ބީއެމްއެލް އިސްލާމިކް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް މިއަދު ޖެނެރަލް ފައިނޭންސިންގ ނަމުގައި މުދާ ގަނެދޭ ހިދުމަތެއް ތައާރަފްކޮށްފިއެވެ.

މިއީ ދިގު މުއްދަތަކަށް ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ބޭނުންވާ ތަކެތި ގަތުމުގެ ފުރުސަތު ލިބިދޭނެ ހިދުމަތެކެވެ. އެގޮތުން އެ ގަންނަ ތަކެއްޗަށް ފައިސާ ދައްކަން ޖެހޭނީ މަހުން މަހަށް ބަހާލައިގެންނެވެ. މިގޮތަށް ފައިސާ ދައްކާ ޚަލާސްކުރުމަށް 12 މަހުގެ ގްރޭސް ޕީރިއަޑަކާއެކު 10 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް ބީއެމްއެލް އިސްލާމިކް އިން ބުންޏެވެ.

ބީއެމްއެލް އިސްލަމިކް އިން ބުނީ، މި ފެސިލިޓީގެ ދަށުން ޝަރީޢާ ހުއްދަކުރާ ކޮންމެ ބޭނުމަކަށްވެސް 50،000 ރުފިޔާއިން ފެށިގެން މަތީ އަދަދެއްގެ ފައިނޭންސް ހަމަޖެހޭނެ ކަމަށެވެ. އަދި ބީއެމްއެލް އިސްލާމިކް އިން އެ ޕްރޮޖެކްޓުގެ ނުވަތަ ގަންނަން ބޭނުންވާ ތަކެތީގެ ޖުމްލަ އަގުގެ 70 އިންސައްތަ އާ ހަމަޔަށް ބޭންކުން ފައިނޭންސް ހަމަޖައްސައިދޭނެއެވެ.

މިކަމާއި ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، އިސްލާމީ އުސޫލުތަކުގެ މަތިން ތަފާތު އެކި
ކަންކަމަށް ބޭނުންވާ ފައިނޭންސް ފެސިލިޓީއެއް ތައާރަފްކުރެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ޚިދުމަތާއެކު އިސްލާމީ އުސޫލުތަކުގެ މަތިން ހަރުމުދާ ގަތުމާއި، އާ ވިޔަފާރި އެއް ފެށުމަށާ އަދި ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިނޭންސަށްވެސް އެދި ހުށަހެޅޭނެކަމަށްވެސް މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކްގެ މި ހިދުމަތަށް މާލެ ބްރާންޗުންނާއި އަދި އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންވެސް ޖެނެރަލް ފައިނޭންސް އަށް އެދި ހުށަހެޅޭނެއެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ްއައިންތު

    އިމާރާތް ކުރުމުގެ 20 ޕަސަންޓަށްވާ އަދަދު ވެސް ދޭެންފެނޭ ...އިމާރާތެއް ކުރަން ނުފެށިފައި މިތިބެންޖެހެނީ 20 ޕަސަންޓށްވާ ފައިސާ ނެތިގެން އެހެންވޒިމާ ވިޔަފާރި ވެރިން ނަގަނީ ހުރިހާ ފައިދާއެއް 30 އަހަރަށް އިމާރާތުގެ ބޮޑުބައެއް ދޭން މިޖެހެނީ މިއީ ކިހާ ދެރަކަނެއް...އެހެން ބައިތަކަށް ނަގާ ލޯނުވެސް ލިބެން އަންނަނީ އެ 20 ޕަސަންޓެއް ހަމަބެގެން...އޭގެބަދަލުގައި ލޯނު ދައްކަންޖެހޭނެ އުސޫލެއް ހަދާފަ ރައްޔިތުންނަށް މި 20 ޕަސަންޓު ވެސް ރައްޔިތުންނަށް ލިބޭނެ ގޮތެއް ހައްދަވައި ދިނުމަކީ ވަރަށް ބޭނުން ކަމެއް ރައްޔިތުންގެ ބޭންކު މަގޭ ބޭންކު ކިޔަންޏާ އެކަންކަން ވެސް ކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވަބަލަ މިރައްޔިތުންނަށްޓަކައި..ޝުކުރިއްޔާ ..

  2. ފަސްކުޅަނދު މަދު

    ކޮބާމިފަހަރު ކިތައްޕަސެންޓް އިންޓްރެސްޓް ނަގާނެބާ؟؟ސީދާތަފްސީލު ނޭގުނު ؟ އަންނަ އަހަރުު އަހަރީ ރިޕޯޓްގަ ބުނާނެ އެތައްމިލިޔަނެއް ފއިދާވެއްޖެ ޔޭ! އިންޓްރެސްޓް ބޮނޑު ކުރިވަރަކަށް ފައިދާބޮނޑްވާނެ ފަގީރުމީހާ ފެލާލާގެންވެސް ލިބޭފައިދާއަށްބަލާތި .

  3. ޑިމޮކްރަޓިސްޓް

    އިދާރީ ފީ ކިހާވަރެއް އިތުރަށް ނަގާބާ؟ އިސްލާމިކް ވީމަ އިންޓަރެސްޓެކޭ ނުކިޔާނެތާ!

    • އަލީ

      މިކަހަލަ ވާނުވާ ނޭންގޭ އާލާތުންވެސް މަ މޮޅުހެދެން ކޮމެންޓް ގަޅާތީ މައްސަލައަކީ.