24 ގަޑިއިރަށް ވިޔަފާރިތައް ހުޅުވާފައި ބަހައްޓަން އާ ސަރުކާރުން ތައްޔާރުވަން ފަށައިފިއެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަންކަން މިއަދު އިއުލާން ކުރައްވާފައިވާއިރު އޭގެތެރޭގައި 24 ގަޑިއިރަށް ވިޔަފާރި ހުޅުވޭ އުސޫލެއް ކަނޑައެޅުން ހިމެނެއެވެ،

24 ގަޑިއިރަށް އެންމެ ފުރަތަމަ ވިޔަފާރިތައް ހުޅުވާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންނެވެ.

މީގެއިތުރުން ރައީސް ސޯލިހުގެ 100 ދުވަހުގެ ތެރޭގައި ވިޔަފާރީގެ ދާއިރާ އިން ކުރަން ރާވާފައިވާ ކަންކަމަށް ބަލާއިރު، ވިޔަފާރިތަކަށް ދަތިވާ ގޮތަށް ހަދާފައިވާ ގަވާއިދުތައް ބަދަލުކުރުން ވެސް ހިމެނެއެވެ.

މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދާ އެސްއެމްއީ ބޭންކުގެ ހިދުމަތް ދޭން ފެށުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށް ހާއްސަ އުސޫލެއް އެކުލަވާލުމާއި، ކޮންސިއުމަރ ޕްރޮޓެކްޝަން ގާނޫނެއް ވެސް މަޖިލީހަށް ހުށަހެޅުމެއް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހ

    ކިހާ ދެރަ ކަމެއް . އެކަމުގެ ގެއްލުން ބޮޑުކަމުން ކުރިން އޮތް ގޮތް އުވާލާފަ ރޭގަނޑު 10 އަށް ހެދީވެސް .

  2. ކޮފީ

    ބިރުވެރި ނުރައްޖަލުގެ ރަނގަބީލު

  3. ސާބަހޭ

    ސާބަހޭ. ރާއްޖެއަކީ މުސްލިމް ގައުމެއް. ބަންގިއަށް ފިހާރަތައް ބަންދުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަަމެއް. 10-8 އަށް ކުރީ ސަރުކާރުން ހެދުމުން ހާދަ އުދަގޫ ވިޔޭ. ޑިޔުޓީ ނިމޭ ބައެއް ރޭރޭ 10 ގެ ފަހުން. ގެއަށް އެއްޗެއް ގަންނާނެ ވަގުތެއް ނުވޭ. ސާބަހޭ.

  4. ކެޑީ

    ރޭގަނޑާއި ދުވާލު މިދުނިޔެ މަތީ އިންސާނުން ނަށް ލައްވަވާފައި ވަނީ ކަމެއް ވީމަ، އެވަރު ނޭންގޭ ޖާހިލުން ބާ އަޅޭ! ދެން ހަމަ ޒުވާނުން މަގުތަށް މައްޗައް ދަންވަރު ގިނަވާނެ ގޮތެއް ތިޔަ ހޯދަނީ ދަޅު ފުޅި ސިނގިރޭޓު ބޮއެ ކަންމަތީ ޒުވާނުން ނަށް ވަރަށް ރަގަޅު ކަމެއް ތިޔަ ކޮށްދެނީ

  5. ސާބަހޭ

    80އިގެ އަހަރުތައް ފަހަނަ އަޅާ ގޮސްފި. މިޒަމާނުގަ ރޭގަނޑެއް ދުވާލެެއް އޮންނަ ކަމަކަށް ގަބޫލެއް ނުކުރެވޭ. ރޭގަނޑު ލައްވާފައި އޮންނީ ނިދުމަށް، ރަނގަޅު. އެކަމަކު ޝިފްޓް ޑިޔުޓީ ހަދާ މީހުންގެ ވާހަލަ ނުބުނީ ކީއްވެ. މުޅި ގައުމް 10 ޖަހާއިރު ނިދާތަ؟ނިދޭތަ؟ 10ގަ ބަންދު ކުރއިރުވެސް މާރާމާރީ ހިންގި. މީހުން މެރި. ކޮސް ނުގޮވާ! ޝުކުރިއްޔާ އާސަރުކާރަށް.

  6. ހަސަން

    މިސަރުކާރު ކަޑަ.

    • ނޭމާ

      ކަލެއަށް ކަޑަޔަކަސް މިސަރުކާރު ހަބޭސް ހަމަ. ޝުކުރިއްޔާ ރައީސް އިބޫ

  7. ނުރަބޯ

    ފިހާރަތައް 24 ގަޑިއިރު ހުޅުވާފަ ބެހެއްޓުމަކީ ކޮންމެހެން ބޭނުން ކަމެއްނޫން. އެހެނެއްނޫން ކަނޑައެޅޭ ވަކި ބަޔަކަށް އެ ފުރުޞަތު ދީފަ އޮތުން އެއީ މައްސަލައެއް ނޫން ކަންނޭނގެ.

  8. 10 ޖެހީ

    އަވަހަށް ފިހާރަތައް ބަންދުކުރުވީ ވަގުންނާްއި ގޭންގުސްޓާރުންނަށް ފުރުޞަތު ހޯދައިދޭން. މާރާމާރިއާއި މީހުން މެރުން އިތުރުވި ވަރު މިކަމުގެ ހެއްކަކަށް ފުދޭ.

    • ނާނު

      ތީވަރަށް ބޮޑުތެދެއް..ވަގުންނާއި ފޭރޭ މީހުންނަށް ޗާންސްދޭން ޔާމީން ހޭވި ހަޑިއެއް..24 ގަޑިއިރަށް ހުޅުވުން މަތާއީދު..

  9. ޙަފްޞާ / މާލެ

    ރޭގަނޑު 10 ޖަހާއިރު ޢާއްމު ވިޔަފާރި ފިހާރަތައް ބަންދުކުރާގޮތަށް ހަމަޖެއްސުމަކީ ރައީސް ޔާމީން ކުރެއްވި ރަގަޅުކަމެއ! ގިނަ ޤަވްމުތަކުގަވެސް މިކަން އޮތީ އެގޮތަށް! ތައިލޭންޑްގައި ރޭގަނޑު 8 ޖަހާއިރު ޢާއްމުފިހާރަތައް ބަންދުކުރޭ! ތިޔައުޅޭނީ އަލުންވެސް ޝައިޠާނީ މަގުތަކަށް މީހުން ގެންދަން!