ބޮޑު ޗުއްޓީއެއް ފަށަން ތައްޔާރުވަނީއެވެ. ޗުއްޓީއަކީ އަބަދު ކުޅުމުގައި އުޅެން ޖެހޭނެ ދުވަސްތަކެއް ނޫނެވެ. ކިޔެވުމަށްވެސް ކޮންމެވެސް ވަރެއްގެ ސަމާލުކަން ދޭން ޖެހޭނެއެވެ.

އެކަމަށް އެހީއެއްގެ ގޮތުން ވުމެން ސެންޓަރގެ ފަރާތުން ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމަށް މި ވަނީ ނިންމާފައެވެ. މިއީ އެ ކުދިން ކިޔެވުމުގައި އުޅުމަށާއި، ކޮންމެވެސް ވަރެއްގެ ސަކަރާތާއި މަޖަލުގައި ކުރިއަށްގެންދާނެ ސެޝަންތަކެކެވެ.

މި ސެޝަންތަކުގައި ބައިވެރިވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މި މަހުގެ 22 ވަނަ ދުވަހުގެ ކުރިން މި ސެޝަންތަކުގައި ބައިވެރިވާން ނަން ނޯޓު ކުރަން ޖެހޭނެއެވެ. އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ކުދިންނަށް ނޭގޭ އެތައް މައުލޫމާތުތަކެއް ލިބި ކިޔެވުމަށް އިތުރަށް ޝައުގުވެރިވާނެކަން ޔަގީނެވެ.

ވިމެން ސެންޓަރއިން ކުރިއަށްގެންދާ ޕްރޮގްރާމްތަކާއި ގުޅޭ ޕޯސްޓަރެއް

"ހޮލިޑޭ ޕްރޮގްރާމްސް" މި ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމްތަކަކީ އުމުރުން 3 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ޕްރޮގްރާމްތަކެވެ.

ހަ ޕްރޮގްރާމެއް ފަށަން މި ވަނީ ނިންމާފައި

ފޮނިކްސް:

މި ޕްރޮގްރާމަކީ އުމުރުން ތިން އަހަރާއި ހަތަރު އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މި މަހުގެ 25 އިން ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މި ޕްރޮގްރާމް އޮންނާނީ ކޮންމެ ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު އެއް ގަޑިއިރަށެވެ. އަގަކީ 1000 ރުފިޔާއެވެ.

މި ޕްރޮގްރާމްގެ ތެރެއިން އެ ކުދިންނަށް އަކުރު އުނގަންނައިދޭނެއެވެ.

ލިޔަން ކިޔަން ދަސްކުރުން:

މި ޕްރޮގްރާމަކީ އުމުރުން ހަތަރު އަހަރާއި ފަސް އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މި މަހުގެ 25 އިން ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މި ޕްރޮގްރާމް އޮންނާނީ ކޮންމެ ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ދޮޅު ގަޑިއިރަށެވެ. އަގަކީ 1500 ރުފިޔާއެވެ.

މިއީ ލިޔަން ކިޔަން ދަސްކޮށް ދިނުމަށްޓަކައި ހިންގާ ޕްރޮގްރާމެކެވެ.

ރެޑީ ފޯ ގްރޭޑް ވަން:

މި ޕްރޮގްރާމަކީ އުމުރުން ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މި މަހުގެ 25 އިން ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މި ޕްރޮގްރާމް އޮންނާނީ ކޮންމެ ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ދެގަޑިއިރަށެވެ. އަގަކީ 1500 ރުފިޔާއެވެ.

ވިމެން ސެންޓަރއިން ކުރިއަށްގެންދާ ޕްރޮގްރާމްތަކާއި ގުޅޭ ޕޯސްޓަރެއް

މިއީ ގްރޭޑް އެކަކަށް ދާ ކުދިން، ގްރާޑް އެކެއްގެ ސިލަބަހަށް އަހުލުވެރި ކުރުވުމަށްޓަކައި ފަށާ ޕްރޮގްރާމެކެވެ. މިހާރުވެސް މިޕްރޮގްރާމްގެ ފުރަތަމަ ބެޗް ކުރިޔަށް އެބަދެއެވެ.

ފިޓްނެސް ފޯ ފަން

މި ޕްރޮގްރާމަކީ އުމުރުން ހަތް އަހަރާއި 10އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މި މަހުގެ 25 އިން ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މި ޕްރޮގްރާމް އޮންނާނީ ކޮންމެ ހަފްތާއަކު ތިން ދުވަހު،ކޮންމެ ދުވަހަކު އެއް ގަޑިއިރަށެވެ. އަގަކީ 800 ރުފިޔާއެވެ.

