ޚާއްސަ ޑިސްކައުންޓަކާއެކު ޔަންމާ ޖަނެރޭޓަރުތަކަށް ހާއްސަ ޕްރޮމޯޝަނެއް އެމްޓީސީސީން ފަށައިފިއެވެ.

"ޔަންމާ ޖަނަރޭޓަރު ސާބަސް" ގެ ނަމުގައި މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންއާ ގުޅޭ ގޮތުން މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ އިސްމާއިލް އަދުހަމް ވިދާޅުވީ، އެމްޓިސީސީން ޖެނެރާޓަރުތަކަށް ހާއްސަކޮށް މިހާރު ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި 15 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ޖެނެރޭޓަރުތަކުގެ ހުރިހާ ރޭންޖެއް ހިމެނެއެވެ. އޭގެ ތެރޭގައި އިންޑަސްޓްރިއަލް އާއި، ޕޯޓަބަލްގެ އިތުރުން މެރިންނެވެ. މި ތިންވައްތަރުގެ ޖެނެރޭޓަރުތަކުންވެސް 15 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެކަމަށް އަދްހަމް ވިދާޅުވިއެވެ.

މިއީ މި ޕްރޮމޯޝަން ކުރިއަށްގެންދާތާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު