އިނގިރޭސިވިލާތުގެ މަޝްހޫރު ކޮފީ ބްރޭންޑް ކޯސްޓާ ކޮފީގެ އައުޓްލެޓްއެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިންޓަރނޭޝަނަލް ޓާމިނަލްގެ ޑިޕާޗަރ އޭރިޔާގައި މިއަދު ހުޅުވައިއިފިއެވެ.

މިއަދު ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓްގައި އޮތް ރަސްމިއްޔާތެއްގައި މިއައުޓްލެޓް ހުޅުވާދެއްވާފައި ވަނީ އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އާދިލް މޫސާ އާއި އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލްގެ މިރީޖަންގެ ޖެނެނަލް މެނޭޖަރ ދުރްގާ ދޭވް ޝެޓީ އެވެ.

ކޯސްޓާ ކޮފީގެ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ކޯސްޓާ ކޮފީގެ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ

އައުޓްލެޓް ހުޅުވާ ދެއްވުމަށްފަހު ވާހަކަދައްކަވަމޖން އެއަރޕޯޓްސް ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރ އާދިލް ވިދާޅުވީ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިފަދަ އައުޓްލެޓްއެއް މިހުޅުވީ ޓާމިނަލްގައި ޕަސެޖަރުންނަށް ލުއި ފަސޭހަތަކަށް ކަމަށެވެ. "އަޅުގަނޑުމެން މިފަދަ އައުޓްލެޓްއެއް މިހުޅުވީ ޕަސެންޖަރ އެކްޕީރިއަސް ރަނގަޅު ކުރުމުގެ ގޮތުން." އާދިލް ވިދާޅުވިއެވެ.

އާދިލް އިތުރަށް ވިދާޅުވީ ގޭޓް ހޯލްޑިންގް އޭރިޔާ ޕަސެންޖަރުންނާއި ރައްޓެހި ތަނަކަށް ހެދުމުގެ ގޮތުން ތަފާތު މަސައްކަތްތައް ޖާގަ އޮތް މިންވަރަކުން ކުރަމުން އަންނަ ކަމަށާއި ފުޑް އައުޓްލެޓް އަކީ މީގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ. މީގެ އިތުރުން ކުޑަކުދިން ކުޅޭނެ ވަކި ސަރަހައްދަކާއި ޑިއުޓީ ފްރީ ޝޮޕްތައް ހުޅުވަމުން އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޯސްޓާ ކޮފީގެ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ކޯސްޓާ ކޮފީގެ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިންޓަރނޭޝަނަލް ޓާމިނަލްގެ ޑިޕާޗަރ އޭރިޔާގައި ގްލޯރިޔާ ޖީންސްގެ އައުޓްލެޓްއަކާއި ޑައިރީ ކްއީން އައުޓްލެޓްއެއްގެ ޚިދުމަތް މިހާރުވެސް ދަނީ ދެމުންނެވެ.

ކޯސްޓާ ކޮފީގެ އިތުރު އައުޓްލެޓަކާއި އިތުރު ދެ ފުރެންޗައިސް ރެސްޓޯރެންޓް، ޕިއްޒާ ހަޓް އަދި ކޭއެފްސީ، އާއިއެކު މީގެ މަހެއްހާ ދުވަސް ކުރިން ވެލޭނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވޯޓަރ ފްރޮންޓް އިމާރާތް ވަނީ ހުޅުވާފައެވެ.

ކޯސްޓާ ކޮފީއަކީ 1995 ވަނަ އަހަރު ހުޅުވާ އަދި މިހާރު ދުނިޔޭގެ 32 ޤާއުމެއްގައި 3،401 އައުޓްލެޓް ހިންގަމުން އަންނަ ކުންފުންޏެކެވެ. ކޮކޯ ކޯލާއިން ވަނީ އޯގަސްމަހުގެ 31 ވަނަ ދުވަހު މިކުންފުނި ގަންނާނެކަން ހާމަކޮށްފައެވެ.