ރާއްޖޭގެ ހޮންޑާ ބްރޭންޑުގެ ސައިކަލު އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ޝީޝާއިން ހޮންޑާ ބްރޭންޑްގެ އެންމެ ފަހުގެ ސައިކަލު ކަމުގައިވާ ވޭވް125އައި 2019 މޮޑެލް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

މިއަދު ހެނދުނު ޝީޝާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މޮޑެލްގެ ސައިކަލު ރާއްޖެއަށް ތައާރަފްކޮށްދިނީ "ހޮންޑާ މޯލްޑިވްސް"ގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ޝީޝާ އިން ހަމަޖެއްސި ރާއްޖޭގެ އުފެދުނު އެންމެ މޮޅު ދުވުންތެރިޔާ ހަސަން ސާއިދުއެވެ. ޝީޝާ އިން ވަނީ ސާއިދުއަށް ވޭވް125އައި 2019 ބްރޭންޑްގެ ސައިކަލެއް ހަދިޔާކޮށްފައެވެ.

މިއަދު ތައާރަފްކުރި ސައިކަލަކީ ޝީޝާއިން 2000 ވަނަ އަހަރުން ފެށިގެން ވިއްކަމުންދާ އެންމެ މަގުބޫލު އެއް ބްރޭންޑްގެ ސައިކަލެކެވެ.

ވޭވް 125އައި ގެ ސައިކަލާއެކު، ހޮންޑާ މޯލްޑިވްސްގެ އެމްބެސެޑަރ، ސާއިދު- ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

މިއަދު ތައާރަފްކުރި ސައިކަލާއި ގުޅޭގޮތުން އިތުރަށް މައުލޫމާތުދެމުން ޝީޝާގެ ހެޑް އޮފް ސޭލްސް މުހައްމަދު އިޝާމް ވިދާޅުވީ، މިއަދު މި ތައާރްފްކުރެވުނު ސައިކަލަކީ ކުރީގެ ވިއްކަމުންދާ ވޭވް125ގެ ކޮންސެޕްޓް މުޅިން ބަދަލުކުރުމަށްފަހު، އަދި ޑިޒައިންވެސް ބަދަލުކޮށްފައިވާ ސައިކަލެއް ކަމަށެވެ. އަދި މި ސައިކަލުގައި ފިއުލް އިންޖެކްޓަރ އާއި އިންޖީނުވެސް ވަނީ އަޕްގްރޭޑްކޮށްފައެވެ.

"އެހެންވީމަ މީގެ ފިއުލް ކޮންސެޕްޝަން ވަރަށް ބޮޑަށް ކުޑަވެގެން ދޭ". އިޝާމް ވިދާޅުވިއެވެ.

އަދި މި ސައިކަލުގައި ކުރީގެ ސައިކަލުތަކަށްވުރެ ޕަވާ އެކްސެލެރޭޝަން ނަގާލެއް ބާރެވެ. އަދި ކުރީގެ މޮޑެލްގެ ސައިކަލުތަކަށްވުރެ މަޑިދަށުގެ ޖާގަވެސް ބޮޑުވާނެއެވެ. އަދި ހޮންޑާ ސައިކަލެއްގައި އަލަށް އެޅުވި ލެޑް ލައިޓްވެސް އިންނާނީ މި ސައިކަލުގައެވެ. އަދި މިއީ މި ރޭންޖްގެ ސައިކަލުތަކުގެ ތެރެއިން އެންމެ ޕެޓްރޯލް ހަރަދު ކުޑަ އެއް ސައިކަލުކަމަށްވެސް އިޝާމް ވިދާޅުވިއެވެ.

ހޮންޑާ މޯލްޑިވްސްގެ އެމްބެސަޑަރަކަށް ސާއިދު ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް
ހޮންޑާ މޯލްޑިވްސްގެ އެމްބެސަޑަރަކަށް ސާއިދު ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

ޝީޝާގެ އޮޕަރޭޝަންސް އެންޑް މާރކެޓިންގ މެނޭޖަރ ފާތިމަތު ޖުމާން ވިދާޅުވީ، މި ސައިކަލަކީ ތިމާވެއްޓާއި ރައްޓެހި، ދުމުގެ އަސަރު ކުޑަ ސައިކަލެއް ކަމަށާއި، މި ސައިކަލުގެ މަޑިދަށުގައި ޖާގަ ބޮޑުކަމުން ހެލްމެޓްވެސް އޭގެ ތެރެއަށް ލެވޭނެކަމަށެވެ.

"އަޅުގަނޑުމެންވެސް ރިކޮމަންޑް ކުރަން ހެލްމެޓް އަޅައިގެން އެޓްލީސްޓް ބްރިޖް މަތީގައި ސައިކަލު ދުއްވަން. އެހެންވެއްޖެއްޔާމުން ހެލްމެޓް ކެރީކުރަން މި ސައިކަލު ހަމަ ވަރަށް ރަނގަޅުވާނެ". ޖުމާން ވިދާޅުވިއެވެ.

ޖުމާން ވިދާޅުވިގޮތުގައި، މިއަދުން ފެށިގެން މި ބްރޭންޑްގެ ސައިކަލް ގަންނަން ޝީޝާ އިން ލިބޭނެއެވެ. އަދި އެ ފުރުސަތު އެއްކޮށް ފައިސާ ދައްކައިގެން ސައިކަލު ނަގާ ފަރާތްތަކަށާއި، އިންސްޓޯލެމެންޓަށް ފައިސާ ދައްކައިގެން ނަގަން ބޭނުންވާ ފަރާތްތަކަށްވެސް އެބައޮތެވެ.