ރާއްޖޭގައި މިހާރު 144 ރިސޯޓެއް ހިންގަމުންދާ އިރު، އިތުރު 140 ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަގާމާއި ހަވާލުވެ ވަޑައިގެން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދަޅުވީ ރިސޯޓް ތަރައްގީ ކުރުމުގެ 132 މަޝްރޫއުގެ ތެރެއިން 140 ރިސޯޓެއްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ވެސް އެކި ސަބަބުތަކާ ހުރެ 54 ރިސޯޓެއްގެ މަސައްކަތް މިހާރު މަޑުޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މަޝްރޫއުގައި 93 ރިސޯޓެއްގެ ތަރައްގީގެ މަސައްކަތްތައް ދަނީ ކުރިއަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރު ތަފާސް ހިސާބުތައް ވެސް އާންމު ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ރިސޯޓްތަކުގެ އިތުރުން ޓޫރިސްޓުންނަށް ޚާއްސަ 12 ހޮޓަލާއި 508 ގެސްޓްހައުސްގެ ހިދުމަތް ދެމުން އަންނަ ކަމަށާއި އޭގެ އިތުރުން 148 ސަފާރީ އާއި 308 ޓްރެވެލް އޭޖެންސީ އާއި 272 ޑައިވް ސްކޫލް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

ޓޫރިޒަމަށް ހާއްސަކޮށްގެން 13 ރަށާއި ހަތަރު ފަޅެއްގެ އިތުރުން ދެ ބިން ގެޒެޓްކޮށް، އެއްވެސް ބަޔަކަށް މިހާތަނަށް ދޫނުކޮށް އެބަ އޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރުން ފެށިގެން 13 ރަށެއް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރައީސް އޮފީހުން ހުއްދަ ދީ ގެޒެޓް ނުކުރެވި ތިން ރަށެއް އެބައޮތެވެ.

މިނިސްޓަރު އަލީ ވަހީދު ވަނީ، ޓޫރިޒަމް މިނިސްޓްރީގެ ރިސެޕްޝަނުން ފެށިގެން އެކި ޑިޕާޓްމެންޓުތައް ނޫސްވެރިންނަށް ދައްކަވާލައްވައިފަ އެވެ. އެއީ، ނޫސްވެރިންނަށް ފަސޭހަކަމާ އެކު މައުލޫމާތު ލިބޭނެ، މިނިސްޓްރީއެއް ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމަށް ވެސް ދައުވަތު ދެއްވީ ވަރަށް މަދު މީޑިއާއަކަށެވެ.

މިނިސްޓަރު ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މައުލޫމާތުތައް ފޮރުވުމެއް ނެތި ހާމަކުރައްވާނެ ކަމަށް ވެސް ވައުދުވެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އައްޔު

    ކުރީގެ ސަރުކާރުން ޓޫރިޒަމް ކުރިއަރުވަން މަސައްކަތެއް ނުކުރޭ ބުނެ އަޑުއުފުލީމަ އަސްލުވެސް ހީކުރީ ކަމެއް ނުކުރާކަމަށް އެކަމަކު މިނިސްޓަރު ޔަގީންކޮށްދީފި ރައީސް ޔާމީންްގެ ވެރިކަމުގައި ޓޫރިޒަމް ކުރިއަރުން ގޫގުލް ސްޕީޑުގައި މަސައްކަތްތަކެއްކޮށްފައި ހުރިކަން ޝުކުރިއްޔާ މިނިސްޓަރ ދިވެހި ރައްޔިތުންނޭ ދެން ހުޅުވޭ ކޮންމެ ރިސޯޓަކީ ރައީސް ޔާމީންގެ ސަރުކާރުގެ ފޮނިމީރުކަން މި 5 އަހަރުތެރޭ ކޮންމެ 15 ދުވަހަކުން ރިސޯޓެއް ހުޅުވިޔަސް ހުޅުވޭނީ ރައީސް ޔާމީންގެ ސަރުކާރުން ފަށާފައިވާ ރިސޯޓްތަށް ދެންނެތް ބުނާނެ އެއްޗެއް ދިވެހިންނޭ ވިސްނާ ޤައުމަށް ފައިދާހުރި ކަންތައްތަކަކީ މީ ދިވެހި ރައްޔިތުންނަށްޓަކާ މިކޮމެންޓް ޖަހާލައްޗޭ.

