ޒަމާނީ ބަދަލުތަކާއި އެކު އިކޮނޮމިކް މިނިސްޓްރީގެ ސާވިސް ސެންޓަރު ހުޅުވައިފިއެވެ.

މިއަދު މެންދުރުފަހު އިކޮނޮމިކް މިނިސްޓްރީގއި ބޭއްވި ރަސްމިއްޔާތެއްގައި ސާވިސް ސެންޓަރ ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދެވެ.

ސާވިސް ސެންޓަރ ހުޅުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓަރ އޮފް ކޮންޕެނީ މަރިޔަމް ވިސާމް ވިދާޅުވީ ޒަމާނީ ބަދަލުތަކާއި އެކު އިކޮނިމިކް މިނިސްޓްރީގެ ސާވިސް ސެންޓަރ ހުޅުވީ ހިދުމަތް ހޯދާ ފަރާތްތަކަށް އަވަސް އަދި ފަސޭހަކަމާއި އެކުގައި ހިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށެވެ.

"ސާވިސް ސެންޓަރެއްގައި ގޮތުގައި ތަރައްގީކުރުމުގެ މައިގަނޑު ބޭނުމަކީ މިނިސްޓްރީގެ ކައުންޓަރުން ދޫކުރާ ޓޯކަންގެ އިތުރުން 13 ހިދުމަތެއް އޮންލައިންކޮށް ފޯރުކޮށްދިނުން. އަދި އެކަމުގެ ސަބަބުން މިނިސްޓްރީން ހިދުމަތް ހޯދާ ފަރާތްތަކަށް އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނެ" މަރިޔަމް ވިސާމް ވިދާޅުވިއެވެ.

އިކޮނިމިކް މިނިސްޓްރީގެ ކައުންޓަރުން 43 ހިދުމަތެއް ލިބިގެންދާނެ ކަމަށާއި މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަކީ ވެސް މިނިސްޓްރީން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއްވެސް ދޭން އެނގޭނެ ޤާބިލް މުވައްޒަފުން ކަމަށްވެސް ވިސާމް ވިދާޅުވިއެވެ.

މީގެ އިތުރުން 2014 ވަނަ އަހަރުން ފެށިގެން އިކޮނިމިކް މިނިސްޓްރީގެ ވިޔަފާރީގެ ގާނޫނާއި އަމިއްލަ ވިޔަފާރީގެ ގާނޫނަށް ގެނެވުނު ބަދަލުތަކާއި އެކު އާބާދީގައި 2000 މީހުން އުޅޭ 13 ރަށެއް އިކޮނިމިކް މިނިސްޓްރީގެ ބިޒުނަސް ޕޯޓަލް އާއި ގުޅާލެވުނު ކަމަށާއި ކުންފުންޏާއި ބެހޭ ގާނޫނަށް ގެނައި ބަދަލުތަކާއި އެކު 20 މިނެޓްގެ ތެރޭގައި ކުންފުނި ރަޖިސްޓްރީކުރެވޭނެ ނިޒާމު ހަމަޖެހިގެން ގޮސްފައިވާ ކަމަށްވެސް ވިސާމް ވިދާޅުވިއެވެ.

އިކޮނޮމިން މިނިސްްޓްރީގެ ކައުންޓަރުން 30 ހިދުމަތެއް ފޯރުކޮށްދޭއިރު ބާކީ ހުރި ހިދުމަތްތަށް އެންމެ ގިނަވެގެން 3 ދުވަސް ތެރޭގައި ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރާއްޖޭގައި އެންމެ ގިނައިން ވިޔަފާރި ކުރަނީ ވަކިވަކި ފަރުދުން ކަމަށާއި އެ ހުރިހާ ފަރާތްތަށްވެސް މިނިސްޓްރީގައި ރަޖިސްޓްރީކުރަން ޖެހޭކަމަށާއި އެ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް އަލަށް ހުޅުވުނު ސާވިސް ސެންޓަރ މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް ވިސާމް ވިދާޅުވިއެވެ.

އިކޮނިމިކް މިނިސްޓްރީގެ ސާވިސް ސެންޓަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު 2015 ވަނަ އަހަރު ތެރޭގައި މިނިސްޓްރީއަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބު ދިނުމަށް ކޯލް ސެންޓަރެއްވެސް ވަނީ ގާއިމް ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަގީޗާ

    ކޮބާހޭ ދޫކުރަން އިއުލާން ކުރި ލޯންތައް... އޭޑީބީގެ ހިލޭއެހީގެ ދަށުން ދޭ އެއްޗިއްސަށް މިވަނީ ކިހިނެއް.. ކަނީތަ އަދިވެސް..

    • ސައިމަން

      ކާމީހަކުހެން ހީވަނީ ސުވާލުކޮށްގެން މިއުޅެނީވެސް ދޯ ބަގީޗާ

  2. ސޭޓް

    ފިހާރަ ތަކުގައި ކެފޭ ތަކުގައި ބޭރު މީހުން. ޢަދި ވަނީ ގިނަ. ކޮބައިތޯ އުފެއްދެވި ދިވެހި ސޭޓުބްތައް

    • ސައިމަން

      ސޭޓު ތިޔަ ސުވާލު ކުރީވެސް އެކަމެއް ހިނގާކަން އެނގިގެންނޫންތޯ އެހެންވިއްޔާ އެކަންވެސް ވާނެ ސޭޓުވެސް ތިޔަ ކުރީނުން ސުވާލެއް ވަގުތހުވެގެން ދޯ