24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ އުސޫލަށް އާއްމުންގެ ހިޔާލު ހޯދަން އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދާއި ސައިހޮޓާ އަދި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދާއި ކެންޓީނު ހިންގުމުގެ ގަވާއިދުގެ ދަށުން، 24 ގަޑިއިރު ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްޓަކައި އެކުލަވާލާފައިވާ އުސޫލު މިހާރު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

މިއުޞޫލަށް އެއްވެސް ޚިޔާލެއް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތެއްވާނަމަ، އިކޮނޮމިކް މިނިސްޓްރީގެ އީމެއިލް [email protected] އަށް، 29 ނޮވެމްބަރ 2018 ގެ މެންދުރު 2:00 ގެ ކުރިން އީމެއިލް ކުރުމަށް އެ އިއުލާނުގައި ވިދާޅުވެފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަންކަން އިއުލާން ކުރައްވާފައިވާއިރު އޭގެތެރޭގައި 24 ގަޑިއިރަށް ވިޔަފާރި ހުޅުވޭ އުސޫލެއް ކަނޑައެޅުން ހިމެނެއެވެ.

24 ގަޑިއިރަށް އެންމެ ފުރަތަމަ ވިޔަފާރިތައް ހުޅުވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހަަހަހަ

    އަޅެ ކާކުތަ މިހާރު އީމެއިލުން ޚިޔާލު ހޯދަނީ. ތިކަންވެސް ކުރީމޭ ބުނަން ކުރާކަމެއްތީ!

  2. ކެރެލާ

    ޚަބަރުދާރު! ހުކުރުދުވަހު ތިކަންކުރަންނޫޅޭތި.

  3. ޢަބްދުﷲ

    ތީ ކުރީގެ ސަރުކާރުން ތައްޔާރު ކޮށްފައިވާ ޑްރާފްޓެއް.

  4. Miadhu

    ގަބޫލުކަމެއްނޫން ވައްކަމާއި ފޭރުން އިތުރުވާނެ

    • ނޭމާ

      ޙައް 10 ޖެހިއިރު ފިހާރަތައް ބަންދުކުރީމަ ހައްތާ ވައްކަންވީ ގިނަ ފޭރުންވީ ގިނަ..24 ގަޑިއިރު ހުޅުވާފަހުރުން ހަމަސަޅީ..އޭރަށް އެފަދަ އަމަލް ތަކަށް އެޅޭ ހުރަހެއް މީހުން އުޅުން

  5. ސަލީމު

    11 ޖަހަންދެން އޯކޭ

  6. އަހައްމާއިދީ

    ވަރަށް ފޭނޭކަމެއް 12 ޖަހަންދެން މަޖީދީމަގު ފިހާރަތައް ހުޅުވާފައި ބެހެއްޓުން

  7. ފަހީމް

    ފުލުހުން ނާއި ސިފައިން މީކީތްކުރަން ތިބޭބައެއްތަ ޓެކުސް ފައިސާ އިންކާންދިފަ.

  8. Anonymous

    ވަޒީފާގަ އުޅޭ މީހުންނައް ނޮފަރުއްޕާން. ވަގުންނައް ފުރުސަތުބޮޑު އާންމުންނައް ފަސޭހަ. މެޖޯރިޓީ ބުނަނީ ތީތިކަޑައޭ..

  9. ފިޔޯރީސައީދު

    އަޅުގަނޑުގެ ޚިޔާލަކީއާންމު ވިޔަފާރި ކުރާ ތަންތަން ހެނދުނު 9.00 އިން ހަވީރު 17.00 އަށް، ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަން ރޭގަނޑު 01.00 އަށް ، މިގޮތައް ހެދުމުން މަސައްކަތް ތެރިންނަށް އާއިލާ އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެން ދާނެ.

  10. މިގޭ

    ބޭނުމެއް ނޫން. ތިއީވެސް ކަމެއްކުރީމޭ ބުނަން ކުރަންއުޅޭ ކަމެއް . މީ ބެންކޮކްދޯ. ހާދަ ހަޑިއޭދޯ މިތެޅޭ ގޮތް.