މިހާރު ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ދުނިޔޭގެ މަޝްހޫރު ބްރޭންޑް، "ޖެނެޓް"ގެ 25 ޕްރޮޑަކްޓު އައްޑޫ ސިޓީގައި ވިއްކަން ފަށައިފިއެވެ.

ޖެނެޓްޓް ބްރޭންޑުގެ ޕްރޮޑަކްޓުތައް ރާއްޖެއަށް އެތެރެކޮށް މާކެޓްކުރާ "ލިބޭ" އިން ބުނެފައިވަނީ، މިހާރު އައްޑު ސިޓީ ހިތަދޫ އާއި ފޭދޫއިން ލިބޭނެ ކަމަށެވެ. އެގޮތުން ހިތަދޫ، އާގަލާ މާޓު އަދި އެރަށު ހުއްބީ ފިހާރަ އާއި އައްޑޫ ސިޓީ ފޭދޫ އީޒީ އެކްސް ފިހާރައިން މި ޕްރޮޑަކްޓުތައް އެއް އަގެއްގައި ލިބެން ހުންނާނެ ކަމަށް ލިބޭ އިން ބުނެއެވެ.

އައްޑޫ ސިޓީގައި ޖެނެޓްގެ ޕްރޮޑަކްޓުތައް ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތްވެސް ފަށާފައިވާ ކަމަށް ލިބޭ އިން ވަނީ ބުނެފައެވެ. ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޖެނެޓްގެ ޕްރޮޑަކްޓުތައް އައްޑޫގެ އެކި ރަށްރަށުގައި ވިއްކަން ފަށާފައިވާއިރު އިރު، އެ ޕްރޮޑަކްޓުތަކަށް އައްޑޫ ސިޓީން ބޮޑު ޑިމާންޑެއް ލިބެމުންދާ ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.

އެގޮތުން މިވަގުތު އެންމެ ބޮޑު ޑިމާންޓެއް އޮތީ، އެފަރާތުން ވިއްކާ ޖެނެޓް ބްރޭންޑުގެ، މޫނުގެ ހަންގަނޑު އަވަހަށް ދޮންކޮށްދޭ "ފެއާނެސް ކްރީމް އަދި ފޭސްވޮޝް" އާއި، ލަކުނު ފިލުވާލުމަށް ޚާއްސަ "ޕަޕާޔާ ނޯމާކް ޓްރީޓްމަންޓު"ގެ އިތުރުން، ބޮލުން އިސްތަށި ފޭބުން ހުއްޓުވައިދޭ "ޖެނެޓް ހެއާފޯލް ޓްރީޓްމަންޓް ތެޔޮ، ޝޭމްޕޫ އަދި ކޮންޑިޝަނާ" އާއި، އިސްތަށިގަނޑުން ޑޭންޑްރަފް ފިލުވާލާ ދުޅަހެޔޮކޮށްދޭ "ޖެނެޓް ޑޭންޑްރަފް ކޮންޓްރޯލް އޮއިލް އަދި ޝޭމްޕޫ"އަށް ކަމަށް ލިބޭއިން ބުނެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކާއި އޭގެ މަޢުލޫމާތުތައް، ފޭސްބުކް ޕޭޖް "ލިބޭ" ގައި ހާމަކޮށްފައިވާއިރު، މި ޕްރޮޑަކްޓުތައް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ.

އައްޑޫގެ އިތުރުން ހުޅުމާލޭ ސަމަރ ސްޕޯޓްސް (ލޮޓް ނަމްބަރު: 11165، ބޮކަރުމާ ހިނގުން) ފިހާރައިންނާއި މާލޭގެ އިތުރުން ލ. އަތޮޅުންވެސް މި ޕްރޮޑަކްޓުތައް ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައެވެ. މާލޭން ޖެނެޓުގެ ޕްރޮޑަކްޓުތައް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކުން ލިބޭގެ ނަމްބަރަށް ގުޅުމުން ހިލޭ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކަކީ، ގުދުރަތީ މާއްދާތައް ހިމަނައިގެން 1961 ވަނަ އަހަރުން ފެށިގެން "ބިއުޓީ" އަދި "ޕާސަނަލް ކެއަރ"ގެ އުފެއްދުންތައް އުފައްދަމުން އަންނަ ތަޖުރިބާކާރު އަދި ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުންފުންޏެއްގެ އުފެއްދުންތަކެކެވެ. މި ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ "ސްކިން ކެއަރ" އަދި "ހެއަރ ކެއަރ"ގެ އުފެއްދުންތައްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ހަމަ އެކަނި ހަންގަނޑާއި އިސްތަށިގަނޑަށް ޚާއްސަކޮށްގެން އެ ކުންފުނިން މިހާތަނަށް ވަނީ، 50 އަށްވުރެ ގިނަ ޕްރޮޑަކްޓް އުފައްދާފައެވެ. ޖެނެޓް ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އާއި މުޅި ދުނިޔޭގައިވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުންދާއިރު، މިހާތަނަށް އެ ބްރޭންޑުން ވަނީ ދުނިޔޭގެ ފެންވަރުގެ ދެ އެވޯޑެއްވެސް ހާސިލްކޮށްފައެވެ.