މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 12 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓެކްސާއި ފީ އާއި ޖޫރިމަނާގެ ގޮތުގައި 12.89 ބިލިއަން ރުފިޔާ އެ އޮތޯރިޓީން ބަލައިގެންފައިވެއެވެ.

އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީގެ ތެރޭގައި ޑޮލަރުން ބަލައިގަތް 480 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މީރާއިން ބަލައިގަނެފައިވަނީ 425 މިލިއަން އެމެރިކާ ޑޮލަރެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މީރާއަށް ބަލައިގެންފައިވަނީ 11.9 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް މީރާއަށް 5.7 ބިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޞ

    ޓެކުންތީ

  2. ނޫޑުލްސް

    އަވަހައް ނިއު ޕޯޓަށާ ދެންވެސް ވައްކަމުގަ އުޅޭ ބާގަނޑައް ބަހާލާ. ޔަޒީދު އިޒް ގުރޭޓް