ޒީނަތްތެރިކަމަކީ ގިނަބަޔަކު އެކަމަށް ލޯބިކުރާ ކަމެކެވެ. މިކަމުގައި ވަކި އުމުރެއް ވަކި ޖިންސެއް ނެތެވެ. ނަމަވެސް ބައެއްފަހަރު ޒީނަތްތެރިވުމަށް ބޭނުންކުރެވޭ ސާމާނުގެ ސަބަބުން ސިއްހީ އެކި މައްސަލަތަށް ކުރިމަތިވެއެވެ. އަދި ބައެއް ފަހަރު ބޮޑެތި ބަލިމަޑުކަމާއިވެސް ކުރިމަތިލާންޖެހޭ ފަހަރު އާދެއެވެ. އެހެންކަމުން ފެންވަރު ރަނގަޅު އަދި ހަންގަނޑަށް ފައިދާހުރި ސާމާނު ބޭނުންކުރަން ހާއްސަ އިސްކަމެއްދޭން ޖެހެއެވެ.

ޒީނަތްތެރިވުމަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު އަތްފޯރާ ފަށުގައި މިއަދު ދިވެހިންނަށް ލިބޭނެ މަގު ބިއުޓީ ސީކްރެޓްސް އެމްވީއިން މިވަނީ ތަނަވަސްކޮށްދީފައެވެ.

ޒީނަތްތެރިވުމުގެ އެތަކެއް ސަމާނެއް އެއްތަނަކުން ލިބެން ހުންނަ ބިއުޓީސީކްރެޓްސް އެމްވީ އަކީ އޮންލައިން ޕޭޖެކެވެ.

ބިއުޓީ ސީކްރެޓްއިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި ހަންގަނޑު ދުޅަހެޔޮކަމާއި ރީތިކަން މަތީ ބެހެއްޓުމަށް އެހީވެދޭ ތަފާތު ޕްެރޮޑަކްޓްސް އާއި އިސްތަށި ފޭބުމާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް އެހީވެދޭ ޕްެރޮޑަކްޓްސްގެ އިތުރުން މޭކަޕް ކުރުމަށް ބޭނުންކުރާ އެކި އެކި ސާމާނު ހިމެނެއެވެ.

މީގެ އިތުރުން ބިއުޓީ ސީކްރެޓްސް އެމްވީއިން ބަރުދަން ލުއިކޮށް މީހާ ލޫޅާފަތިކަންމަތީ ބެހެއްޓުމަށް އެހީވެދޭ އެކި ކަހަލަ ސާމާނު ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ. އަދި ހަށިގަނޑުގެ ބައްޓަން ރީތިކޮށްދޭ ފެންވަރު ރަނގަޅު އެކި އެކި ޕްރޮޑަކްޓްތަށް ވެސް ބިއުޓީސީކްރެޓް އެމްވީ އިން ލިބެން ހުންނާނެއެވެ.

ބިއުޓީ ސީކްރެޓްސް އިން ވިއްކާ ހުރިހާ ޕްރޮޑަކްޓަކީ ފެންވަރު ރަނގަޅު އަދި އެއްވެސް ސައިޑް އެފެކްޓެއް ނާންނަ ޕްރޮޑްކްޓް ތަކެކެވެ.

ބިއުޓީ ޕްލަސް އަށް ގުޅޭނީ: 9744014 ނަންބަރު ފޯނުންނެވެ.