މިއީ އެ ކުދިންނަށް ފިޓްނަސްގެ މުހިންމުކަމާއި، ފިޓްނަސްއާއި ގުޅޭ މައުލޫމާތު ފިޓްނެސްގެ ހަރަކާތްތަކާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ވިމެން ސެންޓަރުގެ އެތެރެ،ކުޑަކުދިންނާއި ވަރަށް ރަހުމްތެރިކޮށް ހަދާފައިވާ ތަނެއް : ވަގުތު އިމޭޖަސް އަޝްހާދު އަބްދުﷲ (ޖެރީ)

ވެލިއު އެޑިއުކޭޝަން

މި ޕްރޮގްރާމަކީ އުމުރުން 10 އަހަރާއި 13އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ޑިސެންބަރު މަހުގެ ދެ ވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މި ޕްރޮގްރާމް އޮންނާނީ ކޮންމެ ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ދެގަޑިއިރަށެވެ. އަގަކީ 1500 ރުފިޔާއެވެ.

މިއީ އަންހެން ކުދިންނަށް ހާއްސަ ކޭމްޕެކެވެ. މި ކޭމްޕްގައި ކުދިންނަށް ރިވެތި އާދަކާދަތަކާއި ވެލިއުސްތައް ދަސްކޮށްދިނުމާއި އެއާދަތައް ދިރިއުޅުމުގެ އެކިއެކި ކަންކަމުގައި ބޭނުންކުރާނެ ގޮތްތަކާއި، ދިރިއުޅުމުގައި ރަނގަޅު ޕޮސިޓިވް ޒިންމާދާރު ނިންމުންތައް ނިންމުމުގައި ބޭނުންކުރާނެ އުކުޅުތައް ދަސްކޮށްދިނުމާއި، މުޖުތަމައުގައި މީހުންނަށް ޤަދަރުކުރާ، އަމިއްލަ ނަފްސަށް އިތުބާރުކުރާ ކަންކަމުގައި ކެރޭ ކުދިންތަކެއް އުފެއްދުމުގެ ގޮތުން އެކިއެކި ޢަމަލީ ޙަރަކާތްތަކާއެކު ކުދިންނަށް މަޖާ މާހައުލެއްގެ ތެރެއިން ކިޔާދެވޭނެއެވެ. މީގެ ތެރެއިން އާޓްސް އެންޑް ކްރާފްޓް، ޕާސަނަލް ހައިޖީން، އިސްލާމީ ރިވެރި އުސޫލުތައް ކުދިންނަށް ކުޅުމުގެ ތެރެއިން އެ ކުދިންނަށް ވެލިއުސް ދަސްކޮށްދިނުން ހިމެނޭނެއެވެ. އަދި ސެލްފް ޑިފެންސް އާއި ސެލްފް ކެއާގެ ބައިވެސް ކުރިއަށްދާނެއެވެ.

ވިމެން ސެންޓަރުގެ ކުކުޑަކުދިންގެ ހާއްސަ ކޮޓަރި : ވަގުތު އިމޭޖަސް އަޝްހާދު އަބްދުﷲ (ޖެރީ)

ވިތް ހާ، އަ ސްކްލިޑް ގާލް ފޯސް

މި ޕްރޮގްރާމަކީ އުމުރުން 13 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މި މަހުގެ 25 އިން ޑިސެންބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މި ޕްރޮގްރާމް އޮންނާނީ ކޮންމެ ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު އެއް ގަޑިއިރަށެވެ. އަގަކީ 2000 ރުފިޔާއެވެ.

މި ކޭމްޕަކީ ކުދިން ވަޒީފާގެ މާޙައުލަށް އަހުލުވެރިކުރުވުމަށާއި، މުޖުތަމަޢުގައި މި އުމުރުފުރައިގެ ކުދިންނަށް ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލާނެ ހުނަރުތައް ކުދިންގެ ގައިގައި އަށަގެންނެވުމުގެ ގޮތުން ހިންގޭ ކޭމްޕެކެވެ. މީގެ އިތުރުން، ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ބާރުއެޅުވުމުގެ ގޮތުން އެކި ކަހަލަ ޙަރަކާތްތައް ކުރިއަށް ދާނެއެވެ.

ވިމެން ސެންޓަރއިން ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮގްރާމްތަކާއި ގުޅޭ ޕޯސްޓަރެއް

މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް 7318383 އަށް ނުވަތަ ފޭސްބުކް ޕޭޖަށް މެސެޖްކޮށްގެންވެސް ބައިވެރިވެވޭނެއެވެ.

ވިމެން ސެންޓަރއިން ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮގްރާމްތަކާއި ގުޅޭ ޕޯސްޓަރެއް

ވިމެން ސެންޓަރއަކީ ކޮން ތަނެއް؟

ވިމެން ސެންޓަރުގެ މައިގަނޑު މަޤްސަދަކީ އަންހެނުންނަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި އިޖުތިމާއީ އަދި އިޤްތިޞާދީ ގޮތުންވެސް ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އެހީތެރިވުމެވެ. މިގޮތުން މި ސެންޓަރުން ކަސްރަތު ޕްރޮގްރާމާއި، ކައުންސެލިންގ އަދި ސަޕޯޓް ގްރޫޕްގެ ޚިދުމަތާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގޭ އެކިއެކި ޕްރޮގްރާމްތަކާއި، މުޖުތަމައުގައި ދިމާވާ އެކިއެކި ކަންކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމްތައް ހިންގައެވެ.