"ޔަންމާ ސާރވިސް ކެމްޕެއިން" ގެ ނަމުގައި އެމްޓިސީސީ އާއި ޔަންމާ އޭޝިއާ ގުޅިގެން ކުރިޔަށް ގެންދާ ކެމްޕެއިން މިއަދު
ފަށައިފިއެވެ.

އެމްޓީސީސީން ބުނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ކެމްޕެއިންގެ މަޤްސަދަކީ ކަސްޓަމަރުން
ހޭލުންތެރިކުރުވުމާއި އެކު ކުންފުންޏާއި ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ގާތް ގުޅުމެއް ދެމެހެއްޓުން ކަމަށެވެ.

ޔަންމާ ސާވިސް ކެމްޕެއިންގެ ދަށުން މާލޭ ނޯތު ހާބަރުގައި އެމްޓީސީސީ އަދި ޔަންމާ އޭޝިއާގެ ޓެކްނިކަލް ޓީމް އިން މިއަދާއި މާދަމާ ހަރަކާތްތެރިވަމުންދާނެއެވެ.

މި ކެމްޕެއިންގެ ތެރެއިން ޔަންމާގެ ޓެކްނިކަލް ޓީމްތަކުން ޔަންމާ އިންޖީން އަޅާފައިވާ އޮޑިފަހަރަށް ޒިޔާރަތްކޮށް އިންޖީނުތައް ސާރވޭ ކުރުމާއި ކަސްޓަމަރުންނަށް ޖެނުއިން ސްޕެއަރ ޕާރޓްސްގެ މުހިއްމުކަން ހާމަކޮށްދިނުމާއިއެކު ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދާނެއެވެ. މި ކެމްޕެއިންގެ ހަރަކާތްތަކެއް މާލެއިން ބޭރުގައި ވެސް ކުރިޔަށް ގެންދިއުމަށް ހަަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނިގޮތުގައި އެ ކުންފުނީގެ އަމާޒަކީ މިފަދަ ކެމްޕެއިންތައް ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމެވެ. މިއަހަރު ތެރޭގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ޕް ރޮޑަކްޓްތަކަށް ޙާއްސަކޮށްގެން އެމްޓީސީސީއިން ވަނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގާފައެވެ.