ޗުއްޓީއަށް ދާން ހިނގާށެވެ. އުފަލާ މަޖަލުގައި ޔަގީނުންވެސް ދުވަސްތައް ހޭދަކުރެވިގެންދާނެއެވެ. ފަސޭހަ ގޮތެއް އެބަ އޮތެވެ. މި ދަތުރުތައް ޓްރިޕްވެރިން މެދުވެރިކޮށް ހަމަޖެއްސުމެވެ.

ޓްރިޕްވެރިން އިން މިހާރުވެސް 25 ގައުމަކަށް ޓުއާ ހަމަޖައްސައެވެ.

މި ފަހަރު އަލަށް ތައާރަފްކުރި، ޓްރިޕްވެރިންގެ ދަތުރު މި އޮތީ ސައުތް އެފްރިކާއަށެވެ. ހާއްސަ ޕެކޭޖެއްގެ ދަށުން. 12 ދުވަހުގެ މި ދަތުރުގައި މަޝްހޫރު ގިނަ ތަންތަނަށް ޒިޔާރަތް ކުރުމަށް ވަނީ ނިންމާފައެވެ.

ޓްރިޕްވެރިން އިން މައުލޫމާތުދޭގޮތުގައި، މި ޓުއާ ދަތުރުގައި، ޖޮހަނެސް ބާރގް، ޕެނެރޯމާ، ރައުޓް، ކްރޫގާ، ނޭޝަނަލް ޕާކް، ޕޯޓް އެލިޒިބެތް، ޓްސިޓްސިއްކަމާ، ކްނީސްނާ، މޮސެލް ބޭ،އައުޑްޓްޝޫމް، ކޭޕް ޓައުން، ވައިންލޭންޑަށާއި، އަދި އެހެނިހެން ތަންތަނަށްވެސް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ސައުތް އްފްރިކާގެ ފުރަތަމަ ޓުއާ އޮތީ އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ދެވަނަ ޓުއާ އޮތީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ.

މި ޓުއާ ދަތުރުގެ އަގަކީ މީހަކަށް 3450 ޑޮލަރެވެ. އޭގެ ތެރޭގައި، އެއާ ޓިކެޓާއި، ހަތަރު ތަރި، ތިން ތަރީގެ ހޮޓަލެއްގެ ހުރުމާއި، ހާފް ބޯޑް ކެއުމާއި، އެންޓްރެންސް ފީއެވެ.

އަދި ގިނަ ދިވެހިންގެ އިތުބާރު ލިބިފައިވާ ޓްރިޕްވެރިންއިން ދަތުރުގެ ހުރިހާ ކަމެއް ކޮށްދޭއިރު، ޓްރިޕްވެރިންއިން ފުރުމުގެ ކުރިން ކުރަންޖެހޭ ވިސާގެ ކަންތަކުގައިވެސް އެހީތެރިވާނެ ކަމަށް ޓްރިޕްވެރިންއިން ބުނެއެވެ.

މި ދަތުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޓްރިޕްވެރިން ފޭސްބުކް ޕޭޖަށް މެސެޖް ކުރާށެވެ.

މިއީ ރަހުމަތްތެރިން ނުވަތަ އަނބިމީހާ ފިރިމީހާ ގޮވައިގެން އެކި ތަންތަނަށް ޒިޔާރަތްކޮށްލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޓުއާއަކަށް ވެގެން ދާނެއެވެ.