ރާއްޖޭގެ ބާޒާރުގައި ހުރި "ޑަންކޭން ހައިންސް" ބްރޭންޑުގެ ބައެއް ބެޗުތަކުގެ ކޭކް މިކްސް، ބާޒާރުން ނެގުމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން މިގޮތަށް އަންގާފައިވަނީ، އެމެރިކާގެ ފުޑް އެންޑް ޑްރަގް އަދި ޑިސީސް ކޮންޓްރޯލް އިން "ސަލްމޮނެއްލާ" ޖަރާސީމުގެ މައްސަލައެއް ތަހުގީގު ކުރަމުންދާއިރު، އެޖަރާސީމު ފެތުރެން މަގުފަހިވެފައިވަނީ ޑަންކަން ހައިންސްގެ ކޭކް މިކްސްގެ ބައެއް ބާވަތްތަކުންކަން ހާމަވެފައިވާތީއެވެ.

އެ އޮތޯރިޓީ އިން އިތުރަށް ބުނެފައިވާ ގޮތުގައި މި ކޭކް މިކްސް އުފައްދާ ކުންފުނިންވެސް ވަނީ އުފެއްދުންތައް ރީކޯލް ކޮށް، ބާޒާރުން ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން، ރާއްޖޭގެ ބާޒާރުގައިވެސް އެބާވަތްތައް ބެހެއްޓުމާއި، އެބާވަތްތައް ރާއްޖެއަށް އެތެރެ ކުރުމަކީވެސް މަނާކަމެއްކަމަށް ބުނެފައިވެއެވެ.

ބާޒާރުން ނެގުމަށް އެންގި އުފެއްދުންތައް

އެމްއެފްޑީއޭ އިން އާއްމުކޮށްފައިވާ ބެޗުތަކުގެ، މި ބްރޭންޑުގެ ކޭކް މިކްސް ވިއްކަން ހުރިކަން ފާހަގަވެއްޖެނަމަ، އެ އޮތޯރިޓީގެ ނަމްބަރު 3014361 އެންގުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު