ސަރުކާރުން ބޭރުގެ ބޭންކުތަކުންނާއި ގައުމުތަކުން ބޮޑެތި ލޯނުތައް ނަގަމުން ދަނީ އެލޯނުތައް ދެއްކޭނެކަމުގެ ޔަގީންކަން އޮވެފައި ދަރަނިވެރި ނުވާނެކަން އެނގޭތީ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖެ އައިސް އުޅޭ އިންޑިއާގެ ނޫސްވެރިންގެ ގްރޫޕަކަށް އަމާޒުކޮށްގެން ދިވެހި ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖެ އަކީ ހުރިހާ ގައުމެއްގެ އިންވެސްޓްމެންޓަށް ހުޅުވާލެވިފައިވާ ގައުމެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ލޯނު ދޫކުރާ ބޭރުގެ ބޭންކްތަކުން ރާއްޖެއަށް އިތުބާރުކުރާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ކްރެޑިޓު ދޫކޮށްފައިވާ ހުރިހާ ބޭންކްތަކުންވެސް ރާއްޖެއިން އެ އިންވެސްޓްމެންޓްތައް އަނބުރާ ދެއްކުމުގެ ގާބިލުކަން ހުރިކަމަށް ގަބޫލު ކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖެއިން ލޯނުތައް ނަގަނީ ބަޖެޓު ސަޕޯޓަށް ނޫން ކަމަށާއި ލޯނުތައް ނަގަނީ އާމްދަނީ އުފައްދާ މަޝްރޫއުތައް ހިންގުމަށް ކަމަށެވެ. އަދި އެކަމުން ގެއްލުމެއް ނުވާނެ ކަމަށް ވިދާޅުވިއެވެ.

ލޯނުތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ލޯނު އަނބުރާ ދެއްކުމުގެ ގާބިލުކަން ނެތްނަމަ އެންމެ ފުރަތަމަވެސް ރާއްޖެއަށް ލޯނު ދޭން އެއްބަސް ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިދިކޮޅު އެމްޑީޕީގެ ވެރިކަން ނިމުނުއިރު މިގައުމު އޮތީ ދަރާނުވިކިބާ......؟

  2. ކޮލެޖް ބޯއި

    ބަލަ ޓޫރިސްޓުން ނާންނަން ފެށީމަ ލޯނު ނުދެއްކޭނެ