އަންނަ އަހަރު ރާއްޖޭގައި ދުނިޔެއަށް ނަން މަޝްހޫރު ބްރޭންޑްތަކަށް ނިސްބަތްވާ އަގުބޮޑު ތިން ރިސޯޓެއް ހުޅުވަން ތައްޔާރު ވަމުން އަންނަ ކަމަށް ފަތުރުވެރިކަމުގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

އަންނަ އަހަރު ރާއްޖޭގައި ހުޅުވާނެ އެންމެ ފާހަގަ ކޮށްލެވޭ އެއް ރިސޯޓަކަށް ވެގެން ދާނީ "ހާޑް ރޮކް ހޮޓެލްސް" އިން އެނބޫދޫ ފަޅުގައި ހުޅުވާ ރިސޯޓެވެ. އެނބުދޫ ފަޅު ހިއްކައިގެން ތައިލެންޑްގެ ކުންފުންޏަކުން ތަރައްޤީ ކުރަމުން ގެންދާ ރިސޯޓްތަކުގެ ތެރެއިން ފުރަތަމަ ހުޅުވާ ރިސޯޓް ހިންގާނީ ދުނިޔެ އަށް މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ހާޑް ރޮކް ހޮޓެލްސް" އިންނެވެ. މިރިސޯޓް ވެގެން ދާނީ ހާއްސަކޮށް މިއުޒިކަށް ލޯބި ކުރާ ފަރާތްތަކުން ޗުއްޓީ ހޭދަކުރުމަށް ވަރަށް ރަނގަޅު ރިސޯޓަކަށެވެ.

އޭގެ އިތުރުން ތަފާތު ކެއުންތަކަށް ލޯބި ކުރާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ޚިދުމަތްތައް މިރިސޯޓްގެ ރެސްޓޯރެންޓްތަކުން ލިބިގެންދާނެއެވެ.

މިރިސޯޓް ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗް މަހު އެވެ.

ދެން އެންމެ ފާހަގަ ކޮށްލެވޭ ރިސޯޓަކީ ވެސް އެނބޫދޫ ފަޅުގައި ތަރައްޤީ ކުރަމުން އަންނަ ރިސޯޓެކެވެ. މަޝްހޫރު ހިލްޓަން ކުންފުނިން ހިންގާ އެރިސޯޓް ހިންގާނީ ސައި ލެގޫން މޯލްޑިވްސްގެ ނަމުގައެވެ.

ބީޗްފްރާންޓާއި ވޯޓާވިލާ ވެސް ހިމެނޭ ގޮތައް ޖުމްލަ 200 ވަރަކަށް ކޮޓަރި މިރިސޯޓްގައި ހުންނާނެއެވެ. ރިސޯޓްގެ އެންމެ ފުރިހަމަ އެއް ޚިދުމަތަކަށް ވާނީ ވަރަށް ހާއްސަ ކެއުންތަކެއް މިރިސޯޓުން ލިބިގެން ދިއުމެވެ.

މިރިސޯޓް ހުޅުވޭނެ ކަމަށް ބެލެވެނީ އަންނަ އޭޕްރިލް މަހު އެވެ.

ތިން ވަނަ ރިސޯޓެއްގެ ގޮތުގައި އަންނަ އަހަރު ހުޅުވޭނީ ދ.އަތޮޅު މާގައުގައި ތަރައްޤީ ކުރަމުން އަންނަ ބެގްލިއޯނީ ހޮޓެލްސް އިން ހިންގާ ރިސޯޓެވެ. އަންނަ އަހަރުގެ މާޗް މަހު ހުޅުވޭނެ ކަމަށް ބެލެވޭ މިރިސޯޓްގައި 96 ވިލާ ހުންނާނެއެވެ.

މިރިސޯޓް ވެގެން ދާނީ އިޓަލީގެ ލަގްޒަރީ ފެންވަރަށް ތަރައްޤީ ކޮށްގެން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން ރަންވޭގެ މަސައްކަތް މިހާރު ނިމިފައި ވާއިރު ފަސެންޖާ ޓާމިނަލް ނިމުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 7.5 މިލިއަނަށް އިތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ވެލާނާ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރާ ފަރާތްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިބޫ (ހއ)

    އަލްޙަމްދުﷲ! ރައީސް ޔާމީންގެ މިންނެތް މަސައްކަތާއި މާތްﷲ އެމަނިކުފާނަށް ދެއްވި ހަރުދަނާ ވިސްނުމުގެ ސަބަބުން ބޭނުންފުޅު ކުރެއްވި ތަރައްޤީގެ ސިޔާސަތުގެ މޭވާ ތިހިރަ ފެންނަނީ.

    • އަދީބް

      ރާއްޖެގައި އަލަށް ރިސޯޓެއް ހުޅުވެނީ. ސުކުރިެއްޔާ ރައީސް ޔާމީން

  2. ލޯނު

    ބަލަ މިކަން އާސަރުކާރަކުން ގަބޫލެއްނުކުރާނެ ބަވެލާނާ އެއަރޕޯރޓް ތަރައްގީކުރަންނެގި 1.5 ބިލިޔަން ޑޯލަރުގެ ލޯނުގެވާހަކަދައްކާއިރު މިކަންވެސް ރައްޔަތުންވިސްނައްޖެހޭ މިރީދޫ މީހުން ހަދަނީދޮގުކަން ބަލަ ބުރިޖު ކަރަންޓް ފެން ޕާކް މިހެންގޮސް ބޮޑެތި މަޝްރޫއު ތައް ކޮބައި އެގާރަހާސް ފުލެޓް މިއިންވެސްއިގެނީ ޔާމީނު ލޯނުނަގާގެން ރައްޔަތުންނައްޓަކާ ގުރުބާނީވީކަން

  3. މީރާ

    ބަލަ މިކަން އާސަރުކާރަކުން ގަބޫލެއްނުކުރާނެ ބަވެލާނާ އެއަރޕޯރޓް ތަރައްގީކުރަންނެގި 1.5 ބިލިޔަން ޑޯލަރުގެ ލޯނުގެވާހަކަދައްކާއިރު މިކަންވެސް ރައްޔަތުންވިސްނައްޖެހޭ މިރީދޫ މީހުން ހަދަނީދޮގުކަން ބަލަ ބުރިޖު ކަރަންޓް ފެން ޕާކް މިހެންގޮސް ބޮޑެތި މަޝްރޫއު ތައް ކޮބައި އެގާރަހާސް ފުލެޓް މިއިންވެސްއިގެނީ ޔާމީނު ލޯނުނަގާގެން ރައްޔަތުންނައްޓަކާ ގުރުބާނީވީކަން