  2. Miadhu

    130 އެއީ މިސަރުކާރު ހަވާލުވުމަށްފަހު ތަރައްގީ ކުރަން ފެށި ރިސޯޓްތައްދޯ؟

  3. Miadhu

    ތިހިރަ ކަންތައްފެނި އަނބުރާގަނެއްޖެދޯ

  4. Miadhu

    ތި130 ރިސޯޓް ނިންމާ ހުވާފަވެސް ބުނާތި މިއީ ތިމަންނަ ކުރިކަމެކޭ

  5. ޣޮގް

    ޔާމީން ކެމްޕެއިންގައި މިވާހަކަ ދެއްކިނަމަ ރައްޔިތުންނަށް އެގުނީސް މިކަންވެސް ހިނގާކަން. ވޯޓްވެސް ލިބުނީސް

  6. ޙައްގުބަސް

    މަރުޙަބާ ރައިސް ޔާމީން!! އެމަނިކުފާނުގެ މަސައްކަތް!!

  7. ޢަލީ

    ގަދަ... އެންމެވ7 ދުވަސް ތެރޭ 144 ރިސޯޓު ތަރައްގި ކުރަނަ އެފެށި. ޙެހެ. މިއަހަރު ނިމޭ އިރަށް ހުރިހާ ވައުދެއް ފުދޭނެ

  8. ލަބީބު

    ބަލަގަ ރައީސް ޔާމީންގެ ފަސްއަހަރުތެރޭގައި 96 ރިސޯޓެއް އަލަށްފަށާ 37 ރިސޯޓެއް މިހާރުވަނީ ޚިދުމަތަށްނެރެފައެވެ. 13 ރިސޯޓެއް މިއަހަރު ނިމުމުގެކުރިން ޚިދުމަތަށް ނެރެވޭނެއެވެ. އިތުރަށް ތަރައްޤިކުރާ ރިސޯޓްތަކަކީވެސް ރައީސް ޔާމީންގެ މޭސްތިރިކަމުގެ ދަށުން ޓޫރިޒަމްމިނިސްޓްރީން އެކިފަރާތްތަކާ ޙަވާލުކޮށްފައިވާ ތަންތަނެވެ. ހުއްޓިފައިހުރި 63 ރިސޯޓެއް ފެށުނީ ރިސޯޓްތަރައްޤީކުރާ ފަރާތްތަކަށް އެކަމަށް ގެންނަމުދަލުން ޑިޔުޓީކަނޑާލާ މަސައްކަތް ކުރެވޭނޭގޮތް ރައީސް ޔާމީން ހަމަޖައްސައިދިނީމައެވެ. ކޮންމެހެން ކަލޭ އަރާ ކުރެޑިޓްނަގަން އުޅޭނޭކަމެއް ނެތެވެ. ތިޔަތިބީ ކާޅު ހާލިހެދީމާ ކޮވެލިއައިސް ބިސްއަޅާބީދައިން ވެރިކަމެއް ފޭރިގަނެވިފައެވެ.

  9. ޙަމެ

    ސާބަހެ ރައީސް ޔާމީން ތީ ވެރިއެއް ވީ ލަވް ޔޫ. ޢަބަދުވެސް ހަނދާން ބަހައްޓާނަން.

