އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ވިލާ އެއާ ފްލައިމީގެ ދަރުތައް ފަށަން ތައްޔާރުވެއްޖެއެވެ.
ވިލާ އެއާއިން އަންނަ މަހުގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނައިިރު، އެ ދަތުރުތައް ފެށުމަށްޓަކައި ގަން އެއާޕޯޓާއި ފުވައްމުލަކު އެއާޕޯޓަށް ގްރައުންޑް ސްޓާފުން ހޯދަންވެސް ވަނީ އިއުލާނުކޮށްފައެވެ.
ފުވައްމުލަކާއި އައްޑޫ އަށް ޝެޑިއުލް ދަތުރުތައް ފެށުމުގެ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާތައް ވަނީ ކޮށްފައެެވެ.
އަދި އެކަމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، މިހާރު ފްލައިމީން ދަތުރު ކުރަމުންދަނީ އދ.މާމިގިއްޔާއި ބ.ދަރަވަންދޫ އެއާޕޯޓަށް އެކަންޏެވެ. ނަމަވެސް 2013 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް އެ އެއާލައިނުން ދެކުނަށްވެސް ދަތުރުތައް ކޮށްފައިވެއެވެ. އަދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދެކުނަށް އަލުން ދަތުރުތައް ފަށަން މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ އެ އެއާލައިނަށް ކާމިޔާބު ވާގޮތް ނުވެފައެވެ.
ސަަބަސް
ނޮވެންބަރ 1 ގަ ފަށަންވީނު ރައީސް ނަސީދު ގެންނާށާއެއްކޮށް
ހަނިމަަދޫ އަށް ދަތުރު ކުރާނެ ދުވަހެެއްގެ އިންތިޒާރުގައި
މޯލްޑިވިއަން ކިޔަ ކުންފުނި ބުއްޅަބޭއަށް ކަޓްލިބޭގޮތަށް އިންޑިޔާއަށް ވިއްކާލާ، އެއިރުން ލާރިކޮޅެއްލިބިފަ ގައުމު ބަޑަށްޖެހޭނެ!
ތިޔަ ބޯޓުގަނޑު އެކަނި އޮތަސް އަހަރުމެން ތިޔަކަށް ނާރާނަމެވެ. ތިޔަކަލޭގެ ފައިސާ ހޭދަކުރަނީ ރިޝްވަތު ދިނުމަށެވެ. އެކަމަށް އެއްބާރުލުން ދިނުމަކީ ހަރާމް ކަމެއްވީމައެވެ. އަދި އެހެން ވާހަކައެއް ބުނެލާނަމެވެ. އެންމެ ބޭނުން ޖެހޭ ވަގުތު ފިލާ ރައްކާވާނެއެވެ. މޯލްޑިވިއަން އަކީ ޤައުމީ ފަޚުރެވެ. މި ޤައުމަށްޓަކާ ފަޚުރުވެރިވާމީހުން ދަތުރު ކުރަން އެންމެ ރަގަޅީ ޤައުމީ އެއަރލައިން ކަމާމެދަކު ޝައްކެއް ނެތެވެ.
ޓިކެޓް އަގު ހެޔޮވާނެތަ؟
ކޫއްޑޫއަށް ދަތުރު ފެށުމަކީ ހުވަދު އަތޮޅުގެ ރައްޔިތުން ނުހަނު ބޭނުންވެފައިވާ ކަމެއް.. މޯލްޑިވިއަން އިން ރައްޔިތުން އަތުން ނުހައްގުން ނަގަމުންދާ ފައިސާއަށް ބަދަލެއް އަންނާނެ ހަމަ އެކަނި ގޮތަކީ އިތުރު އެހެން ފްލައިޓްތަކެއްގެ ދަތުރުތައް ފެށުމުން..