިބޭ.

  3. ސުނދާ

    ކޮބާ ޗޮމިޔުނިކޭސަން އޮތޯރިޓީ އަދިވެސް އަސްމަލީވެފަ ނިދާފަތަ؟؟؟

  4. މުރާދު

    ވާރޭ ކޮޅެއް ވެހިލާ އިރަށް އުރީދޫއަށް ވާގޮތް މީ ...... ދެން ލަލަލަ މަ ބޭނުން ކުރަނީ ދިރާގު .. ހަމަ ބެސްޓް...