  10. އެދިއެދި އެބަތިބީމެވެ

    ދިވެހިންނަށް ގެއްލިގެން އެދިޔައީ ޖަވާހިރެ އަގުބޮޑު މުތީއެއް ރޔާމީންގެ ވެރިކަން ނެތިކޮއްލުމަކީ ދިވެހިން އަމިއަތުން އަމިއްލަ ނަފުސަށްދިންގެއްލުމެ. 5އަހަރުން ކޮއްމެދިމާލަކަށް ބަލައިލިއަސް މިއީ ވިސްނާ ތަސައްވުރަށްވެސް ނުގެނެވޭފަދަ މަސައްކަތްތަކެ. ރޔާމީން އަޅުގަޑުމެންގެ އަޑުއައްސަވާަނިކުފާނުގެ ޙިދުމަތް އަޅުގަނޑުމެންނަ ބޭނުންވޭ. ދިވެހިންގެތެރޭގަތިބި ނުވިސްނޭ އަމިއްލައެދުމުން ފޯވެފަތިބިބަޔަކު ރައްޔިތުންނަ އޮޅުވާލާ ވާއްވެއްދީ ހަގީގަތް މިއަދުމިދަނީ ހާމަވަމުން. ރޔާމީނަށްނޫނީ މިގައުމު ނުހިންގޭނެ. ރޔާމީންނަށް މިގައުމުއެދި އާދޭސްމިކުރަނީ. މަނިކުފާނުގެ ޙިދުމަތް އަދިނުނިންމަވާ. ނުކުމެވަޑައިގަންނަވާ. ނޫސްތަކުގަމިވާ ކޮމެންޓުތަކަށް ބައްލަވާ މަނިކުފާނަށް އެދެނީ ގައުމުދެކެ ލޯބިވާ ދިވެހިންގެ އަޑުއައްސަވާ.

  11. ޖައްވު

    މިނިސްޓްރީއޮފްސޭޓް

  12. ބަކުރުބެ

    ސާބަސް އެއްމެ 7 ދުވަހުގެތެރޭ ކިއްލިވިއްކައިގެން 144 ރިސޯޓު

  13. ބޮޑު ބެލޯ

    އެއްމެ 7 ދުވަސްތެރޭ 144 ރިސޯރޓް ތަރައްޤީކުރުމުގެ ހުރިހާ އެރޭންޖްމެންޓެއްކޮށް ނިއްމައި މަސައްކަތްފެށުން- ހާދަ ކުޅަދާނައޭ! ނޫނޭ ހާދަ ވާ ކުޅަދާނައޭ!!
    ހަމަޤާއިމުންވެސް މިއީއަކީ ޔާމީނަކާއި އެކަށީގެންވާވަރުގެ "މުޢުޖިޒާތެއް" ނޫން! އަދި އަހަރުމެން މި މަން ދިވެހީންގެ ބޮލައްވެސް ވިސްނައިނުގަނެވޭހާ ޙައިރާން ކުރުވަނިވި

  14. ސަންގުގެރި

    ހާދަ ގަދަ ސަރުކާރެކޭ ދޯ އެހާއަވަހަށް ތިހާބައިވަރު ރިސޯޓު ތަށް 7 ދުވަހުން ތަރަށްގީ ކުރަންތި ފެށީ ލައްކަ ރުފިޔާ ލިބޭނެތާދޯ!!!!!!

  15. ޔސރ

    ރައީސް ޔާމީން ވަރުގެ ވެރިއެއް އެބަ ހުރި ބާ،
    ގައުމު ހިންގުންތެރި އިސްލާމް ދީނާ ގައުމު ޙިމާޔަތް ކޮށް ކުރިއަށް ގެންދިޔަ

  16. ދުރުމި

    ކޮއިފުޅާ ރިޓޯތަށް އެކަނިނޫން މުޅިގައުމު ވަކިފަރާތަކަށް ނުޖެހިވިސްނާލީމާ އެގޭނީ އެމްއެމްއޭ ރިޒާވްއުގަ އެކަނި 1000މިލިއަން ޑޮލަރ އަދި ލޯނުފަންޑްގައިވެސް 100 މިލިއަން ޑޮލަރު ހުރިވާހަކަ އިއްޔެ މަޖިލިހުގަ ގަވަރުނަރުބުނި މިއިކީ ރައިސް ޔާމިން އަމިއްލަޔަށް ދައްކާވާހަކައެއް ނޫން ރައިސް ނަޝީދުވެސް ބުނި ހެންވޭރު މީހުން ބޭރައްނުކުތީމާ އެފެއްނަ މަގުތަކާއި ބުރިޖުންވެސް ޔާމިން ތަރައްގީ ކޮއްފިކަމަށް އެކަމަކު އަނިޔާ ކިޔާ ރައްޔަތުން އޮޅުވާލަނީ.