މީރުވަސް ދުވާ އަދި ގިނައިރު އޭގެ ވަސް ހުންނަ އަތަރެއް ބޭނުން ހެއްޔެވެ؟ އެހެންކަމަށް ވަނީ ނަމަ އެކަމަށް "އޫދު އަލްސަ ބާޔާ" ވަރެއް ނެތެވެ.

އަމިއްލަ އެތައް އަތަރަކާއި އެކު މިއަދު "އޫދު އަލް ސަބާޔާ"އިން މިވަނީ އަނެއްކާވެސް އައު ހަރުފަތެއް ގިރާކޮށްފައެވެ. އެގޮތުން މިއަދު "އޫދު އަލް ސަބާޔާ"އިން ވަނީ ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ސެންޓު (ޕާފިއުމް)ތަކުގެ އަތަރު އޮއިލް ދިވެހިންނަށް ތައާރަފްކޮށްފައެވެ.

އެގޮތުން "އޫދު އަލް ސަބާޔާ"އިން ވަނީ ޑިއޯ ޖޯއި، އެސްއައި ޕެސަން، އަރްމާނީ އަދި ގުޑް ގާލް ވެލްވެޓް ފަޓެލް އަދި ވަން މިލިއަންގެ އަތަރު އޮއިލް ތައާރަފްކޮށްފައެވެ.

މީގެ ތެރެއިން ވަން މިލިއަން ފިޔަވާ އެހެން ހުރިހާ އަތަރު އޮއިލް އަކީ އަންހެނުންނަށް ހާއްސަ އަތަރެވެ. ވަން މިލިއަން އަކީ ފިރިހެނުންނަށް ހާއްސަކޮށްގެން އެންމެ ފަހުން ނެރިފައިވާ ސެންޓެވެ.

މިކަމާއި ބެހޭ ގޮތުން "ވަގުތަށް" މައުލޫމާތު ދެއްވަމުން "އޫދު އަލް ސަބާޔާ"ގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ޝަބީން ވިދާޅުވީ ޕާފިއުމްއަށް ވުރެއް ޕާފިއުމް އޮއިލްގެ ވަސް ގަދަވާނެ ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް. ޕާފިއުމްއަށް ވުރެ އޮއިލްގެ ވަސް ގަދަވާނެ. އަދި އަގުގެ ގޮތުން ބަލާއިރު އޮއިލްގެ އަގު މާ ބޮޑަށްވެސް ހެޔޮވާނެ" ޝަބީން ވިދާޅުވިއެވެ.

"އޫދު އަލް ސަބާޔާ"އަކީ ރާއްޖޭގެ ފުރަތަމަ އަތަރު ބްރޭންޑެވެ. "އޫދު އަލް ސަބާޔާ"އިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ އޫދު އަލް ސަބާޔާގެ ޕްެރޮޑަކްޓްސް އޮންލައިންކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްކޭގެ އޮންލައިން ޕްލެޓް ފޯމެއް ގާއިމް ކުރުމުގެ މަސައްކަތެވެ. "އޫދު އަލް ސަބާޔާ" ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ އެތަށް ބައެއްގެ ލޯބި ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުރެކި ރަނިން

    ވައްކަން ކުރާ ކޮންމެ ބަޔަކަށްވެސް ގިނަ ބައެއްގެ ލޯބި ލިބޭނެ..

  2. ޢެކުއްޖާ

    މިތަން އިންނަނީ ކިހާ ހަމައެއްގައި

  3. ހުސޭނުބޭ

    ހަޤީޤީ ސޭލް ފަދަ ފިހާރަތަކުން ތި ގަނޑު ގަންނަތާ ކޮން ޒަމާނެއް މިހާރު! ޔޫއޭއީ އިން މަޝްހޫރު ސެންޓްތަކުގެ އަތަރު 1 ލިޓަރު ފުޅީގައި ލިބެން ހުންނާނެ! އެއިން ފުޅިއެއް ގެނެސް ވިއްކާ ނިމޭއިރު 12 ފުޅީގެ އަގު ފިހާރަތަކުން ނަގާނެ!

  4. ޗޮކޮސް

    ތި އޫދު އަލްސަބާއިން އަތަރު ވިއްކަނީ ހާދަ އަގުބޮޑުކޮށޭ. މާލޭގައިވެސް ވަރަށް ގިނަ ތަންތަނުން މިހާރު އަތަރު ވިއްކަން ހުރޭ.
    އަހަރެންވެސް ކުރިން މިތަނުން އަތަރު ގަނެ އުޅުނިން. އެކަމު އަގުބޮޑުކަމުން މިހާރު އަތަރު ގަންނަނީ އެހެނިހެން ފިހާރަތަކުން.