ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް ކުންފުނިން ތަރައްޤީ ކޮށްފައިވާ "ސަން އަކުވާ އިރުވެލި ރިސޯޓު" އަންނަ މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ފަތުރުވެރިކަމާއި ބެހޭ ޚަބަރުތައް ގެނެސްދޭ ބައެއް ސައިޓުތަކުގައިވާ ގޮތުން ދ.އަތޮޅު އަލުވި ފުށީގައި ތަރައްގީ ކޮށްފައިވާ މި ރިސޯޓުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ކަމެއް ވަނީ ނިމިފައެވެ. އަންނަ މަހުގެ ތެރޭގައި އެ ރިސޯޓު ހުޅުވައި ހިދުމަތް ދެވޭނެ ކަމަށްވެސް ސައިޓުތަކުގައިވެއެވެ.

ސްރީލަންކާގެ ސަން އަކުވާ ވިލު ރީފް މޯލްޑިވްސް އާއި ސަން އަކުވާ ޕަސިކުޑަ ހިންގަމުން ގެންދާ ކުންފުނިން ބުނީ ސަން އަކުވާ އިރުވެލި ރިސޯޓަކީ ފަސް ތަރީގެ ރިސޯޓެއްކަމަށެވެ. އެ ރިސޯޓުގެ އަތިރިމަށްޗާއި މޫދުގައި 125 ބަންގަލޯ ހަދާފައިވާނެ ކަމަށެވެ.

ސަރުކާރުން ވަނީ މި އަހަރު ނިމެންވާއިރަށް ފާއިތުވި ފަސް އަހަރު ތެރޭގައި ހުޅުވި ރިސޯޓްތަކުގެ އަދަދު 51 އަކަށް އަރާނެ ކަމަށް ވިދާޅުވެފައެވެ. ރިޔާސީ ދައުރުގައި 50 ރިސޯޓް ހުޅުވުމަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދެކެވެ. މި ރިސޯޓުތައް ހުޅުވުމާއެކު އެނދުގެ އަދަދު 50،000 އިތުރު ވެގެންދާނެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އޮކިޔުޕެންސީ ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާހިރު

    ފިލި ސިޔާމްގެތަ؟

  2. ފިލި ސިޔާމް

    ނުހައްގުންނާއި މަކަރާއި ހީލަތުން މިދުނިޔޭގައި ހޯދައި ފައިސާއަކީ ފަހުން ތިމާއަށް ހުރި ގެއްލުމާއި ހަލާކުކަން ދަންނާތި..........

  3. ފިލި

    މުވަށްޒަފުންގެ އަގުވަޒަން ނުކުރާ ބައެއް ސާވިސްޗާޖް ރަނގަޅެއް ނުކުރެވެ