ރާއްޖޭގެ އެންމެ މަގުބޫލް ޓެލެކޮމިޔުނިކޭޝަން ކުންފުނި ކަމަށްވާ ދިރާގުން ރާއްޖެއަށް 5 ޖީ ތައާރަފްކުރުމަށް ތައްޔާރުވެއްޖެ އެވެ.

މިއަދު ދިރާގް ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި ވަނީ އެ ކުންފުނިން ތައާރަފް ކުރުމަށް ތައްޔާރުވަމުންދާ 5ޖީ ހިދުމަތުގެ ޑިމޮސްޓްރޭޝަން އެއް ދައްކާލާފައެވެ.

ދިރާގުން މައުލޫމާތު ދޭގޮތުގައި މިއަދު ޑިމޮސްޓްރޭޝަން ދައްކާލި 5ޖީ ގެ ހިދުމަތް ރާއްޖެއަަށް ދެވެން ފަށާނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. އެ ކުންފުންނިން މައުލޫމާތު ދޭ ގޮތުގައި 5ޖީ ގެ ހިދުމަތް ދެކުނު އޭޝީ ސަރަހައްދުގައި ފުރަތަމަ ޑިމޯ ކުރި ކުންފުނިތަކުގެ ތެރޭގައި މިހާރު ދިރާގު ހިމެނިގެން ގޮސްފައިވާކަމަށެވެ.

ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ވިދާޅުވީ ދިރާގުން ދަނީ އަބަދުވެސް ރާއްޖެއަށް އާޓެކްނޮލޮޖީ ތައާރަފް ކުރަމުން ކަމަށާއި ކުންފުނީގެ މަގުސަދަކީ މުސްތަގުބަލަށް ބޭނުންވާ ޓެކްނެލޮޖީ ތައާރަފް ކުރުމަށް ތައްޔާރުވެގެން ތިބުން ކަމަށެވެ.

"މި ކުންފުނިން މިހާރު އެންމެ ބޮޑު އަހަމިޔަތުކަމެއް ދީގެން މި ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބްރޯޑް ބޭންޑުގެ ހިދުމަތް ފޯރުކޮށް ދިނުން, މި ކުންފުންނިން ވަނީ ބޮޑެތި ކުރިއެރުން ތަށް މި ވޭތުވެދިތަ އަހަރުތަކުގެ ތެރޭގައި ހޯދާފައި އެގޮތުން ފުރަތަމަ 4ޖީ ޕްލަސްގެ ހިދުމަތް ރާއްޖެއަށް ތައާރަފް ކުރިީ ދިރާގުން" އިސްމާއީލް ރަޝީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި 5ޖީ ހިދުމަތުގެ މައުލޫމާތު ދެއްވަމުން ދިރާގުގެ ސީނިއާ މެނޭޖާ ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ވިދާޅުވީ އާ ނެޓްވޯކާއި އެކު ލިބޭ ހަލުވި ސްޕީޑުގެ ސަބަބުން ޒަމާނީ އާ އުފެއްދުންތަކަށް ވަރަށް ބޮޑު ބާރެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ފާސްޓް ގޭމިން އަށް ވެސް މި ހިދުމަތް ވަރަށް ފުރިހަމަ ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ދިރާގު އަބަދުވެސް އޮންނާނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ގެނެސް ދިނުމުގައި, ކުންފުނީގެ ބޭނުމަކީ މި ޖަޒީރާ ގައުމު ޑިޖިޓަލް ޖަޒީރާ ގައުމަކަށް ހެދުން" މިރުޝާން ވިދާޅުވިއެވެ.

ދިރާގުން 5ޖީ ތައާރަފް ކުރުމަށް ތައްޔާރުވަމުން ދާއިރު، ދިރާގުން އަންނަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 3ޖީ އަދި 4ޖީގެ ހިދުމަތް ދެމުންނެވެ.

5ޖީ ޓެކްނޮލަޖީ އާއެކު އިންޓަނެޓު ސްޕީޑު އެތަށް ގުނައެއް ހަލުވި ވާނެއެވެ. ހަލުވި އިންޓަނެޓު ތަޖުރިބާކުރުމަށް 5ޖީ ކަނެކްޝަން ބޭނުން ކުރާ ފޯނަކަށް މިހާރު ގެންގުޅޭ ފޯނުތައް ބަދަލު ކުރަންޖެހޭނެއެވެ.